ޔަހޫދީންގެ އަނިޔާވެރިކަން ތަހައްމަލުކުރަމުންދާ ފަަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ށ. މިލަންދޫ ރައްޔިތުންގެ ފަރާތުން 74511 ރުފިޔާ ހަދިޔާކޮށްފިއެވެ.

"މިލަންދޫ ފަލަސްތީނާއެކު" ނަމުގައި ކުރިއަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތުގައި 74511 ރުފިޔާ ވަނީ ލިބިފައެވެ.

Ad
rt

މި ހަރަކާތް އިންތިޒާމުގައި އިސްކޮށް އުޅުނު އެރަށު ޝީލްޑު ޖަމިއްޔާ އިން ''މެޓަ""ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ "މިލަންދޫ ފަލަސްތީނާއެކު" ނަމުގައި ކުރިއަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތުން ލިބުނު 74511 ރުފިޔާ ފަލަސްތީނަށް ފޮނުވުމަށްޓަކައި މިހާރު ހިދުމަތް ޖަމިއްޔާ އާއި ހަވާލުކޮށްފަވާ ކަމަށެވެ.

މީގެ އިތުރުން މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ކޯޕާޓްނާއެއްގެ ގޮތުގައި މިލަންދޫ ކައުންސިލުން ދެއްވި އެހީތެރިކަން ވަރަށްބޮޑަށް ފާހަގަ ކުރައްވާ ކަމަށާއި އެކަމަށްޓަކައި ކައުންސިލުގެ ހުރިހައި މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށް އެ ޖަމިއްޔާ ބުނެފަވެއެވެ. އަދި އެރަށު ސްކޫލުު ޕީޓީއޭ އިން ދެއްވި އެހީތެރިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިލަންދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.