އުރީދޫ 5ޖީ އެއާފައިބަރ ކަނެކްޝަނަކާއެކު ރައުޓާއިން 50 އިންސައްތަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫން ބުނީ 5ޖީ އެއާފައިބަރ އާއެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާ ކަނެކްޓް ކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި ދުރު ރަށްރަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއާފައިބަރގެ ހިދުމަތް ދިނުމުގެ ގޮތުން 12 މަހުގެ ކޮންޓްރެކްޓަކާ އެކު ޑިވައިސް ޕްލޭން އެއްވެސް އުރީދޫ އިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
5ޖީ އެއާފައިބާރ އަލަށް ނަގާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑިވައިސް ނެގުމަށް އިތުރު ފަސޭހަކަމެއް ގެނެސްދޭ ހާއްސަ އޮފާއަކާއެކު 5ޖީ ގެ ހަލުވި ސްޕީޑްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ 5ޖީ ކަވަރޭޖު މާލެ، ވިލިމާލެ، ހުޅުމާލެ ފޭސް 2 އަދި އެއާޕޯޓަށް ވެސް މިހާރު ވަނީ ފުޅާކޮށްފައެވެ.
އުރީދޫ 5ޖީގެ ސަބަބުން ގޭގައި ތިބެގެން އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެ، އެންމެ މަގުބޫލް ފިލްމް އަދި ޝޯތައްވެސް ސިކުންތުކޮޅެއްގެ ތެރޭގައި ޑައުންލޯޑް ކޮށްލެވެއެވެ.
މީގެ އިތުރުން ހައިސްޕީޑް އިންޓަނެޓާ ލޯ ލޭޓެންސީގެ ސަބަބުން އޮންލައިން ގޭމް ކުޅޭ ފަރާތްތަކަށްވެސް ބުރޫ އެރުމެއްނެތި ގޭމް ސެޝަންތައް ނިންމާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!