ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެރަށުގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މި ފަހާކޯހަކީ ށ. އަތޮޅު ކައުންސިލްގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވެއެވެ.
ނިމުނު އޯގަސްޓް މަހު 5 އިން މި ހިނގާ ސެޕްޓެމްނަރު މަހުގެ 4 އަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އެވެ.
މި ކޯސް އެރަށުގެ 58 ފަރާތެއް ވަނީ ފުރިހަމަ ކޮށްފައިވާއިރު، އެވްރެޖްކޮށް ކޯހުގެ ހުރިހާ ބައިވެރިންނަށް ވެސް އަމިއްލައަށް މިންނައިގެން ހެދުން ފަހަން އިނގޭނެ ކަމަށް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވިއެވެ.
ކޯހުގެ ބައިވެރިއަކަށްޝަރަފްވެރި މެޚްމާން ށ. ރައީސް ޝިޔާމް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ، ފޮޓޯ: ފީވަކު ޑަބްލިއުޑީސީ
ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ، މި ކޯސް މިހާ ފުރިހަމަ ކަމާއެކީ ނިންމުމުގައި އެހީތެރިވެ ދެއްވި ކަމަށްޓަކައި ށ. އަތޮޅު ކައުންސިލަށާއި، ފީވަކު ކައުންސިލަށް އަދި ކޯހުގެ އިންސްޓްރަކްޓަރ އަށް ޝުކުރު ދަންނަވާފައެވެ.
ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މީގެ ކުރިން ވެސް ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މީގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު އެރަށުގައި ބޭއްވި ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް ހިމެނެއެވެ. "ބަޓާރ ކްރީމް އެންޑް ޕޭސްޓްރީ ކޯސް ވިތް ޝާޒީ"ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ކޯސްތައް އެރަށުގެ ޖުމްލަ 22 ފަރާތަކުން ވަނީ ފުރިހަމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!