2020 ވަނަ އަހަރު ޗުއްޓީ ހޭދަކޮށްލުމަށް ދާން، ފޯބްސްގެ އެންމެ މަގުބޫލު 20 މަންޒިލުގެ ލިސްޓުގައި ދިވެހި ރާއްޖެ ހިމެނިއްޖެއެވެ.

ފޯބްސް މެގަޒިންގެ މި ލިސްޓުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޓޫރިޒަމް މަންޒިލްތައް ހިމަނާފައިވެއެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާގެ ލަސްވޭގަސް އެވެ. މީގެ އިތުރުން އިޒްރޭލުގެ ތެލް އަވީވް އަދި މަޔާއޯ އާއި އެމެރިކާގެ ވާޖިން އައިލެންޑް އަދި ދުބާއީގެ އިތުރުން ޖަޕާނުގެ ޓޯކިއޯ އާއި ސައޫދީ އަރަބިއްޔާގެ ރިޔާދު އަދި އިޓަލީގެ ވެރިރަށް ރޯމް ފަދަ މަންޒިލްތައް ހިމެނެ އެވެ.

Ad
rt

މި ލިސްޓުގައި ހިމަނާފައިވާ ކޮންމެ މަންޒިލަކާ ބެހޭ ގޮތުންވެސް މައުލޫމާތު ކޮޅެއް އެކުލަވާލާފައިވެއެވެ. އެގޮތުން ރާއްޖެ ފާހަގަ ކޮށްފައިވަނީ އިންޑިއާ ކަނޑުގައިވާ "މެޖިކަލް ޗެއިން" އެއްގެ ގޮތުގައެވެ. ރާއްޖޭހެ ހުދު ދޮންވެލި ގަނޑުގެ ވާހަކަ އަކީ ވިލު ނޫކުލައިގެ މޫދު ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓްތައް ވެސް ފާހަގަކޮށްފައިވެއެވެ، އޭގެ ތެރޭގައި ކޮމޯ އައިލެންޑާއި ވޮއްމުލި ރިސޯޓް ފާހަގަ ކޮށްފައިވެއެވެ. ވޮއްމުލި ރިސޯޓަކީ މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސް ގައި ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓްގެ އެވޯޑް ލިބުން ރިސޯޓް ވެސް މެއެވެ.