މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
 ޔާހޫ މެއިލްއަށް އޭއައިގެ ފީޗާތަކާއެކު އައު ބަދަލުތަކެއް

 ޔާހޫ މެއިލްއަށް އޭއައިގެ ފީޗާތަކާއެކު އައު ބަދަލުތަކެއް

މަޝްހޫރު އީމެއިލް ޕްލެޓްފޯމް ޔަހޫ މެއިލްއަށް އޭއައިގެ ފީޗާތަކާއެކު އައު ބަދަލުތަކެއް ގެނެސްފިއެވެ. މިދިޔަ ހަފްތާގައި ޔަހޫ ކުންފުނިން ވަނީ އެ ކުންފުނީގެ މެއިލް އެޕްލިކޭޝަން އަލުން ފަރުމާކުރަމުންދާ ކަމަށް އިއުލާނުކޮށްފައެވެ. މި އައު ބަދަލުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަށް އިސްކަމެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އައު އެޕްލިކޭޝަނުގައި މެސެޖުތައް ޚުލާސާކޮށްދިނުމާއި، އީމެއިލް ލިޔުމުގައި އެހީތެރިވެދިނުމާއި، އަދި އީމެއިލްތައް ތަރުތީބުކޮށް ބައިބައިކޮށްދިނުން ފަދަ އައު ޚިދުމަ...

އަޙްމަދު ދާއޫދު
މުލިއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒަކަށް ބަދަލުކުރަން ރައީސް ނިންމަވައިފި

މުލިއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒަކަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ރިޔާސީ ގަނޑުވަރު، މުލިއާގޭ ވެހިކަލް ގަރާޖުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތާއި ގޯތި ”ޒުވާނުންގެ ތާޑް ސްޕޭސް” އެއް ނުވަތަ ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ލިލީމަގުގައި ހުންނަ، މުލިޔާގެ މި ގަރާޖު “ޒުވާނުންގެ ތަރޑް ސްޕޭސް” ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެއެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ރައީސް ނިންމެވީ، އާދީއްތަ ދުވަ...

ޔުމްނާ ޢަލީ
ދިއްލީގެ ވައި ތަޣައްޔަރުވުމުން ސްކޫލްތައް ބަންދުކޮށްފި

ދިއްލީގެ ވައި ތަޣައްޔަރުވުމުން ސްކޫލްތައް ބަންދުކޮށްފި

އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ރެކޯޑް މިންވަރަކަށް ވައި ތަޣައްޔަރުވުމުގެ ސަބަބުން އެ ސިޓީގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށް މިކަމާ ގުޅިގެން ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. އިންޑިޔާގެ ތަޣައްޔަރުވުން ކޮންޓްރޯލްކުރާ އޮތޯރިޓީން ބުނާ ގޮތުގައި ވެރިރަށުގެ 24 ގަޑިއިރުގެ ވައި ތަޣައްޔަރުވުމުގެ މިންގަނޑު (އޭކިއުއައި) ވަނީ 484 ގައެވެ. މިއީ “ސިވިއަރ ޕްލަރ ޕްލަސް” ކަމަށް ބެލެވޭ އަދި މިއަހަރުގެ އެންމެ މަތީ މިންވަރެވެ. މޫސުމުގެ ހާލަތު ގޯސްވެ، ވައިގެ ބާރު ކުޑަވުމާ ގުޅިގެން އޮތޯރިޓީތަކުން […]

އަޙްމަދު ދާއޫދު
އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ތާރީޚީ މަޒާރެއް ވައްޓާލައިފި

އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ތާރީޚީ މަޒާރެއް ވައްޓާލައިފި

އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ތާރީޚީ މަޒާރެއް (ޒިޔާރަތެއް) ވައްޓާލައިފިއެވެ. ލުބުނާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ހުކުރު ވިލޭރޭ ލުބުނާނުގެ ދެކުނުގައިވާ ޗަމާއާ ރަށަށް ވަދެ، އެތަނުގައިވާ ތާރީޚީ ދީނީ މަޒާރެއް ވަނީ ބިމާ ހަމަކޮށްލާފައެވެ. މި ޙަމަލާ ދީފައިވަނީ އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނަށް ވަދެ، އެތަނުގައި ހިންގަމުންދާ ހަނގުރާމަވެރި ޙަރަކާތްތަކުގެ ތެރެއިންނެވެ. ޗަމާއާ ރަށަކީ ލުބުނާނާއި އިސްރާއީލާ ދެމެދުގައިވާ ސަރަޙައްދީ ބޯޑަރު ކައިރީގ...

އަޙްމަދު ދާއޫދު
ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެދާނެކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އދާރާއިން މިއަދު ބުނެފައިވަނީ، މި މޫސުމީ ބަދަލު އަންނަނީ ހުޅަނގު މޫސުމުގެ ފެށުމާ ދިމާކޮށް، މި ސަރަޙައްދުގައި އުފެދިފައިވާ ދަށް ޕްރެޝަރގެ ސަރކިއުލޭޝަނަކާ ގުޅިގެންކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހިފައިވެއެވެ. މިގޮތުން އެންމެ ގިނައިން ވާރޭވެހުނު ކަމަށް...

އިބްރާހިމް އަސްވާޤް
ޕާޓީ ބަދަލުކުރާ މެމްބަރުން އިސްތިއުފާދޭންޖެހޭ މާއްދާ ބާތިލްކުރަން ހައި ކޯޓަށް

ޕާޓީ ބަދަލުކުރާ މެމްބަރުން އިސްތިއުފާދޭންޖެހޭ މާއްދާ ބާތިލްކުރަން ހައި ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާ އުވާލަން ހައި ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ. އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ވަކި ސިޔާސީ […]

ހުސައިން ހަބީބް
އިމާމު ފާތިހާ ސޫރަތް ކިޔުމަށްފަހު ސޫރަތްފެށުމާ ދެމެދު، މައުމޫމުން ފާތިހާ ސޫރަތް ކިޔަން ޖެހޭނެ ތޯ؟

އިމާމު ފާތިހާ ސޫރަތް ކިޔުމަށްފަހު ސޫރަތްފެށުމާ ދެމެދު، މައުމޫމުން ފާތިހާ ސޫރަތް ކިޔަން ޖެހޭނެ ތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد: ޚުލާޞާ ޖަވާބު: އިމާމު މީހާ ފާތިހާ ސޫރަތް ކިޔާއި ނިމުމަށްފަހު އަނެއް ސޫރަތް ފެށުމާ ދެމެދު މައުމޫމު މީހާ ފާތިހާ ސޫރަތް ކިޔެވުމަކީ އެންމެ ރަނގަޅު ގޮތެކެވެ. އަދި ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ވެސް ފާތިޙާ ސޫރަތް ކިޔެވުމަކީ ވާޖިބެއް ކަމުގައި ވާތީ، ކޮންމެހެން ވެސް މި ސޫރަތް ކިޔަވަން ވާނެއެވެ. […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ގައުމީ ޓީމުގައި ވެސް ހާލަންޑް ނުހުއްޓުވޭ

ގައުމީ ޓީމުގައި ވެސް ހާލަންޑް ނުހުއްޓުވޭ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ނޯވޭއާއި ކަޒަކިސްތާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. ނޯވޭގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ނޯވޭ ވަނީ ލީގުގެ އޭ ކެޓަގަރީ އަށް ކޮލިފައިވެފައެވެ. ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއިއެކު ލީގު ބީގެ ގްރޫޕް ތިނެއްގެ އެއްވަނަ އެ ޓީމަށް ލިބިފައިވާއިރު ދެވަނާގައި އޮތީ އޮސްޓްރިއާއެވެ. އެ ޓީމަށް […]

އިބްރާހިމް ޚަލީލް
އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް

އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް

އިންޑިއާއިން ރާއްޖެއައް ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރ މުނޫ މަހާވަރު ރަސްމީ ދަތުރުފުޅެއްގައި ހަނިމާދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ހާލަތު ބައްލަވާލެއްވުމަށް ކޮމިޝަނަރ ހަނިމާދޫއަށް ވަޑައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ ވަނީ ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ...

އިބްރާހިމް ޚަލީލް
އެންމެ ފަހުން ގްރޫޕްގެ އެއްވަނަ ފްރާންސަށް

އެންމެ ފަހުން ގްރޫޕްގެ އެއްވަނަ ފްރާންސަށް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދެއެއްގައި ރޭ ފްރާންސާއި އިޓަލީ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ފްރާންސް ކާމިޔާބު ކުރުމާއިއެކު ގްރޫޕްގެ އެއްވަނަ ފްރާންސަށް ލިބިއްޖެއެވެ. މި ގްރޫޕްގެ ފަހު މެޗަށް ރޭ މި ދެ ޓީމް ނުކުތްއިރު، ދެ ޓީމަށް ވެސް އޮތީ ކުއާޓާގެ ޖާގައެއް ކަށަވަރުވެފައެވެ. ނަމަވެސް މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ރޭ މެޗާއި ހަމައަށް އިޓަލީ އޮތްއިރު އެއް ލަނޑުގެ ތަފާތަކުން ބަލިވެގެން އެ ޓީމަށް އެއްވަނަ ޖާގަ […]

އިބްރާހިމް ޚަލީލް
ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިއްޖެ

ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިއްޖެ

ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ސައިންސްވެރިންނަށް ފެނިއްޖެއެވެ. މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިފައިވަނީ ސޮލަމަން ޖަޒީރާތަކުން ކަމަށް ސައިންޓިސްޓުން ވަނީ ހާމަކޮށްފައެވެ. މި މުރަކައިގެ ސަބަބުން ދުނިޔޭގެ ސަމާލުކަން އެ ސަރަހައްދަށް އަމާޒުވެފައިވާއިރު، މިއީ ތިމާވެށީގެ ގޮތުން ވެސް ވަރަށް މުހިންމު ހޯދުމެއް ކަމަށް ބެލެވެއެވެ. ނޭޝަނަލް ޖިއޮގްރެފިކްގެ “ޕްރިސްޓިން ސީސް” އެކްސްޕެޑިޝަންގެ ތެރެއިން އޮކްޓޯބަރ މަހު ފެނުނު މި މުރަކައިގެ ފުޅާމިނުގައި 111 ފޫޓު ހުރި...

އަޙްމަދު ދާއޫދު
''މީޑިއާ ކޮމިޝަންގެ ބިލަށް ޕީއެންސީން ވޯޓެއް ނުދޭނެ، ބިލު މަޖިލީހުން ބޭރުކުރާނެ''

''މީޑިއާ ކޮމިޝަންގެ ބިލަށް ޕީއެންސީން ވޯޓެއް ނުދޭނެ، ބިލު މަޖިލީހުން ބޭރުކުރާނެ''

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުން ވޯޓު ނުދެއްވާނެކަމަށާއި، އެ ބިލު މަޖިލީހުން ”ބޭރުކުރަށްވާނެ” ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް “ހަފުތާ 52- ރައްޔިތުންނާއެކު ކުރ...

ޔުމްނާ ޢަލީ
ޖަޕާނުގެ ކޮޝިމާއަށް 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ ކޮޝިމާއަށް 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ ކޮޝިމާ ސަރަހައްދަށް މިއަދު (އާދީއްތަ ދުވަހު) ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ އިން ބުނެފިއެވެ. މި ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެރޭ ރާއްޖޭގަޑިން 9:16 ގައި ކަމަށާއި، ބިންހެލުމުގެ މަރުކަޒު ހުރީ ބިމުގެ އަޑިން 70.6 ކިލޯމީޓަރުގެ ފުންމިނުގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ. އިބްތިދާއީ ހޯދުންތަކުން ދައްކާ ގޮތުގައި، މި ބިންހެލުން އެންމެ […]

އަޙްމަދު ދާއޫދު
''އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން ވަގުތު ފާއިތުނުވަނީސް ދިނުން''

''އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން ވަގުތު ފާއިތުނުވަނީސް ދިނުން''

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން ވަގުތު ފާއިތުނުވަނީސް ދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް “ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް” ނަމުގައި ރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުން ބޭނުންވާ ނަތީޖާތައް ނެރުމަށް ދަތިތަކެއް ހުރިކަމުގައިވިޔަސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ކަންތައްތަކެއ...

ޔުމްނާ ޢަލީ
ސެނެގާލްގެ ޕާލިމެންޓަރީ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ

ސެނެގާލްގެ ޕާލިމެންޓަރީ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ

ސެނެގާލްގެ ޕާލިމެންޓަރީ އިންތިޚާބުގެ ވޯޓުލުން މިއަދު ފެށިއްޖެއެވެ. މި އިންތިޚާބަކީ ރައީސް ބަސިރޫ ދިއޮމޭ ފައޭ ވެރިކަމަށް އައުމަށްފަހު ބޭއްވޭ ފުރަތަމަ ޕާލިމެންޓަރީ އިންތިޚާބެވެ. ސެނެގާލްގެ 17 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 7 މިލިއަނަށްވުރެ ގިނަ މީހުންނަށް މިއަދު ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މި އިންތިޚާބުގައި 165 ގޮނޑީގެ ނެޝަނަލް އެސެމްބްލީއަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ. މިއިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވޭނީ ހޯމަދުވަހުގެ ރޭ ކަމަށް ބެލެވެއެވެ. ރައީސް ފައޭ ވަނީ މާޗް މަހު [...

އަޙްމަދު ދާއޫދު