ފަތުރުވެރިން މޫދަށް އެރުމަށް، ހއ. ދިއްދޫގައި ވަގުތީ ސަރަހައްދެއް ހަމަޖައްސައިފި އެވެ.

ދިއްދޫ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ފަތުރުވެރިން މޫދަށް އެރުމަށް ހަމަޖެއްސި ވަގުތީ ސަރަހައްދަކީ އެރަށު އުތުރު ފަރާތުން ހައުސިން ޔުނިޓްތަކާ ދިމާލުން ބައުންޑްރީ ވަކިކޮށްފައިވާ ސަރަހައްދު ކަމަށެވެ.

Ad
rt

އެސަރަހައްދަކީ ގެސްޓު ހައުސްގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން ދިއްދޫއަށް ގެންނަ ފަތުރުވެރިން ބޭނުންކުރުމަށް ވަގުތީ ގޮތުން ހަމަޖެއްސި ސަރަހައްދެއްކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.

"އެސަރަހައްދަށް އާންމުން ރައްޔިތުން ނުދިއުމަށް ސާމާލުކަން ދެއްވުމަށް ދަންނަވަން"

ދިއްދޫ ކައުންސިލުން އިތުރަށް ބުނެފައިވެއެވެ.

އެކައުންސިލުން މިއަދު ވަނީ، ރަށުގެބޮޑެތި މަގުތަށް ސާފުކުރުމާ އަދި ފަތުރުވެރިން މޫދަށް އެރުމަށް ހާސަކުރެވިފައިވާ ސަރަހައްދު ސާފުކުރުމަށް ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.