ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗް ފަހު ޖާގަ ރިއަލް ސްޓާރސްްއިން ހޯދައިފިއެވެ.

ރިއަލް ސްޓާރސްްއިން އާދަމް ސަލީމް ކަޕްގެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ސެމީ ފައިނަލް މެޗުން އަހުލީގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ.

Ad
rt

ރިއަލް ސްޓާރސްއިން މެޗްގެ ފުރަތަމަ ލަންޑު ޖެހީ މެޗްގެ 48 ވަނަ މިނިޓުގައި ރިއަލް ސްޓާރސްގެ ޖާރޒީ ނަމްބަރ 11 މުހައްމަދު ނާފިޒެވެ.

މެޗްގެ އިތުރުގަޑީގެ ފަހުމިނެޓްގައި ރިއަލް ސްޓާސްގެ ޖާރޒީ ނަމްބަރ 2 ނޫރު ﷲ ޠާހާ ލަންޑެއް ޖަހައި ލީޑް ފުޅާކުރިއެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިއަލް ސްޓާރސްގެ ޖާރޒީ ނަމްބަރު 23 މުޙައްމަދު ޙަސަނެވެ.

މިމުބާރާތުގެ ފައިނަލް މެޗުގެ ކުޅުން އޮންނާނީ 28 ޑިސެމްބަރު ވާ ހޮނިހިރު ދުވަހުއެވެ. މިމެޗްގައި ބައްދަލުކުރާނީ ޝީލްޑް އަދި ރިއަލް ސްޓާރސްއެވެ.