ރާއްޖެ ރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއަރުވަން މަޝްރޫޢެއް ފަށަނީ ދިވެހިރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަޝްރޫޢުއެއް ހިންގަން ދިވެހި ސަރުކާރާއި އެމެރިކާގެ ބައިނަލްއަޤްވާމީ ތަރައްޤީއަށް މަސައްކަތްކުރާ އިދާރާ (ޔޫ.އެސް.އޭ.އައި.ޑީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކަށް މަގުފަހިކުރުމަށްޓަކައި، ޔޫ.އެސް.އޭ.އައި.ޑީ އާއިއެކު، ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ދެވަނަ ކުއާޓަރުގައި އާސަންދައިން ބޭސްފަރުވާއަށް 823 މިލިއަން ރުފިޔާ ޚަރަދުކޮށްފި އާސަންދަ ކުންފުނިން ބަލަހައްޓާ އާސަންދަ ސްކީމްގެ ދެވަނަ ކުއާޓަރުގައި ބޭސްފަރުވާއަށް 823 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަަމަށް އެ ކުންފުނިން މިއަދު އާންމުކުރި ތަފާސް ހިސާބުން ދައްކައިފިއެވެ. އާސަންދައިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި އެ ކުންފުނިން ބަލަހައްޓާ އާސަންދަ ސްކީމްގެ ދެވަނަ ކްއާޓަރު (1 އޭޕްރިލް 2024 އިން 30 ޖޫން 2024)ގައި ޖުމްލަ 823 މިލިއަން ދިވެހި ރުފިޔާ ވަނީ ބޭސްފަރުވާއަށް ޚަރަދުކޮށްފައެވެ. މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފުރަން ގޮސް އެއާޕޯޓުގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެމީހާ އަކީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ގޮސް ހުރި ދިވެއްސެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑޮމެސްޓިކް ޓާމިނަލް ތެރެއިންނެވެ. ރޭގައި ހައްޔަރުކުރި މި މީހާއަކީ އުމުރުން 30 އަހަރުގެ މީހެކެވެ. ”އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 209 ގްރާމްހުރި” ފުލުހުން ބުނެފަވެއެވެ.... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ''އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލު ހުއްޓުވޭނީ ހުރިހާ ޤައުމެއްގެ މައްޗަށް ޤާނޫނު ހިންގިގެން'' އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލު ހުއްޓުވޭނީ ދުނިޔޭގެ އެއްވެސް ޤައުމެއް އިސްތިސްނާކުރުމެއްނެތި ހުރިހާ ޤައުމެއްގެ މައްޗަށް ބައިނަލްއަޤްވާމީޤާނޫނު ހިންގިގެން ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި އިއްޔެ ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން އުސޫލެއް ހަމަޖައްސާފައިވާއިރު، ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފިއެވެ. މާލޭސިޓީގެ ކައުންސިލަރުން ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފެންވަރަން ހުއްޓާ ވަދެ, ވަޅިން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަަލަށް މީހަކު ފެންވަރަން ހުއްޓާ ގެއަށް ވަދެ, އޭނާއަށް ވަޅިން ހަމަލާ ދިން މީހަކު 7 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ފިރިހެނަކު ފެންވަރަން ހުއްޓާ އެގެއަށް ވަދެ, ގަދަކަމުން އޭނާ ފަހާނާއިން ނެރުމަށްފަހު ވަޅިން ހަމަލާދިނީ އޭނާގެ ބުރަކަށްޓަށެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ މ ގޯލްޑަންލީފް އަހުމަދު ނަބީލްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ އެކަމަށް އިންކާރުކުރި ނަމަވެސް ހެކިންގެ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ވިޔަފާރި ވެލިދޫ ޖޫނިއާ ކޮލެޖުގެ ބޭރު ފާރުގެ މޭސަނަރީ މަސައްކަތް ނިންމާލައިފި ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެތެރެއާ ބޭރު ފާރުގެ މޭސަނަރީގެ މަސައްކަތެވެ. އެގޮތުން، ބޭރު ފާރުގެ މޭސަނަރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން މިހާރު ކުރިއަށްދަނީ އެތެރެ ފާރުގެ މޭސަނަރީ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ […... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ސްޕެއިންގެ ޒުބިމެންޑީ ހޯދަން ލިވަޕޫލުން މަސައްކަތްކުރަނީ ރެއާލް ސޮސިއެޑާޑްއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑިން މިޑްފީލްޑަރ މާޓިން ޒުބިމެންޑީ ހޯދަން ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިން ޓީމުގައި ވެސް ހިމެނޭ، އުމުރުން 25 އަހަރުގެ ޒުބިމެންޑީ ގިނަބައެއްގެ ލޮލުގައި އަޅައިގަތީ، މުބާރާތުގެ ފައިނަލް މެޗުގައި އެ ޓީމްގެ ރޮޑްރީ އަށް އަނިޔާވުމާއި ގުޅިގެން ފަހު ހާފުގައި ކުޅެން ނުކުމެ ސްޕެއިންގެ މެދުތެރޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ނިމިދިޔަ ސީޒަނަށް ފަހު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 76 އިންސައްތަ ވަނީ ނިމިފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބިންހިއްކުމާއި ފަސްގަނޑު ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެ 75 އިންސައްތަވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 19,789 ކިއުބިކް މީޓަރުގެ ބިންހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސެމްސަންގުން ސެކިއުރިޓީ މައްސަލަ ހޯދާ ފަރާތްތަކަށް 1 މިލިއަން ޑޮލަރު ދޭން ނިންމައިފި ސެމްސަންގުން އެ ކުންފުނީގެ މޯބައިލް ޑިވައިސްތަކުގައި ސެކިއުރިޓީ މައްސަލަތައް ހޯދައިދޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް އައު ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. މި ޕްރޮގްރާމުގެ ދަށުން ސެމްސަންގުގެ ސޮފްޓްވެއަރތަކުގައި ހުރި ސެކިއުރިޓީ މައްސަލަތައް ހޯދައިދޭ ފަރާތްތަކަށް އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދިނުމަށް ވަނީ ނިންމާފައެވެ. “އިމްޕޯޓަންޓް ސެނާރިއޯ ވަލްނަރަބިލިޓީ ޕްރޮގްރާމް (އައިއެސްވީޕީ)” ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ޕްރޮގްރާމުގެ ދަށުން، ޑިވައިސް އަންލޮކްކުރުމާއި، ޑޭޓާ ނެގުމާއި، ޑ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިރާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާނެ: މާހިރުން އިރާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބައިނަލްއަޤްވާމީ މާހިރުން ވަނީ ވިދާޅުވެފައެވެ. މިގޮތުން ލެބަނަންގެ ހަކަތައާ ބެހޭ ޕޮލިސީ ދިރާސާކުރައްވާ މާކް އައޫބް އަދި ބައިނަރީ އިކޮނޮމިކްސްގެ ޕްރޮފެސަރ ރޮޑްނީ ޝޭކްސްޕިއަރ ވިދާޅުވި ގޮތުގައި މިފަދަ ހަނގުރާމައެއް ފެށިއްޖެނަމަ ތެލުގެ އަގު ބެރެލަކަށް 150 ޑޮލަރަށް އަރާފާނެއެވެ. ޚާއްޞަކޮށް އިރާނުން ހޯމުޒް ހަނިކަނޑު ބަންދުކޮށްފިނަމަ މިކަން ދިމާވެދާނެއެވެ. މި ހަނިކަނޑުން ދުވާލަކު 17 މިލި... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓެކްސާސްގެ ސްކޫލެއްގައި ކަޅު ހެދުން މަނާކޮށްފި އެމެރިކާގެ ޓެކްސާސްގައި ހުންނަ އެލް ޕާސޯ އިންޑިޕެންޑެންޓް ސްކޫލް ޑިސްޓްރިކްޓްގެ ޗާލްސް މިޑްލް ސްކޫލުން ދަރިވަރުންނަށް ކަޅު ހެދުން ލުން މަނާކޮށްފިއެވެ. މިގޮތަށް ނިންމީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށެވެ. ސްކޫލުގެ ޕްރިންސިޕަލް ނިކް ޑިސަންޓިސް ބެލެނިވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކަޅު ޓޮޕާއި ކަޅު ބޮޓަމް ލައިގެން އުޅުމުގެ “ލުކް” އެއް ސްކޫލުގައި ފެތުރެމުންދާ ކަމަށެވެ. އަދި މި “ލުކް” އަކީ އުފާވެރި އަދި ދުޅަހެޔޮ ކުދިންނާ ގުޅުވުމުގެ ބަދަލުގައި ޑިޕްރެޝަންއާއި ނަފްސާނީ މައްސަ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ރޮޑްރީއާއި މޮރާޓާ އެއް މެޗަށް ސަސްޕެންޑް ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާއާއ ރޮޑްރީ އެއް މެޗަށް ސަސްޕެންޑް ކޮށްފިއެވެ. ޔޫރަޕްގެ ފުޓްބޯޅަ މައި އިދާރާއިން މި ދެ ކުޅުންތެރިން ސަސްޕެންޑް ކޮށްފައި ވަނީ، ސްޕެއިނުން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު ޖުލައި 15 ވަނަ ދުވަހު މެޑްރިޑްގައި ކުރިއަށް ގެންދިޔަ އުފާފާޅު ކުރުމުގެ ރެލީގައި، ސްޕެއިންގެ ދެކުނު ބޯޑަރުގައި އޮންނަ ޖިބްރާލްޓާއަކީ ސްޕެއިންގެ ތަނެއްކަމަށް ބުނެ އަޑު އުފުލުމާއި ގުޅިގެންނެވެ. މި ވީޑިއޯ ސޯސަލް މީޑިއާގައި ވައިރަލްވުމާއި ގުޅިގެން މި މައްސަލަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނަން: އީރާނުގެ ޗީފް ކޮމާންޑަރ ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެކަމަށާއި، އެކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އީރާނުގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރ މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސާވީ ވިދާޅުވެއްޖެއެވެ. މޫސާވީ މި ވާހަކަ ދެއްކެވީ ހަމާސްގެ ވެރިޔާގެ މަގާމަށް ޔަހްޔާ ސިންވާރް އައްޔަން ކުރުމާ ގުޅޭ ގޮތުން ދެއްވި ބަޔާނެއްގައެވެ. އޭނާ ވިދާޅުވީ “ޔަހޫދީ ދައުލަތައް ވަރަށް އަވަހަށް ގަދަފަދަ ރައްދެއް ދޭތަން ފެނިގެންދާނެ، […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ބޯކޮށާ ހަ ތަނެއް ބަންދުކޮށް 7 ބިދޭސީއަކު ހައްޔަރުކޮށްފި ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ހަ ތަނެއް ބަންދުކޮށް އެތަންތާގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ހަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. އިމިގްރޭޝަނުން މިރޭ ބުނީ، ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ތަންތަނަށް އަމާޒުކޮށްގެން މިއަދު ރެއިޑެއް ކުރިއަށް ކުރިއަށް ގެންދިޔަ ކަމަށެވެ. މި ރެއިޑުގައި ބޯކޮށާ 06 ތަނެއް ބަލާ ފާސްކޮށްފައިވާއިރު، މީގެތެރެއިން 04 ތަނެއް ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެތަންތަނުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަން ބ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން