Raajje
ރަށްރަށުގެ މިލްކިއްޔާތަކީ ރަށު ރައްޔިތުންގެ އެއްޗެއް: ރައީސް ނަޝީދު
ރަށްރަށުގެ މިލްކިއްޔާތަކީ ރަށު ރައްޔިތުންގެ އެއްޗެއް ކަމަށާއި ރަށްރަށުގެ ބިމުން ލިބޭ ކުލި ރަށްރަށަށް ލިބެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ފެށި އެމްޑީޕީގެ ކައުންސިލަރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުންގެ ގާތުން ވެރިކަން ހިންގިގެން ނޫނީ ބޭނުންވާ ބަދަލެއް ނުފެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވުމުން، ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އިބާރާތަކުން...