ހދ. ހަނިމާދޫ ސްކޫލް ކުރިމަތީގައި ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބެލެނިވެރިން ހިޔާ ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ކެންޓީނާއި އެ ސަރަހައްދުގައި ތަރައްޤީ ކުރާ ސްކޭޓް ޕާކް ފަރުމާކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ
އެ ކައުންސިލުން ވިދާޅުވެފައި ވަނީ ބެލެނިވެރިންގެ ހިޔާ ކެންޓީނާއި ސްކޭޓް ޕާކް ފަރުމާކޮށް ބީއޯކިޔު ހަދައިދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދިލައްވާ ކަމަށެވެ.
މި މަސައްކަތައް އެދި ހުށަހަޅާ އަންދާސީ ހިސާބު ހުށަހެޅުމާއި، އަންދާސީ ހިސާބުތައް ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 9 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި އެ އިދާރާ ކޮންފަރެންސް ރޫމުގައެވެ.
މި މސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމުގައި އެ ކައުންސިލުން ހާމަކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!