ހދ. ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް އެރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ނިންމާފައި ވަނީ 02 ނޮވެމްބަރ 2023 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 106 ވަނަ ޖަލްސާގައެވެ.

Ad
rt

ފިނޭ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ފުރުސަތު ހުޅުވާލައި މިއަދު އެރަށުގެ ކައުންސިލުން ކުރި ޢިއުލާންގައިވާގޮތުން އެ ރަށުން މިފަހަރު ދޫކުރަން ނިންމާފައި ވަނީ 5000 އަކަފޫޓޫގެ 7 ބިމާއި 10000 އަކަފޫޓޫގެ ދެ ބިމެވެ.

މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށް ގެންދަން ނިންމާފައި ވަނީ މިއަދުން ފެށިގެން 30 ނޮވެމްބަރ 2023 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އާއި ދެމެދުއެވެ. މި ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ ބީލަމުގައި ރަޖިސްޓްރީވުމުގެ ފޯމު މެދުވެރި ކޮށެވެ.

މި ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން ބާއްވަން ނިންމާފައި ވަނީ އޮންލައިން މީޓިން އެއް މެދުވެރިކޮށެވެ. މި މީޓިން ބާއްވަން ނިންމާފައި ވަނީ 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައެވެ.

މި ފުރުސަތުގެ ދަށުން އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 07 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކަމަށް ފިނޭ ކައުންސިލުން ކަނޑައަޅާފައިވާއިރު، މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް އެ ކައުންސިލްގެ ޢިއުލާންގައި ބަޔާންކުރައްވާފަ ވެއެވެ.

މި ބީލަމާއިގުޅޭ އިތުރުމަޢުލޫމާތު ހޯއްދެވުމަށް ފިނޭ ކައުންސިލްގެ އީމެއިލް، info@finey.gov.mv އަށް މެއިލްކުރެއްވުމުން ނުވަތަ ރަސްމީ ގަޑީގައި އެކައުންސިލްގެ 6520027 ނަންބަރު ފޯނާ ގުޅުއްވުން އިތުރު މައުލޫމާތު އަރުވާނެ ކަމަށް ފިނޭ ކައުންސިލުން ވިދާޅުވެއެވެ.