ބ. އަތޮޅު ދަރަވަންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުވެ ތެރޭގައި

- ބަނދަރު ފުން ކުރުން – 1،843 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން -0.3 މީޓަރ ހަމަވާ ވަރަށް)

- އަލަށް އިތުރުކުރެވޭ ބަނދަރުގެ ބޭސިން ފުންކުރުން – 30،504 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން -3.0 މީޓަރ ހަމަވާ ވަރަށް)

- 352 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުން

- 83 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން

- 24 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން

- 248 މީޓަރުގެ އެއްގަމު ތޮށި ޖެހުން

- 248 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުން

- 2 ނެވިގޭޝަނަލް އެއިޑް ޤާއިމްކުރުން

- 74 މޫރިން ރިންގް ހަރުކުރުން

- 34 މޫރިން ބޮއި ހަރުކުރުން - އެކްސެސް ޕްލެޓްފޯމް އެޅުން

- 2×140 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހެދުން

- 10 މަގު ބައްތި ހަރުކުރުން

- 2140 އަކަ މީޓަރު ޕޭވްމަންޓް ހެދުން

މިއީ 59.9 މިލިއަން ރިފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލު ކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.