ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ މަގުސަދުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މި ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން 3 ދަރިވަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މި ފަންޑުގެ ދަށުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ފަންޑަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށެވެ.

މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި ފަންޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ހުށަހަޅަން ޖެހޭނީ 4 ނޮވެމްބަރު 2023 ގެ ރޭގަނޑު 11:59 ގެ ކުރިން scholarships@bml.com.mvއަށް އީމެއިލް މެދުވެރިކޮށެވެ.

މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު ބޭންކުގެ ވެބްސައިޓް، https://www.bankofmaldives.com.mv/bml-scholarship-fund އިން ލިބޭނެއެވެ.