ނ. ހެނބަދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

ހެނބަދޫގެ ފެނުގެ ނިޒާމްގެ މަޝްރޫއު އެމްޑަބްލިއުއެސްސީ އިން ފެށީ ޖޫން 2021 އެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ވަނީ ގާއިމުކޮށްފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓައި، ގޭގެއަށް ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ ބިލްޑިންއެއް އިމާރާތްކޮށް، އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

އެމްޑަބްލިއުއެސްސީން، ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު ހެނބަދޫ އަށް ފޯރުކޮށްދޭނެއެވެ.

މިއީ 41.36 މިލިއަން ރުފިޔާ ގެ މަޝްރޫއެކެވެ.