ހަނިމާދޫ ކައުންސިލުން އެރަށު ސްކޫލަށް ރަށު ޕިކަޕެއް ހަދިޔާކޮށްފި
ހދ.ހަނިމާދޫ ކައުންސިލުން، ހަނިމާދޫ ސްކޫލުގެ ދުވަހީ މަސައްކަތްތަކާއި އެކި ކަންކަމުގައި ބޭނުން ކުރުމަށްޓަކައި އެސްކޫލަށް 1.5 ޓަނުގެ ރަށު ޕިކަޕެއް ހަދިޔާކޮށްފިއެވެ. އިއްޔެ ހަނިމާދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިޔާތެއްގައި މި އުޅަނދު ސްކޫލާ ޙަވާލުކޮށްދެއްވީ ހަނިމާދޫ ކައުންސިލްގެ މެމްބަރުންނެވެ. ހަނިމާދޫ ސްކޫލުން މި އުޅަނދާ ޙަވާލުވެލެއްވީ އެ ސްކޫލްގެ އިސްވެރިންނެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕިކަޕަކީ ސްކޫލުގެ ތަފާތު އިދާރީ މަސައްކަތްތަކަށާއި، އިތުރު ހަރަކާތްތަކަށް ބޭނުންވާ...