ށ. ކަނޑިތީމު ހިމެނޭގޮތަށް 15 ރަށަކަށް ސާރފް ބޯޑު ހަވާލުކޮށްފި އެވެ.

މި ތަކެތި ހަވާލުކޮށްފައިވަނީ ޔޫތް އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން ގުޅިގެން ނެވެ.

Ad
rt

މާލެ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މި 15 ރަށަށް ސާރފް ބޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރ އަހްމަދު މަހްލޫފް އެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސާރފްކުރަން ދަސްކުރާނެ ސާރފް ބޯޑު ނުލިބުމަކީ ރަށްރަށުން އަޑުއިވުނު އެންމެ ބޮޑު ޝަކުވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޒުވާން ރާޅާ އެޅުންތެރިން އުފެއްދުމަށް 15 ރަށަކަށް 70 ސާރފް ބޯޑު ހަވާލުކުރެވިފައިވާ ކަމަށާއި މިއީ ސާރފިންގެ ކުރިއެރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ސާރފް ބޯޑު ހަވާލުކުރި ރަށްތަކަކީ ށ. ކަނޑިތީމް، ނ. ކުޑަފަރި، ޅޮހީ އަދި ރ. ކިނޮޅަސް، ރަސްމާދޫ އެވެ. އަދި ކ. ހިންމަފުށި، ގުރައިދޫ އަދި ތުލުސްދޫ އެވެ.

މީގެ އިތުރުން މ. މުލަކާއި އެ އަތޮޅު މުއްޔާއި ދ. ކުޑަހުވަދޫ އާއި ލ. މާބައިދޫ އަށް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ހަމަމިއާއެކު ގދ. ވާދޫއާއި ގައްދޫ އަދި ފުވައްމުލައް ސިޓީ އަށް ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި މިިނިސްޓަރުގެ އިތުރުން މި ރަސްމިއްޔާތުގައި ސާރފިން އޭސޯސިއޭޝަންގެ އިސްވެރިންނާއި ޔޫތް މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.