ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް މަކުނުދޫ ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެދިއްޖެ
ހދ. މަކުނުދޫ ސްވިމިން ޓްރެކްގައި ހަރުކުރެވިފައިވާ ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެ ރަށު ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސްވިމިން ޓްރެކްގައި ޖަހާފައިވާ ގާފޮރިތައް ސާފުކުރުމުގެ މުޙިއްމު މަސައްކަތެއް މި ދުވަސްވަރު ކުރެވެމުން ދާ ކަމަށެވެ. އަދި ގާފޮރިޖެހުމުން، ސަލާމަތް ކުރުމަށްޓަކައި ޓްރެކްގައި ސަތަރި ހަރުކުރެވެމުން ދާތީ، ޓްރެކް ބޭނުން ކުރާ ފަރާތްތަކުން ސަތަރިތަކަށް އެއްވެސް ގެއްލުމެއް ނުވ...