މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޗެމްޕިއަން އިންޓަ ސިއްސުވާލުމަށްފަހު، މިލާން ޑާބީގައި އޭސީ މިލާނުން ބާރު ދައްކާލައިފި

ޗެމްޕިއަން އިންޓަ ސިއްސުވާލުމަށްފަހު، މިލާން ޑާބީގައި އޭސީ މިލާނުން ބާރު ދައްކާލައިފި

އިޓާލިއަން ސެރީ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާން 3-1 ގެ ނަތީޖާއަކުން ބަލިކޮށް، އޭސީ މިލާނުން މި ސީޒަނުގައި އިންޓަގެ ފުރަތަމަ ބަލިވުން ރަޖިސްޓްރީ ކުރުވައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މިލާން ޑާބީ މެޗުގައި މިލާނުން ކުރިހޯދިއިރު، އެ ޓީމާ އެކު އައު އެއްބަސްވުމެއްގައި ސޮއިކުރި ކްރިސްޓިއަން ޕުލިސިޗް ވަނީ މެޗު ފެށިގެން ހަތަރު މިނެޓު ނުވަނީސް ލަނޑު ޖަހައި ޓީމަށް ކުރިމަގު އަލިކޮށްދީފައެވެ. […]

އަޙްމަދު ވަހީދު
ސިޓީގެ ދަނޑުގައި ބްރައިޓަން އިން ހޯދި ތާރީޚީ މޮޅާއެކު، ލީގުގެ ފޯރިގަދަވެއްޖެ

ސިޓީގެ ދަނޑުގައި ބްރައިޓަން އިން ހޯދި ތާރީޚީ މޮޅާއެކު، ލީގުގެ ފޯރިގަދަވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ބްރައިޓަން އިން ހޮނިހިރު ދުވަހު ހައިރާންކުރަނިވި މޮޅެއް ހޯދައިފިއެވެ. މިއީ ލީގުގައި ސިޓީ ވިދިވިދިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާ ދެމެދު އޮތް ފަރަގު ބްރައިޓަން އިން ވަނީ ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ބްރައިޓަން އިން ސިޓީގެ ދަނޑުގައި މޮޅެއް ހޯދުމަށް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް މި ގެނައީ އެ […]

އަޙްމަދު ވަހީދު
ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ށ. ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ލަކުޑި ކުނިބުނި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުން އެދިއްޖެއެވެ.   މާއުނގޫދޫ ކައުންސިލުން ބުނީ މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެންގުމެއް ނެރެފައިވަނީ، ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ޒާތުގެ ލަކުޑިއާއި ކުނިބުނި އޮޔާދާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ވަނީ، އެ ސަރަހައްދުން ދަތު

ޔުމްނާ ޢަލީ
ހަނގުރާމައިގެ މައިދާނުން ވެރިކަމަށް، ފިލިޕީންސްގެ މުސްލިމް ސަރަހައްދުގެ ޗީފް މިނިސްޓަރަކަށް މަކަކުއާ

ހަނގުރާމައިގެ މައިދާނުން ވެރިކަމަށް، ފިލިޕީންސްގެ މުސްލިމް ސަރަހައްދުގެ ޗީފް މިނިސްޓަރަކަށް މަކަކުއާ

ފިލިޕީންސްގެ ދެކުނުގައި އޮންނަ މުސްލިމް މިންޑަނާއޯގެ ބަންގްސަމޯރޯ އޮޓޮނޮމަސް ރީޖަން (ބާމް) ގެ އިންތިޚާބީ ފުރަތަމަ ސަރުކާރުގެ ޗީފް މިނިސްޓަރަކަށް، ކުރީގެ ހަނގުރާމަވެރި ކޮމާންޑަރު އަބްދުއްރައޫފް “ސެމީ ގެމްބާ” މަކަކުއާ ތާރީޚީ ވޯޓަކުން އިންތިޚާބުކޮށްފިއެވެ. ކޮޓަބާޓޯ ސިޓީގައި 30 އޮކްޓޫބަރު 2026 ގައި ކުރިއަށްދިޔަ މި ވޯޓުގައި އޭނާ މި މަގާމު ކާމިޔާބު ކުރެއްވީ އެތައް އަހަރެއްގެ ދިގު ހަމަނުޖެހުންތަކަކަށް ފަހުގައެވެ. ޖުމްލަ 80 ގޮނޑި ހިމެނޭ ބަންގްސަމޯރޯ ޕާލިމަންޓުގައި ނެގި މި ވޯޓުގައި، މަކަކުއާ ވަނީ […]

ނާޒިމާ އަލީ 1 މިނިޓު
ޖެނުއަރީން ފެށިގެން މަތީ އާމްދަނީ ލިބޭ މީހުން ކްލިނިކްތަކުން އާސަންދަ ބޭނުންކުރާއިރު 15 ޕަސެންޓް ދައްކަންޖެހޭނެ

ޖެނުއަރީން ފެށިގެން މަތީ އާމްދަނީ ލިބޭ މީހުން ކްލިނިކްތަކުން އާސަންދަ ބޭނުންކުރާއިރު 15 ޕަސެންޓް ދައްކަންޖެހޭނެ

މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ދިވެހިން، އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނުން އާސަންދަ މެދުވެރިކޮށް ހިދުމަތް ހޯދާއިރު 15 ޕަސެންޓުގެ ކޯ-ޕޭމަންޓެއް ދައްކަންޖެހޭ ގޮތަށް ނިންމައިފިއެވެ. މި އުސޫލަށް އަމަލުކުރަން ފަށަން ކަނޑައަޅާފައިވަނީ 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ. މިކަން ހާމަކޮށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ނެރުނު އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ހިނގަމުންދާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އެހެނިހެން ޕްރ

ޔުމްނާ ޢަލީ
އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށް ކުއްލި ކުރިއެރުމެއް، ޖާމިނުވަނީ ރަޝިއާ އާއި ޗައިނާ

އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށް ކުއްލި ކުރިއެރުމެއް، ޖާމިނުވަނީ ރަޝިއާ އާއި ޗައިނާ

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބި، ދެ ފަރާތުގެ ދެމެދުގައި އިބްތިދާއީ ފިޔަވަޅުތަކަކަށް އެއްބަސްވެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޤަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރި މި މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން ކަށަވަރުކުރުމުގެ ބައިނަލްއަޤްވާމީ ޖާމިނުދާރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗައިނާއާއި ރަޝިއާއެވެ. ލަންޑަނުގައި ހިންގާ، ޤަތަރުގެ “އަލްޢަރަބީ އަލްޖަދީދު” އިން އެންމެ ފުރަތަމަ ރިޕޯޓްކުރި ގޮތުގައި، މި އިބްތިދާއީ އެއްބަސްވުމަކަށް އާދ

ނާޒިމާ އަލީ 3 މިނިޓު
މާލޭގެ ފަހާތަނެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ފަހާތަނެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ފަހާތަނެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މާލޭގެ ފަހާތަނެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތުހުމަތު ކުރެވެނީ ބިދޭސީ ފިރިހެނަކަށް ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ މީހާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންނެވެ. ފުލުހުން އިތުރަށް ބުނީ، މި މައްސަލަ އެ އިދާރާއިން އިތުރަށް ތަހުގީގު

ޔުމްނާ ޢަލީ
އީރާނުގެ ހަމަލާތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް 15 ބިލިއަން ޑޮލަރުގެ ގެއްލުމެއް

އީރާނުގެ ހަމަލާތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް 15 ބިލިއަން ޑޮލަރުގެ ގެއްލުމެއް

އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ސީދާ ގޮތެއްގައި ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރުގެ މާއްދީ ގެއްލުން ލިބިފައިވާ ކަމަށް ޕެންޓަގަންގެ އަންދާޒާތަކާ ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ. އަދި ހަލާކުވި ހާޑްވެއާ އާއި އޮޕަރޭޝަނަލް ގެއްލުންތައް ހިމެނުމުން މި އަދަދު 15 ބިލިއަން ޑޮލަރާ ހަމައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޕެންޓަގަންގެ އެސެސްމެންޓްތަކާ ހަވާލާދީ ނޫހުގައި ބަޔާންކޮށްފައިވާ ގޮތ

ނާޒިމާ އަލީ 4 މިނިޓު
އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރި ދެ ގޮނޑިވެސް ވެރިކަންކުރާ ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރި ދެ ގޮނޑިވެސް ވެރިކަންކުރާ ޕީއެންސީއަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ދެ އިންތިޚާބު ވެސް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިއަދު ކުރިއަށްދިޔަ ވޯޓުލުމުގައި އެ ޕާޓީން ކާމިޔާބުކޮށްފައިވަނީ ރަށު ކައުންސިލަރުންގެ ތެރެއިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އައްޔަންކުރާ ދެ މެންބަރުންގެ މަޤާމެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ރަށު ކައުންސިލުތަކުގެ ރައީސުންގެ ތެރެއިން އެ

ޔުމްނާ ޢަލީ
ޣައްޒާގެ ކުދިން މަދަރުސާއަށް ދަނީ ފުރާނަ އަތްމައްޗަށް ލައިގެން، ސްކޫލް އެސެމްބްލީއަށާއި ކިޔަވާ ކުދިންނަށް އިސްރާއީލްގެ ބަޑީގެ ހަމަލާ

ޣައްޒާގެ ކުދިން މަދަރުސާއަށް ދަނީ ފުރާނަ އަތްމައްޗަށް ލައިގެން، ސްކޫލް އެސެމްބްލީއަށާއި ކިޔަވާ ކުދިންނަށް އިސްރާއީލްގެ ބަޑީގެ ހަމަލާ

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ފަލަސްތީނުގެ ޣައްޒާގައި އަލުން މަދަރުސާތައް ހުޅުވައި ކިޔަވައިދޭން ފެށި ނަމަވެސް، އެ ކުދިންނަށް ޖެހިފައިވަނީ ފުރާނަ އަތްމައްޗަށް ލައިގެން މަދަރުސާތަކަށް ދާށެވެ. މަގުމަތިންނާއި، ވަގުތީ ކްލާސްރޫމްތަކާއި، ސްކޫލް އެސެމްބްލީތަކުގައި ތިބޭ ވަގުތުތަކުގައި ވެސް އިސްރާއީލުގެ ސްނައިޕަރުންނާއި ވައިގެ ހަމަލާތަކުގެ ޝިކާރައަކަށް ކުޑަކުދިން ދަނީ ވަމުންނެވެ. މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ޖަބަލިޔާގައި ހުންނަ މުރާދިއްޔާ ސްކޫލުގައި ހެނދުނު ގާތްގަނޑަކަށް 10:30 ހާއިރު ބޭއްވ

ނާޒިމާ އަލީ 1 މިނިޓު
ދުވާލަކު 41،000 މީހުން، އުފެއްދުންތެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް

ދުވާލަކު 41،000 މީހުން، އުފެއްދުންތެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް

  ދުވާލަކު 41،000 މީހުން: އުފެއްދުންތެރިކަމުގެ އެކްސްޕޯއަށް ޒިޔާރަތްކުރި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށާއި މޯލްޑިވްސް އެކްސްޕޯއަށް މިހާތަނަށް ޒިޔާރަތްކުރި މީހުންގެ ޖުމްލަ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ސަޢީދު ހާމަކުރެއްވި ގޮތުގައި، މި މަޢުރަޒާއި އެކްސްޕޯއަށް މިހާތަނަށް ޖުމްލަ 205،000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ އެވްރެޖުކޮށް ބަލާނަމަ ދުވާލަކަށް 41،000

ޔުމްނާ ޢަލީ
ހަމަލާއެއް ދީފިނަމަ ހައްދެއް ނެތް ވަރުގަދަ ރައްދެއް ދިނުމަށް އީރާނުގެ އިސްލީޑަރުގެ އަމުރެއް

ހަމަލާއެއް ދީފިނަމަ ހައްދެއް ނެތް ވަރުގަދަ ރައްދެއް ދިނުމަށް އީރާނުގެ އިސްލީޑަރުގެ އަމުރެއް

ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް، ޖޯގްރަފީގެ އެއްވެސް ހައްދެއް ނެތި އަދި ލަސްކުރުމެއްނެތި ވަރުގަދަ ރައްދެއް ދިނުމަށާއި، އެމެރިކާއާއި އިސްރާއީލުގެ އަމާޒުތައް އީރާނުގެ ހަމަލާތައް ފޯރާ ހިސާބަށް ގެނައުމަށް އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ އެ ޤައުމުގެ އަސްކަރިއްޔާއަށް އަމުރުކުރައްވައިފިއެވެ. މި އަމުރުތައް ނެރުއްވާފައިވަނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާއި އީރާނުގެ ހަތިޔާރުއެޅި ސިފައިންގެ އިސް ކޮމާންޑަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެ

ނާޒިމާ އަލީ
ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި

ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި

ށ. ކޮމަންޑޫ ކައުންސިލުން ކުރިއަށް ގެންދާ އެ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ 2026ގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފިއެވެ. މި މުބާރާތުގެ ތަށި ކޮމަންޑޫ ހެލްތް ސެންޓަރު އުފުލައިލީ ފައިނަލްގައި އެރަށު ސްޓެލްކޯ ބްރާންޗާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި ފައިނަލް މެޗުގެ ދެ ސެޓް ވެސް ކޮމަންޑޫ ހެލްތް ސެންޓަރު ގެންދިޔައީ 21-15 އިން ނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަރަޕް ޓީމަށް ކޮމަންޑޫ ކައުންސިލްގެ ފައިސާގެ އިނާމާއި، […]

ޔުމްނާ ޢަލީ
ހަކީމީގެ ހެޓްރިކާއެކު ޕީއެސްޖީން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި

ހަކީމީގެ ހެޓްރިކާއެކު ޕީއެސްޖީން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކަނާތު ބެކް އަޝްރަފް ހަކީމީ ހެދި ހެޓްރިކާއި ދިން ދެ އެސިސްޓާއެކު، ހުކުރު ދުވަހު ލެ ހާވްރާއާ ވާދަކޮށް 5-1 ގެ ނަތީޖާއަކުން މޮޅުވެ، ފްރެންޗް ލީގު 1 ގެ ތާވަލުގެ އެއްވަނައިގައި އެ ޓީމުން ލީޑު ފުޅާކޮށްފިއެވެ. މިއީ ލީގުގައި ޕީއެސްޖީން ޖެހިޖެހިގެން ހޯދި ހަވަނަ މޮޅު ކަމަށްވާއިރު، ހުރިހާ މުބާރާތެއް ހިމެނޭހެން އެ ޓީމުން މޮޅުވި ނުވަވަނަ މެޗެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޖޯޝް މަޖާ […]

އަޙްމަދު ވަހީދު
ފުލުހުން ނެރެ ކޯޓުތައް ހިފަނީ؟ ޕޯލެންޑުގެ ސަރުކާރާއި ޝަރުއީ ދާއިރާގެ ވަރުގަދަ ކުރިމަތިލުމެއް

ފުލުހުން ނެރެ ކޯޓުތައް ހިފަނީ؟ ޕޯލެންޑުގެ ސަރުކާރާއި ޝަރުއީ ދާއިރާގެ ވަރުގަދަ ކުރިމަތިލުމެއް

ޕޯލެންޑުގެ ސަރުކާރާއި އެ ގައުމުގެ ޝަރުއީ ދާއިރާއާ ދެމެދު ބޮޑު ކޯޅުމެއް އުފެދި، ވެރިރަށް ވޯސޯގައި ހުންނަ ކޮންސްޓިޓިއުޝަނަލް ޓްރައިބިއުނަލްގެ ކޮންޓްރޯލް ހޯދުމަށް ފުލުހުން ނެރެ، ކޯޓުގެ އިސްވެރިން މަގާމުން އެކަހެރިކުރުމާ ގުޅިގެން ސިޔާސީ ގޮތުންނާއި މުއައްސަސާތަކުގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ފެށިއްޖެއެވެ. މި މައްސަލައިގެ ސަބަބުން ގައުމުގެ ގާނޫނުއަސާސީއާ ގުޅޭ ބޮޑު ކާރިސާއެއް މިހާރު ވަނީ އުފެދިފައެވެ. ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް އިސްވެ ހުންނަވާ ވެރިކަންކުރާ އިއްތިހާދުން ވަނީ އެ ގައުމުގެ ކޮންސްޓިޓި

ނާޒިމާ އަލީ 3 މިނިޓު