54 މެމްބަރުންގެ ވޯޓުން ސައީދުގެ އިތުބާރު ދަމަހައްޓައިފި
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްނުވެ، އޭނާގެ އިތުބާރު ދަމަހައްޓައިފިއެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްނުވެ، އޭނާގެ އިތުބާރު ދަމަހައްޓައިފިއެވެ.
އެމްޑީޕީގެ މިސްރާބު ބަދަލުވެ، އެ ޕާޓީން މީގެ ކުރިން ބުނަމުން އައި 'ޓަކާ ޓަކާ' މަގަށް އެނބުރި ނުދިއުމަށާއި، އަމިއްލަ ނަފްސު ފަނާކުރަނިވި މިސްރާބެއް ހިޔާރު ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. އެމްޑީޕީން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2026 ވަނަ އަހަރުގެ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ. އަދި މި ފުރުސަތު ހަމަވާނީ 2026 ވަނަ އަހަރުގެ މި މަހުގެ 25 ވާ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ. މި އިންތިޚާބާ ގުޅިގެން އެ ޕާޓީން ނެރެފައިވާ އިއުލާންގައި […]
އެމްޑީގެ ދެވަނަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވަން ނިންމަވައި އެކަން މިއަދު ރަސްމީކޮށް ޢިއުލާންކުރަށްވައިފިއެވެ. ފައިސަލް މިކަން ޢިއުލާންކުރެއްވީ ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް މަޝްވަރާ ކުރައްވެމަށްފަހު އެމަނިކުފާނުގެ ތާއީދާ އެކުގައެވެ. އަދި އެ ގޮތުގައި ކުރިއަށް ގެންދެވޭނަމަ...
ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށަހެޅުއްވި “ބޮޑު ބަދަލު” ސިޔާސަތާއި ގުޅޭ ގަރާރު ފާސްކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަސްވަނަ ކޮންގްރެސް ރޭ ނިންމާލައިފި އެވެ. މި […]
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ރަސްމީކޮށް ނިންމައި އިއުލާނު ކޮށްފިއެވެ. މިއީ އެ ޕާޓީގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕާޓީގެ ރައީސްގެ މަގާމު އުވާލި ފަހުން ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ އިންތިހާބެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 27 ގައި ބާއްވާނެކަން ރަސްމީކޮށް އިއުލާނު ކުރެއްވީ “އެމްޑީޕީ ކޮންގްރެސް 2026” ނިންމުމުގެ ރަސްމިއްޔާތުގައި […]
އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމުގެ ގޮތުގައި ޗެއާޕާސަންގެ މަގާމު ހަމަޖެއްސުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ. އަސާސީ ގަވާއިދަށް މި ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޟު އިސްމާއީލެވެ. މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި ކުރިއަށްދިޔަ އެމްޑީޕީގެ ކޮންގްރެސްގައި އެ އިސްލާހުތަކާ މެދު ބަހުސްކުރުމަށް ފަހު ނެގި ވޯޓުގައި، ފައްޔާޟު ހުށަހެޅުއްވި އިސްލާހުތައް ފާސްކުރަން 54...
ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށަހެޅުއްވި ‘ބޮޑު ބަދަލު’ ގަރާރު އެމްޑީޕީގެ ކޮންގްރެސްއިން މިއަދު ފާސްކޮށްފިއެވެ. މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި މި ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވެ...
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަސް ވަނަ ކޮންގްރެސް މިރޭ ފަށައިފިއެވެ. މާލެ ސިޓީ ހޯލުގައި މިރޭ މި ކޮންގްރެސް ފަށާފައިވާއިރު، އެމްޑީޕީގެ ލީޑާޝިޕާއި، ކައުންސިލަރުންނާއި ގައުމީ މަޖިލީހާއި ގޮފިތަކުގެ ރައީސުންގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކުގެ ޢިއްޒަތްތެރިން ވެސް ދަނީ ބައިވެރިވަމުންނެވެ. ކޮންގްރެެސްގެ ދެ ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހު އިންވެސްޓްމަންޓް ފޯރަމެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، ހޮނިހިރު ދުވަހު ކޮންގްރެސްގެ ރިޕޯޓު ހުށަހެޅުމާއި އެމްޑީޕީގެ އެޕްލިކޭޝަ...
ސަރުކާރުގައި ތަކުރާރުކޮށް އެދުމުން ވެސް ކޮންގްރެސް ބާއްވާނެ ތަނެއް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފިއެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ، މުހައްމަދު ޝިފާޒް ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހު ކޮންގްރެސް ބާއްވަން ތާވަލުކުރި ނަމަވެސް، ކޮންގްރެސް ނުބޭއްވުނީ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، އަންނަ އޮކްޓޯބަރު 1 އިން 3 އަށް މާލޭ ސިޓީ […]
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްގެ މަގާމުން ހިސާން ހުސައިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރުކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރެއްވި ހިސާން އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންކަމަށް އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފަވެއެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވ...
އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ޕާޓީގެ އެކި މަގާމުތަކަށް ވާދަކުރައްވާ ހުރިހާ ބޭފުޅުންގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކޮށްދޭންޖެހޭ ބައެއް ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ޢަބްދުﷲ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. މަގާމުން އިސްތިއުފާދެއްވުމަށް އަހްމަދު ފޮނުއްވި އިސްތިއުފާގެ ސިޓީ އޭނާ ވަނީ މީސް މީޑިއާގައި އާންމުކުރަށްވާފައެވެ. އަދި އެ ސިޓީ އާންމުކުރެއްވީ އިސްތިއުފާދެއްވި ސަބަބުން އަންގައިދިނުމަށް ކަމަށް ވ...
ފަތުރުވެރިކަމުގެ މުޅި ސިނާޢަތް ހަލާކު ކޮށްލުމުން އޭގެ އަސަރު ރާއްޖޭގެ ހުރިހާ އާއިލާތަކަށްވެސް ކުރާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކެމްޕޭން ފައްޓަވާފައިވާ ދަނޑިވަޅެއްގައި، ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ފަތުރުވެރިކަމަކީ ދިވެހިންގެ “ރަން ބިސް އަޅާ ކ...
އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވުމަށްފަހު، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އައްޑޫ ސިޓީގައި ވަރުގަދަ ކެމްޕޭނެއް ފައްޓަވައިފިއެވެ. އައްޑޫގައި ކެމްޕޭން ލޯންޗުކުރެއްވުމަށްފަހު، އެމަނިކުފާނު ގެންދަވަނީ އެ ސިޓީގެ ރަށްތަކަށް ޒިޔާރަތްކުރައްވައި ޑޯރ-ޓު-ޑޯ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވަމުންނެވެ. އައްޑޫ ސިޓީގައި ޝާހިދު ކުރިއަށް ގެންދަވާ ޕްރައިމަރީ ކެމްޕޭން ހަރަކާތްތަކުގެ އެންމެ އިސް ސަފުން އެމްޑީޕީގެ...
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް މަޝްވަރާތައް ފައްޓަވާފައިވާކަމުގެ ރިޕޯޓާއެކު، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދު ”ނަނާ ހުވަފެން” ޅެން މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ. ރިޔަސީ ޓިކެޓަށް ވާދަކުރެއްވުމަށް އިބޫ ފުޅާދާއިރާއެއްގައި މަޝްވަރާކުރަށްވަމުންގެންދަވާކަމަށް އަޑުތައް ފެތުރުނީ މިއަދުއެވެ. އިބޫ ފެކްޝަންގެ ބައެއް...