މާލެ ސަރަހައްދުގެ ފަސްތަރީގެ އެންމެ ބޮޑު ހޮޓާ 'މަންހަޓަން ގްރޭންޑް' ހުޅުވައިފި
ހުޅުމާލޭގައި އެސްޓީއޯ ސިޓީ ހޮޓާ ހުރި ބިމުގައި ތަރައްގީކުރި މާލެ ސަރަހައްދުގެ އެންމެ ބޮޑު ފަސްތަރީގެ ހޮޓާ 'މަންހަޓަން ގްރޭންޑް' ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭގައި އެސްޓީއޯ ސިޓީ ހޮޓާ ހުރި ބިމުގައި ތަރައްގީކުރި މާލެ ސަރަހައްދުގެ އެންމެ ބޮޑު ފަސްތަރީގެ ހޮޓާ 'މަންހަޓަން ގްރޭންޑް' ރަސްމީކޮށް ހުޅުވައިފިއެވެ.
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރި 'ކިންގް އެއާ 360' މަރުކާގެ ބޯޓާއެކު ރާއްޖޭގައި ލަގްޒަރީ އަދި ޗާޓަރު ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ‘ވިޒިޓް މޯލްޑިވްސް އަހަރު’ ގެ ގޮތުގައި ކަނޑައަޅައި، އެ އަހަރު ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކާއެކު ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިކަން މިފަދިން ވިދާޅުވީ ވަޒީރު 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ. ވަޒީރުގެ ވާހަކާގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ
މިއަހަރުގެ ތެރޭގައި ފަތުރުވެރިކަން ދަށްވެގެން ދިޔަ ތިން މަސްދުވަހާއެކު ވެސް، އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއްވަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުން މިރޭ ބޭއްވި “އަހާ” ފޯރަމުގައި އާންމުންގެ ފަރާތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކު...
ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ބަކާރާ ހޮޓެލް އެންޑް ރެޒިޑެންސަސް މޯލްޑިވްސް އިން، ޕްރައިވެޓް ރަށެއް 72 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކަން ހުޅުވާލައިފިއެވެ. މި ރަށް ގަތުމުގެ މުއާމަލާތްތައް ހާއްސަކޮށްފައިވަނީ ޑިޖިޓަލް ކަރަންސީ ނުވަތަ ކްރިޕްޓޯ ފައިސާ ގެންގުޅޭ ފަރާތްތަކަށެވެ. މި ޕްރައިވެޓް ރަށް އޮންނަނީ ބަކާރާ މޯލްޑިވްސްގެ މައި ރަށުގެ ދެކުނު ކޮޅުގައެވެ. އަމިއްލަ ގޮނޑުދޮށަކާއި ފަރެއް އޮންނަ މި ރަށުގައި، ފުރިހަމައަށް ފަރުނީޗަރު ހަރުކޮށްފައިވާ ހަތަރު ކޮޓަރީގެ ހަތަރު ވިލާ ހިމެނެއެވެ. ކޮންމެ ވިލާއެއ...
ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އަމަލީ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، މާލީ އިނާޔަތާއި ރަސްމީ ސަނަދު ލިބޭ ގޮތަށް ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، މި ދާއިރާގައި ދިވެހި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ އިސްކ...
ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މޫދަށް އެރި އުޅެނިކޮށް ހަބަރު ހުސްވެފައި އޮއްވާ ފެނުނު ޗައިނާގެ ދެ ފަތުރުވެރިން މަރުވެއްޖެ އެވެ. ފުލުހުން މިއަދު ހަވީރު ބުނެފައިވަނީ، ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން، ދ. އަތޮޅު ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ތަފްސީލު ހާމަކުރަމުން ފުލުހުން މިރޭ ބުނީ، އެ ދެ މީހުން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު […]
އަންނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ “ވިޒިޓް މޯލްޑިވްސް އިޔަރ” ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން މި ކެމްޕެއިން އިފްތިތާޙުކުރުމާއެކު، ކެމްޕެއިންގެ ރަސްމީ ލޯގޯ އާއި ރަސްމީ ލަވަ އަދި ބްރޭންޑިން ވަނީ އާންމުކޮށް ދައްކާލާފައެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި މި ރަސްމިއްޔާތ...
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1,603,021 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1,659,031 ފަތުރުވެރިން...
ދިވެހިރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި އުޅޭ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައާއި އާންމު އެކި ތަންތަނުގައި އު...
ޓުއަރ ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ދޫކުރާ ރަސްމީ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި އަންހެނަކަށް އައިޝަތު ޝީނާ ވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުންނެވެ. މި ކާމިޔާބީއާ ގުޅިގެން ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ މިއަދު މިނިސްޓްރީގައި އައިޝަތު ޝީނާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އޭނާއަށް މަރުހަބާ ވިދާޅުވެ، އޭނާގެ ރަސްމީ ޓުއަރ ގައިޑު ފާސް ވަނީ ހަވާލުކުރައްވާފައެވ...
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން 8 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލެވޭ ގޮތަށް އައު ގަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފިއެވެ. މި ގަވާއިދު އެކުލަވާލާފައިވަނީ “ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްޤީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއި...
ހއ. ހޯރަފުށީ ކައުންސިލުން އެ ރަށުގެ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައިވާ ސަރަޙައްދުތަކުން ޖުމްލަ ހަ ބިމެއް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ޖުމްލަ ހަ ގެސްޓްހައުސް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޫބަރު 2026 ވާ ދުވަހުގެ […]
ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް ޗުއްޓީ ދަތުރުތައް އިންތިޒާމުކޮށްދޭ އިނގިރޭސިވިލާތުގެ ލަކްޒަރީ ޓްރެވަލް ކުންފުނި “ވޭފެއަރަރ ޓްރެވަލް” ގެ ހުރިހާ ހިދުމަތްތަކެއް ކުއްލި ގޮތަކަށް ހުއްޓާލައިފިއެވެ. “އިތުރު އެންގުމެއް އަންގަންދެން” ހިދުމަތްތައް މެދުކަނޑާލުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހު ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުން ދަތުރު ނުކުރުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ. އިނގިރޭސިވިލާތުގެ ބްރިސްޓޯލްގައި ގާއިމުވެގެން 2012 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ވޭފެއަ...
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބިލު ތަޞްދީޤުކުރައްވާފައިވާއިރު، މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ. މި ބިލަކީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ ދަށުން […]