މެރާކީ ކޮފީ ރޯސްޓާސްއިން އުފައްދާ ދިވެހިރާއްޖޭގެ ފުރަތަމަ ކޮފީ ކެޕްސޫލް އިއްޔެ ލޯންޗުކޮށްފިއެވެ.

އަމިއްލައަށް ނެތިފަނާވާ މައުދަނަކުން އުފައްދާފައިވާ ސްޕެޝަލްޓީ ގްރޭޑްގެ މި ކޮފީ ކެޕްސޫލަކީ، ފަސޭހަކަމާއެކު ރަހަމީރު ކޮފީއެއް ކޮންމެ ވަގުތަކު، ކޮންމެ ތާކުވެސް ހަދާލެވޭނެ ގޮތަށް ފަރުމާކޮށް، ތައްޔާރުކޮށްފައިވާ ކެޕްސޫލެކެވެ. މި ކެޕްސޫލް ހެޔޮއަގުގައި ލިބެން ހުންނަިއރު މިހާރު ކި މިކެޕްސޫލް އުރީދޫ މޯލްޑިވްސް ގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ލިބޭނެއެވެ.

Ad
rt

އުރީދޫއިމް ބުނީ މޫލީ މެދުވެރިކޮށް މިހާރު ކޮންމެތާކު އަދި ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ގަނެލެވޭނެ ކަމަށެވެ. މޫލީން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ވިޔަފާރި ކުރެވޭއިރު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ހިދުމަތް ވެސް ފޯރުކޮށްދެއެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މޫލީ ގެ ހިދުމަތާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމާއި، އީޒީ ރިޓާންސް އަދި ގަންނަ ފަރާތްތަކަށް ޔަގީންކަމާއެކު ވިޔަފާރި ކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އަދި ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް ބޮޑު ކަސްޓަމަ ބޭސްއަކާއި ޑެލިވަރީގެ ޚިދުމަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމުގައި ވެސް މި ޕްލެޓްފޯމް އެހީތެރިވެދެއެވެ.

މެރާކީން ތިން ބާވަތެއްގެ ކޮފީ ކެޕްސޫލް ލޯންޗުކުރި އިރު، މި ތިން ބާވަތަކީވެސް މުޅި އަހަރުގެ ތެރޭގައި ލިބެން ހުންނާނެ އުފެއްދުންތަކެކެވެ. އެއީ ކްލެސިކް އެސްޕްރެސޯއެއްގެ މަތިން ހަނދާންކޮށްދޭނެ "ޗޮކްލެޓީ އެންޑް ނަޓީ" ކޮފީއަކާއި ސިގްނޭޗާ ޑްރިންކެއްގައި ބޭނުންކުރަން އެންމެ ކަމުދާ ޒަމާނީ "ބްރައިޓް އެންޑް ސިޓްރަސީ" ކެޕްސޫލެއްގެ އިތުރުން އާއްމުކޮށް ކޮފީގައި އެކުލެވޭ ރަހަތަކާއި ތަފާތު ރަހަތަކެއް ހިމެނޭ "ސްވީޓް އެންޑް ފުރުޓީ" ކެޕްސޫލެކެވެ.

މީގެ އިތުރުން ތަފާތު ސްޕެޝަލިޓީ ކޮފީއާއެކު، އެހެން ރަހަތައް ހިމެނޭ ކެޕްސޫލްތަކެއް އަހަރުގެ އެކި ހިސާބުތަކުގައި ލޯންޗުކުރުމަށް މެރާކީން ވަނީ ރާވައިފައެވެ.

މިހުރިހާ ކެޕްސޫލެއްވެސް ފަރުމާކުރެވިފައިވަނީ ނެސްޕްރެސޯ ކޮފީ މެޝިންތަކުގައި ބޭނުންކުރާ ކެޕްސޫލާ އެއް ފަރުމާއެއްގައެވެ. އެހެންކަމުން، ނެސްޕްރެސޯ މެޝިނުގައި ނުވަތަ ނެސްޕްރެސޯ ކެޕްސޫލް ލެއްވޭ ކޮފީ މެޝިންތަކުގައި މެރާކީގެ ކެޕްސޫލްތައް ބޭނުންކުރެވޭނެއެވެ.

ނަމަވެސް، މެރާކީގެ ސްޕެޝަލިޓީ ކޮފީ ކެޕްސޫލެއްގެ ފުރިހަމަ ރަހަތައް އިންސާފުކުރުމަށް އެންމެ ރަނގަޅު މެޝިނަކީ "މޯނިން" ކޮފީ މެޝިން ކަމަށް އުރީދޫއިން ގަބޫލުކުރެެއެވެ. މޯނިން ކޮފީ މެޝިނަކީ ކެޕްސޫލް ފޯމެޓް ސްޕެޝަލިޓީ ކޮފީއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މެޝިނެއް ކަމުން، އޭގައި ހިމެނޭ ކެލިބްރޭޝަން ފީޗާސް، އިން-ބިލްޓް ސްކޭލް އަދި އެހެނިހެން އެޕް ކޮންޓްރޯލްތަކާއެކު، ކެޕްސޫލްގައި ހުރި ހުރިހާ މީރު ރަހަތައް، އެއްވެސް އުނިކަމެއް ނެތި، ބަލާލެވޭނެއެވެ.

މެރާކީ އަކީ މޯނިންގ ކޮފީ މެޝިނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. މި ކޮފީ މެޝިންވެސް ފަސޭހަކަމާއެކު މޫލީ މެދުވެރިކޮށް ލިބެން ހުރެއެވެ.