މިއަދު ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މުޙައްމަދު ޒާރިހު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެހުރި އަޙްމަދު ދާއޫދު ވިދާޅުވީ އެމީހާގެ ހާލު ސީރިއަސް ކަމާއި ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި ސީޓީ ސްކޭން ހެދުމަށްފަހު މިހާރު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ހާލު ސީރިއަސްވި 48 އަހަރުގެ މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށާއި އެނާގެ ހާލު "ވަރަށް ކްރިޓިކަލް" ކަމަށެވެ.
"މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން މިދަނީ. ސީޓީ ސްކޭން އެއް ހެއްދި އިރު ސިކުނޑިއަށް ލޭ އެޅިފައިވާކަން ފާހަގަވެފައިވޭ"
ދާއޫދު ތިލަދުން އަށް މަަޢުލުމާތު ދެމުން ބުނެފައި ވެއެވެ.
އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މާލެ ފޮނުވޭނެ ވަކިވަގުތެއް ނޭންގޭކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މިއެކްސިޑެންޓް ފުލުހުން ތަހުޤީގު ކުރަމުން އަންނަ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!