ރާއްޖެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަން މަކުނުދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެ ބެންގަލޫރުގެ އާރްޓީ ނަގަރުގައި ހުރި ހޮޓަލެއްގެ ކޮޓަރިއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިޔާވެފައި އޮތް ދިވެއްސެއް ފެނުނީ މިދިޔަ ބުދަ ދުވަހުއެވެ. އެމީހާ އަކީ އުމުރުން 43 އަހަރުގެ ހަސަން ސުހައިލް ކިޔާ މީހެއްކަމަށް ނޫސްތަކުން ބުނެފަވެއެވެ. ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާ ގޮތުގައި އޭނާ ބުދަ ދުވަހު ކޮޓަރިން ބޭރަށް ނުނިކުމެ، ކާއެއްޗެހި އޯޑަރު ނުކުރުމުން، ހޮޓަލުގެ މުވައްޒަފުން އޭނާއާ ގުޅަން މަސައްކަތް ކުރިއެވެ. އަދި އޭނާ ޖަވާބު […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު، ރައީސްގެ ޚާއްޞަ މެސެޖެއް ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ. މިގޮތުން ރައީސް މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް ވަކިވަކިން މެސެޖު ފޮނުއްވާފައެވެ. މި މެސެޖުގައި ފަލަސްޠީނުގެ މިނިވަންކަން އިޢުލާން ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޔޮ އެދުންތައް ފޮނުއްވާފައިވާއިރު، ފަލަސްޠީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ގިނަ ބަޔަކު އެކްސް ދޫކޮށް ބްލޫސްކައި އަށް ބަދަލުވަނީ ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވުމާއި އެކްސްގެ ޚިދުމަތުގެ ޝަރުތުތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލަކާ ގުޅިގެން ގިނަ ބަޔަކު އެކްސް ދޫކޮށް ބްލޫސްކައި އަށް ބަދަލުވަމުންދާ ކަމަށް ބްލޫސްކައިން ބުރާސްފަތި ދުވަހު ބުނެފިއެވެ. ފާއިތުވި ހަފްތާގައި އެކަނި ވެސް 2.5 މިލިއަން މީހުން ބްލޫސްކައި އަށް އައު އެކައުންޓް ހަދާފައިވާ ކަމަށާއި، މިހާރު ޖުމްލަ 16 މިލިއަނަށް ވުރެ ގިނަ ޔޫސަރުން ބްލޫސްކައި ބޭނުންކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެއް ދުވަހެއްގެ ތެރޭގައި އެއް މިލިއަން ޔޫސަރުން […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުގެ ގަތުލުއާންމު ދައްކުވައިދޭ ފިލްމެއް ނެރެފި ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ އަނިޔާވެރި ގަތުލުއާންމުގެ ތެރޭގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކާއި ނަސްލު ފޮހުމުގެ ޢަމަލުތައް ހާމަކޮށްދޭ ފިލުމެއް “ދަ އެވިޑެންސް” ނަމުގައި ނެރެފައެވެ. މި ފިލްމަކީ ޣައްޒާގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތަކުގެ ޙަޤީޤަތް ދުނިޔެއަށް ހާމަކޮށްދިނުމަށް އުފައްދާފައިވާ މުހިންމު ވަސީލަތެކެވެ. މި ފިލްމުގައި ހިމެނިފައިވަނީ ޣައްޒާގައި މަސައްކަތްކުރާ ނޫސްވެރިން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެވެ. މި މަންޒަރުތަކުގައި ހިމެނެނީ އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުނ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ބްރެޒިލް އެއްވަރުވިއިރު އާޖެންޓީނާ ބަލިވެއްޖެ ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާއާއި ޕެރަގުއޭ ބައްދަލު ކުރި މެޗުން އާޖެންޓީނާ ބަލިވިއިރު، ވެނެޒުއޭލާއާއި ބްރެޒިލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޕެރަގުއޭގައި އެ ގައުމުގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ އާޖެންޓީނާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ލަނޑުޖަހައި އާޖެންޓީނާއިން ލީޑު ނެގިއެވެ. މި ލަނޑު ޖަހައިދިނީ ލިސަންޑްރޯ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓިކްޓޮކުން އޭއައި ޕަވާޑް ވީޑިއޯ ޕްލެޓްފޯމެއް ތައާރަފްކޮށްފި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޓިކްޓޮކުން އޭއައި ޕަވާޑް ވީޑިއޯ ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ. ބައިޓްޑާންސްގެ ހިއްސާ އޮންނަ ޓިކްޓޮކްގެ ޖެނެރޭޓިވް އޭއައި ވީޑިއޯ ކްރިއޭޝަން ޕްލެޓްފޯމް، ސިމްފަނީ ކްރިއޭޓިވް ސްޓޫޑިއޯތައް އިޝްތިހާރުކުރާ ހުރިހާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައި ލިބޭގޮތަށް ތަޢާރަފްކުރުމުގެ ބޭނުމަކީ ޓިކްޓޮކްގެ އިޝްތިހާރުގެ ވިޔަފާރި ކުރިއެރުވުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އަހަރުގެ ކުރީކޮޅު ވޯލްޑް ޕްރޮޑަކްޓް ސަމިޓްގައި ސޯޝަލް މީޑިއާ ޓިކްޓ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ ދެ ޤައުމަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި ސަޢޫދީ ޢަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަތީ ސަޢޫދީ ޢަރަބިއްޔާ އަށެވެ. ރައީސް އެ ޤައުމަށް ކުރެއްވި ދަތުރުފުޅަކީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިޓަލީއާއި ފްރާންސް ކުއާޓާ ފައިނަލަށް ޔުއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް ބަލިކޮށް އިޓަލީން ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު ފްރާންސާއި އިޒްރޭލު ބައްދަލުކުރި މެޗު އެއްވަރުވުމުން ފްރާންސަށް ވެސް ކުއާޓާއިން ޖާގައެއް ކަށަވަރު ވެއްޖެއެވެ. ލީގު އޭގެ ގްރޫޕް ދޭއްގެ މި މެޗު ރޭ ކުޅެފައިވަނީ ބްލެޖިއަމްގައެވެ. މި މެޗު އިޓަލީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ޓޮނާލީއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ސޫދާން ހަނގުރާމައި މަރުވި މީހުންގެ އަދަދު ރެކޯޑް ކުރެވިފައިވާ ވަރަށްވުރެ މާމަތި! ސޫދާން ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ރެކޯޑް ކުރެވިފައިވާ އަދަދަށްވުރެ މާ ބޮޑުކަމަށް ސައިންސްވެރިން ބުނެފިއެވެ. ސޫދާންގެ ހަނގުރާމައިގެ ފުރަތަމަ 14 މަސް ދުވަހުގެ ތެރޭގައި ޚަރްތޫމް ސްޓޭޓުން 61،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އަންދާޒާކޮށްފައިވާއިރު، އެ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ކުރިން ރެކޯޑް ކުރި އަދަދަށް ވުރެ މާ ބޮޑު ކަމަށް ބެލެވޭ ކަމަށް ހާމަކުރީ އިނގިރޭސިވިލާތާއި ސޫދާންގެ ސައިންސްވެރިންގެ ޓީމަކުންނެވެ. މި އަންދާޒާގައި ހަނގުރާމަތެރޭގައި މަރުވި 26،000 މީހުން […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ އަޒަރުބައިޖާނުން ރާއްޖެ އާއިއެކު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވެއްޖެ އަޒަރުބައިޖާނުން ރާއްޖެ އާއިއެކު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރަށްވާފައެވެ. އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ދާދި ފަހުން އަޒަރުބައިޖާނާއި ރާއްޖެ އާއި ދެ ޤައުމުގެ ދެމެދުގައި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ފެންނާނެ: ރައީސް ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ކުރިއަށް އޮތްތަނުގައި ސާފުވެ، ފެނިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ގެނެސްފައިވާ ބަދަލަށް ބައެއް ވިޔަފާރިވެރިންނާއި، ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ދެކޮޅު ހަދައި ފާޑުކިޔަމުންނެވެ. މިހެން މިކަން ހިނގާފައި ވަނިކޮށް، ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ފޯނުތައް ނުބެލޭނެ: ހައި ކޯޓް އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ފޯނުތައް ފުލުހުންނަށް ނުބެލޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ. އުމުރުން 14 އަހަރުގެ ކުއްޖަކަށް ތުހުމަތު ކުރެވޭ ކުށްތަކަކާ ގުޅިގެން އެ ކުއްޖާގެ ފޯނު ހިފެހެއްޓުމަށާއި ފޯނު ހުޅުވުމުގެ އަމުރެއް ނެރެދިނުމަށް އެދުމުން ޖުވެނައިލް ކޯޓުން ނިންމާފައި އޮތީ އެ ކުއްޖާއަށް 15 އަހަރު ނުވާތީ އެ ކުއްޖާގެ މައްޗަށް އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިދިޔަ ހަފުތާގައި ހައި ކޯޓުން […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ މަންޑޭގެ އެޕާޓްމެންޓާއި މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓައިފި ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ގިނަ ބަޔަކަށް ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ)މުދާތަކާއި ޕެންޓްހައުސް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި އެވެ. ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކާ ގުޅިގެން ނޮވެމްބަރު, 2023 އިން ފެށިގެން އޭނާގެ ޕެންޓްހައުސްއާއި އެ ތަނުގައި ހުރި އަގު ބޮޑު މުދާތައް ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް އޮތީ ގެނެސްފަ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ ''ފުދިއްޖޭ،ފުނޑިއްޖޭ'' ބުނާއިރު ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށްފައި: ސައީދު އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ”ފުދިއްޖޭ،ފުނޑިއްޖޭ” ބުނެ ވާހަކަދައްކާއިރު، ފަސް އަހަރުގެ ދައުރު ނިންމައި ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށް ލޯނުނަގާފައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރޭ ބައެއް ޓީވީ ޗެނަލް ތަކުން ލައިވްކުރި “ހަފްތާ52″ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެ ސަރުކާރުގައި އިސްކަންދަރު ސްކޫލް، މަޖީދިއްޔާ ސްކޫލްފަދަ ސްކޫލްތައް ހުރި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން