ދިއްދޫގެ ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އާއި ޕިކަޕު ދިއްދުއަށް
ހއ. ދިއްދޫގައި ކުނީގެ ހިދުމަތް ދިނުމަށް ވެމްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އަދި ޕިކަޕު އިއްޔެ އެރަށަށް ގެންގޮސްފިއެވެ. ދިއްދޫގައި ވެމްކޯ މެދުވެެރިކޮށް ކުނީގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ވެފައިވާ ވަޢުދެކެވެ. މަޖިލީހުގެ އިންތިޚާބުގެ ވަޢުދާއި އެއްގޮތަށް 22 ފެބްރުއަރީ 2025 ގައި އެރަށުގައި ވަނީ ވެމްކޯގެ ޚިދުމަތް ފަށާފައެވެ. މި މަސައްކަތާއެކު އެރަށުގައި ހުރި ކުނި ފުނިވެސް މިހާރު ދަނީ ނަގަމުންނެވެ. މިކަމަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް...