ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދައިފިއެވެ.
ނ.ލަންދޫ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ފިހާރައަށްވަދެ އެފިހާރައިން ގިނަ އަދަދެއްގެ ފައިސާ އާއި ސިނގިރޭޓް ކާޓުންތަކެއް ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު 06:40 އެހާކަންހާއިރުއެވެ.

ފުލުހުންނަށް ހުށަހެޅުނު މިމައްސަލައާ ގުޅިގެން ލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މިޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެރަށުގެ ވަލުތެރެ ބަލައިފާސްކުރިއިރު، ވަލުތެރޭގައި ފޮރުވާފައި ހުރި 11،600 ރުފިޔާ އާއި ތިން ކާޓޫން ސިނގިރޭޓާއި 13 ސިނގިރޭޓް ފޮށި ފެނިފައިވެއެވެ.

އަދި ޑިސެމްބަރު 18 ވަނަ ދުވަހުގެ 11:47 ހާއިރު އެރަށު މާބަދިގޭ ސަރަޙައްދު ބަލައިފާސްކުރިއިރު އެފިހާރައިން ވަގަށް ނަގާފައިވާ ތިޖޫރީ ހަލާކުކޮށްލާފައި އެއްލާލާފައި އޮއްވާ ފެނިފައިވެއެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މިމައްސަލަ ލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންެނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!