ރާއްޖެ ރާއްޖެ-އިންޑިއާ، ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭ ގޮތް ހަދައިފި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ދީފިއެވެ. މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ. ރިޒާވް ބޭންކް އޮފް އިންޑިއާއިން ހޯމަ ދުވަހު ނެރުނު ސަރކިއުލާއެއްގައި ބުނެފައިވަނީ ދެ ގައުމުގެ މެދުގައި އިންޑިއާ ރުޕީސްއާއި ދިވެހި ރުފިޔާއިން މުއާމަލާތު ކުރެވޭނެ ގޮތް ހަދަން ނިންމައިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު […... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސެންޓަރެއް ގާއިމުކޮށްފި ދިވެހިރާއްޖޭގައި ހިނގަމުންދާ ސްކޭމް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް ”އެންޓި-ސްކޭމް ސެންޓަރު”ގެ ނަމުގައި ޚާއްޞަ ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޤާއިމުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިއީ ދިވެހިރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ނިޔަތުގައި އުފައްދާފައިވާ ސެންޓަރެކެވެ. އެހެންވެ، 17 މާރިޗް 2025 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާއިގުޅޭ އެންމެހާ ފިޔަވަޅުތައް އަޅައި، އެހެން އިދާރާތަކާއި ކުރަންޖެހޭ މ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ފަތުރުވެރިޔަކު ފުލުހުންނަށް އަނިޔާކޮށްފި އއ. ތޮއްޑޫގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އަނިޔާކޮށް އަދި ފުލުހުންގެ ވެހިކަލަށް ގެއްލުންދިން ރަޝިއާގެ ފަތުރުވެރިއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 3:00 ހާއިރު ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އއ. ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް ގޮސް އުޅުނު ރަޝިއާގެ ފިރިހެން ފަތުރުވެރިއަކު އެރަށުގެ ވަޅުމަގު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއްގެ ރިޕޯޓު ފުލުހުންނަށް ލިބ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިނގިރޭސި ރަސްގެފާނު ކެނެޑާގެ އައު ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި އިނގިރޭސިވިލާތުގެ ރަސްގެފާނު ކެނެޑާގެ އައު ބޮޑުވަޒީރާ ބައްދަލު ކުރައްވައިފިއެވެ. ޗާލްސް ރަސްގެފާނު ކެނެޑާއަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ބޮޑުވަޒީރާ ބައްދަލު ކުރެއްވިއިރު، ބަކިންގހަމް ޕެލަސްގައި ކެނެޑާގެ އައު ބޮޑުވަޒީރު މާކް ކާނީއަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. ކެނެޑާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ނުރައްކާތަކެއް ކުރިމަތިވެފައިވާއިރު، ރަސްގެފާނު ރަތް ޓައިއެއް އަޅުއްވައިގެން ކެނެޑާއަށް ތާއީދު ދެއްވާކަން ސިންބަލިކްކޮށް ދައްކުވައިދެއްވާފައިވެއެވެ. ރަސްގެފާނުގެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ ބޮޑު ތިލަދުންމަތީގެ 5 ސްކޫލެއް، 18 ރަށެއްގެ ސްކޫލްގެ މަސައްކަތައް ނިންމަން ހަވާލުކޮށްފި ބޮޑު ތިލަދުންމަތީގެ 5 ސްކޫލެއް ހިމެނޭހެން 18 ރަށެއްގެ ސްކޫލްގެ ނުނިމި ހުރި މަސައްކަތް ނިންމަން ތައުލީމީ ވުޒާރާއިން، ސަރުކާރުގެ ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިގޮތުން ތައުލީމީ ވުޒާރާއިން ފެނަކަ ކޯޕަރޭޝަން (ފެނަކަ) އާއި ވަނީ 12 ސްކޫލެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. އެ ސްކޫލްތަކަކީ؛ ހދ. ވައިކަރަދޫ ސްކޫލް (ހދ. އަތޮޅު މަދަރުސާ) ށ. ގޮއިދޫ ސްކޫލް ށ. ފީވަށް ސްކޫލް ބ. ގޮއިދޫ ސްކޫލް ބ. ފުޅަދޫ ސްކޫލް ފ. ބިލެތްދޫ ސްކޫލް ފ. ފީއަލީ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ހަށި ވިއްކަމުންދިޔަ ވިއެޓްނާމް ދެ އަންހެނަކު ޑީޕޯޓުކޮށްލައިފި ވިއެޓްނާމްގެ ދެ އަންހެނަކު ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ޑީޕޯޓުކޮށްލައިފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިއަ 3 ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ވިއެޓްނާމްގ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ބިންވެރިޔާ ސްކީމާ ގުޅޭ ހާއްސަ އޮޑިޓަކުން ފާހަގަވި މައްސަލަތައް ފުލުހަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، ކުރީގެ ސަރުކާރުން ހިންގި “ބިންވެރިޔާ” ސްކީމާ ގުޅޭ ޚާއްޞަ އޮޑިޓެއް ހަދައި، އެ އޮޑިޓުން ފާހަގަވި މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ. އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ “ބިންވެރިޔާ” ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު 70 އަހަރަށް ފަހު ނިއުކާސަލްއަށް ތައްޓެއް ފާއިތުވި 70 އަހަރުތެރޭ ނިއުކާސަލްއަށް ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކުރެވިއްޖެއެވެ. ރޭ އިނގިރޭސި ލީގު ކަޕްގައި ނިއުކާސަލުން ބައްދަލުކޮށްފައި ވަނީ ލިވަޕޫލާއެވެ. އެ މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ނިއުކާސަލުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. ނިއުކާސަލުން އެންމެ ފަހުން ތައްޓެއް ކާމިޔާބު ކުރެވިފައި ވަނީ 1955 ވަނަ އަހަރުއެވެ. އެއީ އެ އަހަރުގެ އެފްއޭ ކަޕް ތައްޓެވެ. މެދު ފަންތީގެ ކްލަބެއްގެ ގޮތުގައި އޮތް ނިއުކާސަލް، ސައުދީގެ ސްވޮރިން ފަންޑުން 2022 ގައި ގަތުމަށް […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ކުޅިވަރު އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން އެތުލެޓިކޯ ބަލިކޮށް ބާސާ އެއްވަނައަށް ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗުން އެތުލެޓިކޯ މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން މޮޅުވާ ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. ރޭގެ މުޅި މެޗުހެން ކޮންޓްރޯލް ކުރީ ބާސާއިންނެވެ. ނަމަވެސް ޑިފެންސައް އިސްކަންދީގެން މެޗު ކުޅެމުން އައި އެތުލެޓިކޯއިން ލިބޭ ފުރުސަތުތަކުގައި އަރާ ބާސާ ގޯލަށް އައީ ނުރައްކާ ކުރަމުންނެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
މަޖިލިސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަ ބިލް އަލުން ދިރާސާކުރަން ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުނުކުރަށްވައި އަލުން ވިސްނެވުމަށް އަނބުރާ ފޮނުވާލެއްވުމާ ގުޅިގެން، އެ ބިލް އަލުން ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. މި ބިލަކީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެކެވެ. މި ބިލުގައި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ސާޖިދާ ކުށްވެރިކުރަށްވައިފި އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފިއެވެ. މިކަމާއި ގުޅިގެން އެކަމަނާވަނީ އެކްސްގައި ޕޯސްޓެއް ކުރަށްވާފައެވެ. މި ޕޯސްޓްގައި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އެކަމަނާ ވަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. މި ޕޯސްޓްގަައި އެކަމަނާ ވިދާޅުވިގޮތުގައި އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްތަކުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްގެ މަސައްކަތުގެ ބޮޑުބައި ނިންމައިފިއެވެ. 120 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ 83.2 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއަހަރުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލާނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރޯ ހައުސްގޮތަށް ދެ ފަންގިފިލާއަށް އިމާރާތްކުރާ އެ މަޝްރޫއުގައި ހިމެނޭ ކޮންމެ ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރިއާއި،... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (11) ކުރީގެ އަދަދާއިގުޅޭ: ” އެކަމަކު… އަހަރެންގެ ހިޔާލެއް ހޯދާލި ނަމަ. އަހަރެން ހެޕީ ނުވަނީ ކީއްވެކަން އަކްރަމްއަށް އެނގެއެއްނު. އަހަރެމެން ދެ މީހުން އެކަނި ގެސްޓްހައުސްއަކަށް ދިޔަނަމަ މިހެން ނުވީހެއްނު.” ޝިކާ ބުނެލިއެވެ. އެއާއެކު އަކްރަމް ކޮޅަށް ތެދުވެއްޖެއެވެ. އަދި ދެ ފަރާތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން ފެށިއެވެ. ” ކޮންމެ ކަމަކަށް ދެ މީހުންގެ ހިޔާލު މުހިއްމެއް ނުވާނެ. ” އަކްރަމް ބުންޏެވެ. އަކްރަމް އެހެން ބުނުމާއެކު ޝިކާއަށް ހީވީ ދުލުގައި ތަޅު އެޅުނު […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޖެމިނައި އޭއައި އަށް ސާރޗް ހިސްޓްރީ ބޭނުންކުރެވޭގޮތް ހަދައިފި ގޫގުލްއިން އެ ކުންފުނީގެ ޖެމިނައި އޭއައި އަށް އިތުރު ފީޗަރެއް ތަޢާރަފުކޮށް، ސާރޗް ހިސްޓްރީ ބޭނުންކުރެވޭގޮތް ހަދައިފިއެވެ. މި ފީޗަރގެ ސަބަބުން ޔޫޒަރުންގެ ސާރޗް ހިސްޓްރީ ބޭނުންކޮށްގެން އެ ފަރާތްތަކަށް އަމާޒުކޮށްގެން ރަނގަޅު ޖަވާބުތައް މިހާރު ޖެމިނައި އަށް ދެވޭނެއެވެ. ޖެމިނައި 2.0 ފްލޭޝް ތިންކިންގ މޮޑެލްއިން ބާރުލިބިގެން ތަޢާރަފުކޮށްފައިވާ މި ފީޗަރގެ ސަބަބުން ޖެމިނައި އަށް ގޫގުލްގެ އެހެނިހެން އެޕްތަކާއި ޚިދުމަތްތަކާ ގުޅުވައިގެން ރަނގަޅު ޖަވާބުތައް ދެވޭނެއެވެ. މީގެ ސަބަބުން ވަގުތު ސަލާމަތްވެ، ބޭނުން... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ މެސެޑޯނިއާގެ ނައިޓްކްލަބެއްގައި އަލިފާން ރޯވެ 59 މަރު އުތުރު މެސެޑޯނިއާގެ ކޮޗާނީ ސިޓީގައި ހުރި ޕަލްސް ނައިޓްކްލަބުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 59 މީހުން މަރުވެ، 150 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެކަމަށް އެ ގައުމުގެ އިންޓީރިއަރ މިނިސްޓަރ ޕާންޗެ ޓޮޝްކޮވްސްކީ ހާމަކުރައްވައިފިއެވެ. މި ހާދިސާ ހިނގީ އާދީއްތަ ދުވަހު ޑީއެންކޭ ބޭންޑުގެ ކޮންސަރޓެއް ކުރިއަށްދަނިކޮށެވެ. އެ ވަގުތު ކްލަބުގެ ތެރޭގައި ޕައިރޯޓެކްނިކްސް ބޭނުންކުރަމުން ދިޔައެވެ. އިންޓީރިއަރ މިނިސްޓަރ ވިދާޅުވި ގޮތުގައި، މި ޕައިރޯޓެކްނިކްސްގެ އަލިފާން ކްލަބުގެ ފުރާޅުގަ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން