ހދ. މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އިންޑިއާ އަށް ފޮނުވައިލައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް އެމީހުންގެ އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މި ހިނގާ އޮކްޓީބަރު މަހުގެ 21 ވަނަ ދުވަހު ހިނގި މި ހާދިސާ އާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅެފައިވަނީ މަކުނުދޫގައި ނަރުދަމާ މަސައްކަތްކުރާ ސައިޓެއްގައި އެއްޗެއް ގޮވާފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަކުނުދޫން ''ތިލަދުން'' އާއި ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި ނިޔާވި އެކަކު އޮތީ ވިއްސައިގެން ގޮސް އެ އެތި ގޮވި ސަރަހައްދާ 100 ވަރަކަށް ފޫޓޫ ދުރުގައެވެ. އެއީ އެރަށު އެއާޕޯޓު ހެދުމުގެ މަސައްކަތުގައި އެރަށަށް އައިސް އުޅޭ ދެ ބިދޭސީން ކަމަށް އޭނާ ބުންޏެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ކަމަށް ވެސް ބުންޏެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާއާއި ގުޅިގެން އަދިވެސް އެސަރަހައްދު ބަންދުކޮށްގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!