ކޮވިޑް ވޭރިއަންޓްތައް ދެެނެގަތުމަށް ހަދާ ޓެސްޓް ރާއްޖޭގައި ވެސް ހަދަން ފަށައިފި އެވެ.
ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ގޮފިން ވިދާޅުވެފައިވަނީ ހިއުމަން ޖީން ސީކިއުންސް މެޝިނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަހައްޓާފައިވާ ކަމަށެވެ. އަދި މި މެޝިނަކީ ޑަބްލިއުއެޗްއޯއިން ހަދިޔާކުރި މެޝިނެއްކަމަށެވެ.
ރާއްޖޭގައި މި ޓެސްޓު ހަދަން ފަށާފައިވާއިރު، އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުތައް ފުރިހަމަކޮށްފައިވަނީ އިންޑިއާއިންނެވެ.
ކޮވިޑާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެފަހުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން ފެނިފައިވަނީ ކޯވިޑްގެ 6 ކޭހެވެ. މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވަނީ އެންމެ މީހަކަށެވެ.
2019 ވަނަަ އަހަރު މުޅީ ދުނިޔެއަށް ކުރިމަތިވި، ކޮވިޑް-19، އާލަމީ ވަބާގައި ރާއްޖެއިން މިހާތަނަށް 311 މީހަކު ވަނީ ނިޔާވެފައެވެ. އަދި 185،708 މީހަކަށް ވަނީ މި ބަލިޖެހިފައެވެ.
މި ބަލީގެ ވޭރިއަންޓްތައް ދެނެގަތުމަށް މިހާތަނަށް ރާއްޖެއިން ޓެސްޓްތައް ހަދަމުން އައީ އަވަށްޓެރި އިންޑިއާއަށް ސާމްޕަލްތައް ފޮނުވައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!