ލިކަމެކް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް މާދަމާ ފަށުމަށް ތައްޔާރު ވެއްޖެއެވެ. މި މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލިކަމެކް އިން ބުނީ މި އަހަރުގެ ނައިޓް މާކެޓްއަކީ ހުޅުމާލޭގައި މިހާތަނަށްބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ނައިޓް މާކެޓަށް ވާނެކަމަށެވެ. ނައިޓް މާކެޓް ފެށުމަށް ހަމަޖެހިފައި އޮތީ މާދަމާ 4:00 ގައި ކަމަށާއި އަދި 23 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 4:00 އިން 23:00 އަށް ހުޅުވިފައި ހުންނާނެ ކަމަށްވެސް ލިކަމެކް އިން ބުނެއެވެ.

Ad
rt

މިފަހަރުގެ ނައިޓް މާކެޓްގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ގުރުއަތުން ހޮވޭ ދެ ނަސީބުވެރިޔަކަށް އުމްރާ ދަތުރެއް ލިބުމެވެ.. އެގޮތުން ސްޓޯލް ނަގާފައިވާ ފަރާތްތަކުގެ މެދުގައި ނަސީބުވެރިޔަކު ހޮވިގެންދާއިރު މާކެޓް އަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވެސް ނަސީބުވެރިޔަކު ހޮވިގެންދާނެ ކަމަށް ލިކަމެކް އިން ބުނެ އެވެ.