ހދ. ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ޖޫން މަހުގެ ދިހަވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 10 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ އެފްސީ ފަލްކަންއާއި ކްލަބް ރެފިޖީއެވެ.

Ad
rt

މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެފްސީ ފަލްކަން، ކްލަބް ރެފުޖީ، އެފްސީ ފްރެންޑްސް، ނިކަ ސިޓީ، ކިންގް ސްޕްރިޓް، އެފްސީ ދުންމާރި އަދި އެމްއެމްސީ އެވެ.

މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

ނެއްލައިދޫ ކައުންސިލުން ވަނީ އެ ކައުންސިލުގެ ހޭންޑޯ ބޯޅަ މުބާރާތް ޖޫން މަހުގެ 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައެވެ. ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވެފައި ވަނީ ތިން ޓީމެކެވެ. މުބާރާތް ރާވާލާފައި ވަނީ ތިން ޓީމްގެ މެދުގައި ގްރޫޕް ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން 19 ވަނަ ދުވަހުއެވެ.

ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޔަންގް ސްޓާ، ބްރައިޓް ސްޓާ އަދި ހަބޭސް އެވެ.