ރާއްޖެ އެއާ އެމްބިއުލާންސްއާއެކު ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ހައްލުވާނެ: ހަލީލް އަންނަ މާޗް 1 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ނިންމާފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތާ އެކުގައި ބަލި މީހުން އުފުލުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ. ހަލީލް އެގޮތަށް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ގއ. ވިލިނގިލީ، ޕެންޒީއާގޭ، އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު، ނިޔާވި ހާދިސާއާ ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން ވަނީ […] މުޙައްމަދު · 2 އަހަރު ކުރިން
މަޖިލިސް ވިލިނގިލި ކުއްޖާ މަރުވި މައްސަލަ މަޖިލިހަށް ހުށަހަޅައިފި ގއ. ވިލިނގިލިން ހާލު ދެރަވި އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖާ މަރުވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އިއްޔެ މަރުވި ކުއްޖާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނީ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އިމަޖެންސީ އިވެކުއޭޝަންގެ ކަންތައް ލަސްވެފައިވާ ކަމަށެވެ. އެގޮތުން އިމަޖެންސީ އިވެކުއޭޝަންގައި […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ނަސްލީ ތަފާތުކުރުމުގެ މައްސަލާގައި ހުއްޓާލަން ޖެހުނު މެޗުން މިލާނަށް މޮޅެއް އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި އުދިނޭޒީ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ. އުދިނޭޒީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މިލާނުންނެވެ. މި ލަނޑު 31 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލޮފްޓަސް-ޗީކްއެވެ. އެ ލަނޑުޖެހިތާ އިރުކޮޅެއް ފަހުން އުދިނޭޒީގެ ސަޕޯޓަރުން ވަނީ މިލާންގެ ކީޕަރު މައިންނަންއާއި ނަސްލީގޮތުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (25) ކުރީގެ އަދަދާއިގުޅޭ: ” އަހަރެން.. ބަނޑުބޮޑުހެން ހީވަނީ..” ” އޭނ؟ ” ޒާރާއަށްވެސް ކޮޅަށް ތެދުވެވުނީ ޤަބޫލުކުރަން ބޭނުން ނުވާ ފަދަ ގޮތަކަށެވެ. އެއާއެކު ހަރަކާތްތައް ހުއްޓިފައި އޭނާއަށް ހުރެވުނީއެވެ. އޭރު ޖުމާ ހުރީ ޒާރާއަށް ފުރަގަސްދީގެން ކޮޓަރީގެ ފާރުގައި ބޯ ޖައްސާލައިގެންނެވެ. ” ކީއްވެ ބަނޑުބޮޑު ވާންވީ؟ ” ޒާރާގެ ދެތުންފަތް ތުރުތުރުއަޅާ ޙާލު އޭނާއަށް ސުވާލު ކޮށްލެވުނީ އަމިއްލަ ނަފްސާއެވެ. ލޯބިވާ ކޮއްކޮ އެފަދަ މުޑުދާރު ޢަމަލެއް ހިންގަފާނެކަމަށް ފަހަރެއްގައިވެސް ޒާރާ ޤަބޫލު ކުރާކަށް […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ރާއްޖެ އިންޑިއަން ރިޖަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ ރިޖަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ކާލްސްބާގު މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ އައްޑޫ ސީޓީ އާއި 5282 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް ކާލްސްބާގު ރިޖަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑު ކުރެވުނެވެ. މި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ދަށް ނަތީޖާތަކަކަށް ފަހު އާސެނަލަށް މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން އާސެނަލުން ކާމިޔާބު ކޮށްފިއެވެ ރޭ މެޗަށް އާސެނަލް ނުކުތްއިރު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެ އެ ޓީމް އޮތީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. އެ ޓީމް ބަލިވެފައި ވަނީ ވެސްޓްހޭމްއާއި ފުލަމްގެ އިތުރުން ލިވަޕޫލް އަތުންނެވެ. ނަމަވެސް ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗު އެ ޓީމުން މިވަނީ ތަފާތު ބޮޑު ނަތީޖާއިން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ކުއްޖާ މާލެ ނުގެނެވި ލަސްވީ އިންޑިއާ ބޯޓު ބޭނުން ނުކުރަން ހަދައިގެންކަމަށް ބުނެ ފެތުރީ ދޮގެއް: ސަރުކާރު ގއ. ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖެއް (ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު) އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވީ އިންޑިއާ ޑޯނިއާ ބޯޓު ބޭނުން ނުކުރަން ހަދައިގެންކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރީ ދޮގެއް ކަމަށް ސަރުކާރުން ބުނެފިއެވެ. ބުރާސްފަތި ދުވަހު ފަރުވާއަށް މާލެ ގެނައި، މުޙައްމަދު ޖާހު ޚާލިދު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ނިޔާވެފައެވެ. އެ ކުއްޖާ މާލެ ގެނައުން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބަލި މީހުން ކުއްލި ފަރުވާއަށް އުފުލުން އިސްލާހްކުރަން ރައީސް އަންގަވައިފި ބަލި މީހުން ކުއްލި ފަރުވާއަށް އުފުލާ ނިޒާމު އިސްލާހްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ރައީސް މިގޮތައް އެންގެވީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ހާދިސާއާއި ގުޅިގެންނެވެ. މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާން މަރާމާތުކޮށް ރޯދައަށް ނިންމަނީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތު ކުރާ އިރު، އެ ތަން ކުރިއަށް ވުރެ ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ރޯދައަށް އާންމުކޮށް ހުޅުވާލުމަށް ރައީސް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް މާފުށީ ޖަލުގައި ގައިދީންނަށް ކަސަބު ގެތުމުގެ ތަމްރީން ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން ތައްޔާރުކުރުމަށް، ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް އެތަނުގައި އިއްޔެ ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ބުނީ އެ ސާވިސްގެ މާފުށީ ޖަލުގައި ފެށި ކަސަބު ގެތުމާބެހޭ ވޯކްޝޮޕަކީ، އެތަނުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފިޛް ކުރަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ކަކުލުންތިރި އާއި ހިސާބުން ބުރިވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލެއާއި ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވިންއަށް ގޮސް މައްޗަށް އެރިވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައިޖެހި މީހަކަށް އަނިޔާވެފައިވާ މައްސަލަ މިއަދު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އެމެރިކާގެ އުމުރުން 63 އަހަރުގެ ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުނެއެވެ. ”އެމީހާގެ ފައިގެ ކަކުލުން ތިރިއެއްކޮށް ވަނީ ބުރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސް މުއިއްޒުގެ މެސެޖަކާއެކު މާލޭގެ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގައެވެ. މި ބައްދަލުވުން ބާއްވަނީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުންނެވެ. އެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިއްޖެ މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ ބަލާއިރު %3 ގެ ދަށްވުމެކެވެ. އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި ހޮންކޮންގް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފި ޗައިނާގެ އެއާލައިނެއް ކަމުގައިވާ ހޮންކޮންގް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފިއެވެ. ހޮންކޮންގް އެއާލައިންގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާ ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި އެއާލައިނުން ރާއްޖެ އައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ބޮޑުބެރާއެކު، ރަތް ފިނިފެންމަލުގެ މަރުހަބާއެއް ކިއެވެ. މި އެއާލައިނުން މިފަހަރު ރާއްޖެ އައިސްފައިވަނީ 209 ފަތުރުވެރި... މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް "ދި ފައުންޑޭޝަން" ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ޓައިޓަލް ސްޕޮންސަރަކަށް ދިއްދޫ “ދި ފައުންޑޭޝަން” ހަމަޖައްސައި، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ ބާއްވާފައި ވަނީ ހައިޑަވޭ ރިސޯޓްގައެވެ. މި އެއްބަސްވުމުގައި ދި ފައުންޑޭޝަންގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ފައުންޑޭޝަންގެ ޗެއާމަން މޫސާ ރަޝީދެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ މުބާރާތުގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން