ކުޅިވަރު ދެ ބައްޔަށްފަހު ބާސެލޯނާ އަލުން ފޯމަށް، އަލަވޭސް ކޮޅަށް ހަ ލަނޑު ޖަހައި ބޮޑު މޮޅެއް ވޭތުވެދިޔަ ހަފުތާގައި ޖެހިޖެހިގެން ވީ ދެ ބައްޔަށްފަހު، ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗު 1-6 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ބާސެލޯނާއިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ. ކޭމްޕް ނޯގައި ކުޅުނު މި މެޗުގައި ރަފީނިއާ އަދި ޒުވާން ވިންގަރު ލަމީން ޔަމާލް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފައެވެ. ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވެ، އަދި މިދިޔަ ހަފުތާ ބަންދުގައި […] އަޙްމަދު ވަހީދު · 3 ދުވަސް ކުރިން
ބައިނަލްއަގުވާމީ އިނގިރޭސި ސިފައިން ނިރުބަވެރި ލިސްޓަށް ލައި، ޖާސޫސީ އިދާރާ އީރާނުން ބްލެކްލިސްޓް ކޮށްފި އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީ (ކަނޑުގެ ސިފައިން) އާއި ރޯޔަލް އެއާފޯސް (ވައިގެ ސިފައިން) އަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް އީރާނުން ރަސްމީކޮށް ކަނޑައަޅައި، އިނގިރޭސި ޖާސޫސީ އިދާރާ އެމްއައި6 އަކީ “ދުޝްމަން ގްރޫޕެއް” ގެ ގޮތުގައި ބްލެކްލިސްޓް ކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން މި ނިންމުން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ ކަމަށްވާ އިރްނާ (އިރްނާ) މެދުވެރިކޮށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ފިޔަވަޅަކީ އިނގިރޭސިވި... ނާޒިމާ އަލީ · 3 ދުވަސް ކުރިން
ޚަބަރު މޭޔަރު ސައުދުގެ ޝަރީއަތް: ވަކީލަކު ހޯދަން ފަހު ފުރުސަތު ދީފި ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަންކުރަން އެންމެ ފަހުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ […] ހުސައިން ހަބީބް · 3 ދުވަސް ކުރިން · 2 މިނިޓު
ޚަބަރު އެމްޑީޕީގެ މިސްރާބު ބަދަލުވެ 'ޓަކާ ޓަކާ' މަގަށް ނުދިއުމަށް ނަޝީދު ގޮވާލައްވައިފި އެމްޑީޕީގެ މިސްރާބު ބަދަލުވެ، އެ ޕާޓީން މީގެ ކުރިން ބުނަމުން އައި 'ޓަކާ ޓަކާ' މަގަށް އެނބުރި ނުދިއުމަށާއި، އަމިއްލަ ނަފްސު ފަނާކުރަނިވި މިސްރާބެއް ހިޔާރު ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. އަލީ އާދިލް · 3 ދުވަސް ކުރިން · 3 މިނިޓު
ރާއްޖެ ފޯޅަވަހި މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރިޔާސީ ކޮމިޝަނެއް ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިއަދު ޚާއްޞަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނުގެ ނަމަކީ “އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަ... ޔުމްނާ ޢަލީ · 3 ދުވަސް ކުރިން
ޚަބަރު އޯޓީޕީ ހޯދައިގެން އެކައުންޓަކުން ބޮޑު އަދަދެއްގެ ފައިސާ ފޭރުނު ހަތަރު މީހަކު ހައްޔަރުކޮށްފި ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި، އޭނާގެ އޯޓީޕީ ކޯޑު ހޯދުމަށްފަހު އެ ކޯޑު ބޭނުންކޮށްގެން ބޭންކު އެކްސެސް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިގޮތަށް މަކަރާއި ހީލަތުން އެކައުންޓަށް ވަދެ، އެ އެކައުންޓުން […] ޔުމްނާ ޢަލީ · 3 ދުވަސް ކުރިން · 1 މިނިޓު
ރާއްޖެ ދައުލަތުގެ އާމްދަނީ 33 ބިލިއަނަށް، ސަބްސިޑީއަށް ކުރި ހޭދަ 58 ޕަސެންޓް މައްޗަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި […] ޔުމްނާ ޢަލީ · 3 ދުވަސް ކުރިން
ރާއްޖެ ހުޅުމާލެ މެރިނޭޓް ކެފޭގައި ގޭސްފުޅިއެއް ރޯވެ ހިނގި ހާދިސާގައި 4 މީހަކު ހޮސްޕިޓަލަށް ހުޅުމާލެ ފޭސް 1 ގައި ހުންނަ މެރިނޭޓް ކެފޭގައި ގޭސްފުޅިއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މެރިނޭޓް ކެފޭގައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކެފޭގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން […... ޔުމްނާ ޢަލީ · 3 ދުވަސް ކުރިން
ދިރިއުޅުން ވަށަފަރުގައި ބާއްވާ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި ހއ. ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އަތޮޅުގެ ދިގުފެތުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި މުބާރާތަކީ ހއ. އަތޮޅަށް ޚާއްސަކޮށްގެން މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކޮށް، ވަށަފަރު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވަށަފަރު ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު 5 ނޮވެމްބަރުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަ ޔުމްނާ ޢަލީ · 3 ދުވަސް ކުރިން · 2 މިނިޓު
ތިލަދުންމަތީ ޚަބަރު އެލްޖީއޭގެ ބޯޑު އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ޕީއެންސީގެ ލީޑާޝިޕަށް ރައީސްގެ ތައުރީފު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ދެ އިންތިޚާބު ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އަލީ އާދިލް · 3 ދުވަސް ކުރިން · 4 މިނިޓު
ޚަބަރު ހަމަލާދޭން އޮތީ މަދު ގަޑިއިރެއްކަމަށް ބުނުމުން އީރާނުގެ ރައްދު: 'ތަސައްވުރު ވެސް ނުކުރެވޭ ވަރުގެ ރައްދެއް ދޭނަން' އީރާނާ ދެކޮޅަށް ގުޅިގެން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އެމެރިކާއާއި އިސްރާއީލުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިންމައި، އެ ސަރަހައްދުގައި ތިބި ފައުޖުތައް އެންމެ މަތީ ދަރަޖައިގެ އެލާޓަށް ގެނެސްފައިވާކަމަށް ފަހުގެ ރިޕޯޓްތައް ބުނެފިއެވެ. އަމުރެއް ލިބިއްޖެ ހިނދެއްގައި ގުނާލެވޭ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަނގުރާމައިގެ މައިދާނަށް ނުކުތުމަށް މި ދެ ގައުމުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މިއާއިއެކު އިސްރާއީލާއި އެމެރިކާ ގުޅިގެން އަލުން ހަމަލާއެއް ދީފިނަމަ، “ތަ ނާޒިމާ އަލީ · 3 ދުވަސް ކުރިން · 3 މިނިޓު
ކުޅިވަރު ޗެމްޕިއަން އިންޓަ ސިއްސުވާލުމަށްފަހު، މިލާން ޑާބީގައި އޭސީ މިލާނުން ބާރު ދައްކާލައިފި އިޓާލިއަން ސެރީ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާން 3-1 ގެ ނަތީޖާއަކުން ބަލިކޮށް، އޭސީ މިލާނުން މި ސީޒަނުގައި އިންޓަގެ ފުރަތަމަ ބަލިވުން ރަޖިސްޓްރީ ކުރުވައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މިލާން ޑާބީ މެޗުގައި މިލާނުން ކުރިހޯދިއިރު، އެ ޓީމާ އެކު އައު އެއްބަސްވުމެއްގައި ސޮއިކުރި ކްރިސްޓިއަން ޕުލިސިޗް ވަނީ މެޗު ފެށިގެން ހަތަރު މިނެޓު ނުވަނީސް ލަނޑު ޖަހައި ޓީމަށް ކުރިމަގު އަލިކޮށްދީފައެވެ. […] އަޙްމަދު ވަހީދު · 3 ދުވަސް ކުރިން
ކުޅިވަރު ސިޓީގެ ދަނޑުގައި ބްރައިޓަން އިން ހޯދި ތާރީޚީ މޮޅާއެކު، ލީގުގެ ފޯރިގަދަވެއްޖެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ބްރައިޓަން އިން ހޮނިހިރު ދުވަހު ހައިރާންކުރަނިވި މޮޅެއް ހޯދައިފިއެވެ. މިއީ ލީގުގައި ސިޓީ ވިދިވިދިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާ ދެމެދު އޮތް ފަރަގު ބްރައިޓަން އިން ވަނީ ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ބްރައިޓަން އިން ސިޓީގެ ދަނޑުގައި މޮޅެއް ހޯދުމަށް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް މި ގެނައީ އެ […] އަޙްމަދު ވަހީދު · 3 ދުވަސް ކުރިން
ތިލަދުންމަތީ ޚަބަރު ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ ށ. ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ލަކުޑި ކުނިބުނި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުން އެދިއްޖެއެވެ. މާއުނގޫދޫ ކައުންސިލުން ބުނީ މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެންގުމެއް ނެރެފައިވަނީ، ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ޒާތުގެ ލަކުޑިއާއި ކުނިބުނި އޮޔާދާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ވަނީ، އެ ސަރަހައްދުން ދަތު ޔުމްނާ ޢަލީ · 3 ދުވަސް ކުރިން
ހަނގުރާމަ ހަނގުރާމައިގެ މައިދާނުން ވެރިކަމަށް، ފިލިޕީންސްގެ މުސްލިމް ސަރަހައްދުގެ ޗީފް މިނިސްޓަރަކަށް މަކަކުއާ ފިލިޕީންސްގެ ދެކުނުގައި އޮންނަ މުސްލިމް މިންޑަނާއޯގެ ބަންގްސަމޯރޯ އޮޓޮނޮމަސް ރީޖަން (ބާމް) ގެ އިންތިޚާބީ ފުރަތަމަ ސަރުކާރުގެ ޗީފް މިނިސްޓަރަކަށް، ކުރީގެ ހަނގުރާމަވެރި ކޮމާންޑަރު އަބްދުއްރައޫފް “ސެމީ ގެމްބާ” މަކަކުއާ ތާރީޚީ ވޯޓަކުން އިންތިޚާބުކޮށްފިއެވެ. ކޮޓަބާޓޯ ސިޓީގައި 30 އޮކްޓޫބަރު 2026 ގައި ކުރިއަށްދިޔަ މި ވޯޓުގައި އޭނާ މި މަގާމު ކާމިޔާބު ކުރެއްވީ އެތައް އަހަރެއްގެ ދިގު ހަމަނުޖެހުންތަކަކަށް ފަހުގައެވެ. ޖުމްލަ 80 ގޮނޑި ހިމެނޭ ބަންގްސަމޯރޯ ޕާލިމަންޓުގައި ނެގި މި ވޯޓުގައި، މަކަކުއާ ވަނީ […] ނާޒިމާ އަލީ · 3 ދުވަސް ކުރިން · 1 މިނިޓު