މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިޒްރޭލްގެ ދިފާއީ ވަޒީރު ގޭންޓްޒް މަގާމުން އިސްތިއުފާ ދީފި

އިޒްރޭލްގެ ދިފާއީ ވަޒީރު ގޭންޓްޒް މަގާމުން އިސްތިއުފާ ދީފި

ހަނގުރަމާއިގެ ފަހުން ގާޒާ އާ މެދު އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ނަތަންޔާހޫ އެކުލަވާ ލައްވާފައި ނުވާތީ ކަމަށްބުނެ ގޭންޓްޒް އިޒްރޭލްގެ ހަނގުރާމައިގެ ވަޒީރު އިސްތިއުފާ ދީފިއެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ދިފާއީ ވަޒީރު ބެނީ ގޭންޓްޒް އާދިއްތަ ދުވަހު އިސްތިއުފާ ދިފައިވާއިރު މީގެކުރިން އޭނާ އިސްތިއުފާދޭނެކަން ވަނީ އިއުލާންކޮށްފައެވެ. ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ނުރުހުން ނަތަންޔާހޫ އަށް އަމާޒުވެފައި ވަނިކޮށް ނަތަންޔާހޫގެ ކ...

އަޙްމަދު ދާއޫދު
ޔޫރޯއާ ދިމާކޮށް އުރީދޫގެ ހާއްސަ ހަރަކާތްތަކެއް

ޔޫރޯއާ ދިމާކޮށް އުރީދޫގެ ހާއްސަ ހަރަކާތްތަކެއް

ޔޫރޯ 2024 އާ ދިމާކޮށް އުރީދޫއިން ރާވާފައިވާ ހާއްސަ ހަރަކާތްތައް އިއިލާނުކޮށްފިއެވެ. އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް މި ފުޓްބޯޅަ އީދަކީވެސް އުފާވެރި މަޖާ ސީޒަނަކަށް ވާނެކަން ޔަގީންކުރާ ކަމަށް އުރީދޫއިން ބުނެއެވެ. ސޮނީ ލިވް ޕެކްސް ޔޫރޯއަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫއިން މިވަނީ ތައާރަފުކޮށްފައެވެ. މީގެން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނެއެވެ. [...

އަޙްމަދު ވަހީދު
މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި

މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. މޯދީ ތިން ވަނަ ދައުރަކަށް ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު، އިންތިޚާބުގައި މޯދީގެ ބީޖޭޕީއަށް ހޯދުނީ އަންދާޒާކުރެވުނު ވަރަށް ވުރެ ދަށް ނަތީޖާ އެކެވެ. އެހެންވެ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ އިއްތިހާދެއްގެ ވެރިއެއްގެ ގޮތުގައެވެ. މޯދީ އާއި މޯދީގެ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވި މި ރަސްމިއްޔާތުގައި އަވަށްޓެރި ޤައުމުތަކުގެ އިސް ވެރިން […]

ޔުމްނާ ޢަލީ
އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ޗެނަލް އާންމުންނަށް ބަންދު ކުރަނީ

އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ޗެނަލް އާންމުންނަށް ބަންދު ކުރަނީ

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ބްރިޖުތަކުގެ ދަށުގައި އޮންނަ ޗެނަލް ނުވަތަ ކޯރު ވަކި ވަގުތަކަށް އާންމުންނަށް ބަންދުވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ. އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު 9:30 އިން މެންދުރު 2:00 އާ ހަމައަށް އެ ޗެނަލްއަށް މޫދަށް އެރުމާއި، ޖެޓްސްކީ ދުއްވުމާއި ޑިންގީ ހުރަސްކުރުން މަނާވާނެ ކަމަށެވެ. ޗެނަލް ބަންދުކުރަން ޖެހެނީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް […]

މުޙައްމަދު
ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓުވެއްޖެ

ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓުވެއްޖެ

ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އޭގެ ކަނދެއް ނެއްޓި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގީ ވެސްޓް އިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރީގަ އެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ސީޕްލޭން ދިޔަވަމުން އަންނަ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ބޯޓުގެ ފަހަތަށް ފެން ގަނޑު ވަދެފައިވާ މަންޒަރު ފެނެ އެވެ. މިކަމާ ގުޅޭ ގޮތުން ޓީއެމްއޭގެ ބަހެއް އަދި ނުލިބެ އެވެ. ފުލުހުންގެ […]

މުޙައްމަދު
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާންޖެހޭ ގޮތަށް ނިންމައިފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާންޖެހޭ ގޮތަށް ނިންމައިފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ގައުން ލައިގެން ތިބެންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ. ފަނޑިޔާރުންގެ ތެރެއިން މިހާރު ގައުން ލަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ. “ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލު 2024/01” ގެ ބޭނުމަކީ ޝަރީއަތުގެ މަޖިލީހުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑްރެސް ކޯޑެއް ކަނޑައެޅުމާއި، އެ ޑްރެސް ކޯޑު ދަށު ކޯޓުގެ ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ އުސޫލުތައް ބަޔާންކޮށްދިނުމެވެ. އެގޮތު...

މުޙައްމަދު
ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް މިއަދު ފަށައިފިއެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދަރުބާރު ގޭގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެވެ. މި ކޮންފަރެންސް ކުރިއަށް ގެންދަނީ “ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް” މި ތީމުގެ ދަށުން ނެވެ. ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ޖުމްލަ 3 ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، މުޅި […]

ޔުމްނާ ޢަލީ
މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމަށް 52.8 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއް

މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމަށް 52.8 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއް

މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގެ ގޮތުގައި 52.8 މިލިއަން ޑޮލަރު ހޭދަކުރާ މަޝްރޫޢުއެއް މިއަދު އިފްތިތާޙްކޮށްފިއެވެ. ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ، “ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް އިން މޯލްޑިވްސް” މަޝްރޫޢު މިއަދު އިފްތިތާޙްކުރިއިރު، މި މަޝްރޫޢަށް ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރެއިން 12 މިލިއަން ޑޮލަރު،...

ޔުމްނާ ޢަލީ
އެމްޑަބްލިއުއެސްސީގެ ކުރެހުމުގެ މުބާރާތް އިފްތިތާހުކޮށްފި

އެމްޑަބްލިއުއެސްސީގެ ކުރެހުމުގެ މުބާރާތް އިފްތިތާހުކޮށްފި

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން އެމްޑަބްލިއުއެސްސީން “ފެނުން ދިރުން” ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހުކޮށްފިއެވެ. ސަލްޓަން ޕާކްކުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް އިފުތިތާހުކޮށް ދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ. ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)އާ ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމެއ...

އަޙްމަދު ވަހީދު
ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެގްމޮންޓް ގްރޫޕުގެ މެންބަރުކަން

ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެގްމޮންޓް ގްރޫޕުގެ މެންބަރުކަން

ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސްގެ މެންބަރަކަށް ވެއްޖެއެވެ. ‘އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް’ (އެގްމޮންޓް ގްރޫޕް) އަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށް ކުރުމާ ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާބެހޭ މަޢުލޫމާތު، ދޭދޭ ޤައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވާކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމް...

އަޙްމަދު ވަހީދު
ނަދީމްގެ މަރުގެ ދައުވާލިބޭ މަފާޒް ބަންދުކުރަން ޕީޖީން ހައި ކޯޓަށް

ނަދީމްގެ މަރުގެ ދައުވާލިބޭ މަފާޒް ބަންދުކުރަން ޕީޖީން ހައި ކޯޓަށް

ޓާމިނަލް ކެފޭއެއްގެ ތެރޭގައި ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މުހައްމަދު މަފާޒް ހުސައިން ސަލީމް ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ. ޖުލައި، 2017 ގައި ހަމަލާދީ މަރާލި މައްސަލާގައި ގ. ޝާރާޒް މަފާޒާއި ދައުލަތުން ދައުވާކުރީ ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް […]

ހުސައިން ހަބީބް
ގެސްޓުން ގޮވައިގެން ދަތުރުކުރި ސަފާރީއެއްގެ އިންޖީނު ހުއްޓިގެން ފުލުހުން އެހީތެރިވެއްޖެ

ގެސްޓުން ގޮވައިގެން ދަތުރުކުރި ސަފާރީއެއްގެ އިންޖީނު ހުއްޓިގެން ފުލުހުން އެހީތެރިވެއްޖެ

މިސްރާބު ނަމަކަށް ކިޔާ ސަފާރީއެއްގެ އިންޖީނު ހުއްޓުމުން އެ ސަފާރީ އަށް ދިވެހި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އިއްޔެ ހަވީރު 16:22 ހާއިރު ގެސްޓުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ސަފާރީއެއްގެ އިންޖީނު ހުއްޓިގެން މ. އަތޮޅު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ސަފާރީ އަކީ މިސްރާބު ނަމަކަށް ކިޔާ ސަފާރީއެކެވެ. މި ހާދިސާ ހިނގިއިރު މި ސަފާރީ ދަތުރުކުރަމުން ދިޔައީ މ.އަތޮޅުން ފުރައިން […]

ޔުމްނާ ޢަލީ
ރައީސްގެ ދަތުރުފުޅުގެ ސަބަބުން އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިވާނެ: ޒަމީރު

ރައީސްގެ ދަތުރުފުޅުގެ ސަބަބުން އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިވާނެ: ޒަމީރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މިއީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސްގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކ...

އަޙްމަދު ވަހީދު
އަނބުގަސް ކޮށުން

އަނބުގަސް ކޮށުން

އަނބުގަހަކީ ބިޔަކޮށް ހެދޭ ގަހެކެވެ. ނަމަވެސް އެއްގޮތަކުން ވުރެ ގިނަ ގޮތްގޮތުންވެސް ރަނގަޅު ގޮތަކީ ދޭތެރެދޭތެރެއިން އަނބުގަސް ކޮށަމުން ގަސް ހެއްދުމެވެ. ކޮންމެ އަހަރަކު މާބޮޑަށް ގަސް ކޮށައި ބައްޓަންނުކުރިޔަސް އަނބުގަސް ހައްދަންވާނީ ކޮށައިގެންނެވެ. އެގޮތުން އަނބުގަހުގެ އެކި އުމުރު ފުރާތަކުގައި ގަސްކޮށަން ޖެހޭ ގޮތާއި ކޮށަންޖެހޭ ސަބަބުތައް ތަފާތެވެ. އަނބުގަސް ޅައިރު އަނބުގަސް ޅައިރު (ގާތްގަނޑަކަށް 2 ފޫޓަށް ހެދުމުން) ކުރި ބުރިކޮށްލާށެވެ. ތޫނު ކަތުރެއް ނުވަތަ ވަޅިއެއް ބޭނުންކޮށްގެން ކަތިކޮށް ބުރިކޮށްލާ...

ހުބާ ޕްލާންޓްސް
ހޮސްޕިޓަލްގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ބޭނުންވޭތޯ ބަލަނީ

ހޮސްޕިޓަލްގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ބޭނުންވޭތޯ ބަލަނީ

ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުޑަކުއްޖަކު މަރުވި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމާ މެދު ގޮތެއް ނިންމަން ދައުލަތަށް މިއަދު ފުރުސަތު ދީފި އެވެ. ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް 2021 ވަނަ އަހަރު ސަދާ ސައުދުﷲ މަރުވި މައްސަލާގައި، އެ ކުއްޖާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން އެ ކުއްޖާ މަރުވެފައިވާތީ އެވެ. އެ […]

ހުސައިން ހަބީބް