ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ސްކޫލްގައި ޕްރޭޔާރ ރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެރަށު ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީި މިކަމަށްއެދި އަންދާޒީ ހިސާބު ހުށަހެޅުއްވުމަށް އެދޭ ފަރާތްތަކުން މި ޖޫން މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ.

Ad
rt

ނަން ނޯޓު ކުރުމަށް އެ އިދާރާއަށް ގޮސްގެން ނުވަތަ 6520034 ނަމްބަރު ފޯނަށް ގުޅައިގެން ވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި https://forms.office.com/r/TEKZk3knHY ލިންކުގައިވާ ފޯމު މެދުވެރިކޮށް ވެސް ނަން ނޯޓު ކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުމުންދޫ ކައުންސިލުން ވިދާޅުވީ މިކަމާއި ބެހޭ މައުލޫމާތު ދިނުން އޮންނާނީ ޖުލައި 2 ވާ އާދީއްތަ ދުވަހުގެ މެންދުރު 1 ޖަހާއިރު ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 9 ޖުލައި ވާ އާދީއްތަ ދުވަހުގެ މެންދުރު 1 ޖަހަންދެން ކަމަށެވެ.

މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ވެސް ކައުންސިލު އިދާރާ އިން ވިދާޅުވެއެވެ.

މީގެ އިތުރުން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅުއްވެވޭނީ އެންމެ އަންދާސީ ހިސާބެއް ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ވިދާޅުވެއެވެ.