މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ށ.ގޮއިދޫއަށް ބޯކޮން ވާރޭވެހި އެރަށުގެ ބައެއްމަގުތަކުގައި ފެން ބޮޑުވެއްޖެއެވެ. ރޭ ދަންވަރު ކުރި މި ވިއްސާރައިގައި ގިނަ އަދަދެއްގެ ގެއަށް ވެސް ވަނީ ގެއްލުން ވެފައެެވެ.

ކުޅުދުއްފުށީ އޮންލައިންއަށް އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުން ް ރޭ ހަތަރު ޖެހީންސުރެއް ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

Ad
rt

މީގެ އިތުރުން މިއަދު ހެނދުނު 9 ޖަހާއެއާއިރު ސިފައިން އެރަށަށް އައިސް ފެންހިންދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް އަންނަނީ ހިންގަމުންނެވެ.