ރާއްޖެ ހުރިހާ ހާލަތެއްގައިވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ: ސާޖިދާ ހުރިހާ ހާލަތެއްގައިވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިގޮތުން އެކަމަނާ މިހެން ވިދާޅުވީ ބައިނަލްޢަގުވާމީ ޢާއިލާތަކުގެ ދުވަހާއި ގުޅުވައިގެން މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. “އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ. ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް” މެޑަމް ސާ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
މަޖިލިސް ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރު ނިންމައި މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ. މަޖިލީހުގެ މި ދައުރު ނިންމާލީ 32 ޖަލްސާ ބޭއްވުމަށްފަހުއެވެ. މިއަދު 13:30 ގައި ފެށި މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ހަވީރު 16:33 ގައި ނިންމާލައްވަމުން ރިޔާސަތުން ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ވިދާޅުވިގޮތުގައި މި ދައުރު ބޭއްވުނު 32 ޖަލްސާގައި ޖުމްލަ 59 ގަޑިއިރު ވަނީ ހޭދަވެފައެވެ. މީގެ އިތުރުން މި ދައުރުތަކުގައި މަޖިލީހުގެ ކޮމެޓީތަކުގެ ޖުމްލަ 103 ބައްދަލުވުން […] ޙުސައިން ޝަހުދީ · 1 އަހަރު ކުރިން
މަޖިލިސް އަމީންގެ މައްޗަށް އިތުބާރުނެތްކަމަށް ފާހެއްނުވި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީންގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި އަމީންގެ މައްޗަށް އިތުބާރު ނެތްކަމަށް ފާހެއްނުވިއެވެ. މިއަދު މެންދުރުފަހު 1:30 ގައި ފެށި މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި އަމީންގެ އިތުބާރުގެ މައްސަލާގައި ވަނީ ވޯޓަށް އަހާފައެވެ. އަމީންގެ އިތުބާރު އޮތްކަމަށް 54 މެމްބަރުން ވޯޓުދެއްވިއިރު، އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. ވަކިކޮޅަކަށް ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއްނުވެއެވެ. އަމީނ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުޑަކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހި އެކްސިޑެންޓެއް މިއަދު ހެނދުނު ހުޅުމާލޭގެ ނިރޮޅުމަގުން ކުޑަކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގަޔަށް ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:23 ހާއިރުގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ވާ އަތު ކޮނޑު ހުޅުން ބިންދި، ކަނާތު ފައިތިލަ މަތި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މަގު ހުރަސްކުރި އަންހެން މީހާގެ ވާ އަތު އުޅަނބޮށި މަށައިގެން ގޮސްފައިވާ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ "ވަރިވުމުގެ ކުރިން ހަނދާން ކުރަންވީ ބައިވެރިޔާ ވެފައިވާ ގުރުބާނީތަކަށް" ވަރިވުމުގެ ކުރިން ވިސްނަންވީ ބައިވެރިޔާގެ ކިބައިން ފެނުނު އުނިކަންތައްތައް ނޫން ކަމަށާއި އޭނާ ވެފައިވާ ގުރުބާނީ ވެސް ހަނދާން ކުރަން ޖެހޭނެ ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އިސްގާޒީ މާހިރު ނެރުއްވި ހިތާބެއްގައިވަނީ ދިގު މުއްދަތެއްވެފައިވާ ކައިވެނިތައް ރޫޅުން ގިނަވަމުންދާ ކަމަށެެވެ. ދަރިން ބެލުމުގެ ބުރަ ޒިންމާ އަދާކޮށް، ދެމަފިރިން އެކުގައި ގިނަ ވަގުތު ހޭދަކުރަން ލިބޭ އުމުރުގައި ކައިވެނިތައް... ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ ދެ އިންތިޚާބު އެއްކޮލުމަށް ޚިޔާލު ހޯދުމުގެ ވޯޓު ނަގަން ބޭނުންވާ ބިލު އަންނަ ދައުރު މަޖިލީހަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި އޮންނަގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހް ގެނައުމަށް ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުތެރޭގައި ހުށަހެޅުމުގެ މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ބައިގަރުނު ފަހުން ބޮލޯނިއާ އަށް ހާއްސަ އުފަލެއް އިޓާލިއަން ކަޕް ފައިނަލުގައި އޭސީ މިލާން ބަލިކޮށް، ޗެމްޕިއަންކަން ހޯދައި ބޮލޯނިއާ އިން ބައި ގަރުނަށް ފަހު ތަށްޓެއް ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުން ފައިނަލް މެޗު ބޮލޯނިއާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. އެންމެ ފަހުން ބޮލޯނިއާއަށް ތައްޓެއް ކާމިޔާބު ކުރެވިފައި ވަނީ 1974 ވަނަ އަހަރުއެވެ. އެ އަހަރު ވެސް އެ ޓީމުން ކާމިޔާބުކުރީ އިޓާލިއަން ކަޕެވެ. އޭގެ ފަހުން ފާއިތުވެގެން ދިޔަ ބައި ގަރުނެއްހާ ދުވަހު އެ ޓީމަށް އޮތީ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް މަޝްވަރާކޮށްފި ހއ. އުތީމު ކައުންސިލާއި، އުތީމުގެ އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާއީލް ނަވީން ބައްދަލުކުރައްވައިފިއެވެ. އެގޮތުން ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، އުތީމުގެ ފުލުހުންގެ ހިދުމަތް ފުޅާކުރުމަށާއި ކުށްމަދު އަމާން ވެއްޓަކަށް އުތީމު ހެދުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަވެއެވެ. މީގެ އިތުރުން އުތީމަކީ މިހާރަށްވ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ ''ޢާއިލާތައް ބަދަހިވެ، ފުދުންތެރިކަން އިތުރުވީ ވަރަކަށް ޤައުމުގެ ކުރިމަގު އުޖާލާ ވާނެ'' ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ފަހިކަމާއި ފާގަތިކަންކ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު މަޔޯކާ އަތުން ރެއާލަށް އުނދަގޫ މޮޅެއް ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗުން ހަނިގޮތަކަށް ރެއާލް މޮޅުވެއްޖެއެވެ. ރޭ ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން މަޔޯކާގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރާ 2-1 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް އޮތީ 36 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި އޮތް ބާސެލޯނާއަށް 35 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ރަށުން ބޭރުގައި ބާސާ ނުކުންނާނީ އެސްޕަނިޔޯލްއާއި ދެކޮޅަށެވެ. އެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެންމެ ގިނައިން ފަސްވަނަ އަށް މީހުން ވަންނަ ވެބްސައިޓަކަށް ޗެޓްޖީޕީޓީ ދުނިޔޭގެ އެންމެ ގިނައިން ޒިޔާރަތްކުރާ ފަސްވަނަ ވެބްސައިޓަކަށް ޗެޓްޖީޕީޓީ ވެއްޖެއެވެ. އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޕަން އޭއައި އިން ތައްޔާރުކޮށްފައިވާ ޗެޓްޖީޕީޓީ ވެފައިވަނީ މިއަހަރުގެ އޭޕްރިލް މަހު ދުނިޔޭގެ އެންމެ ގިނައިން ޒިޔާރަތްކުރި 5 ވަނަ ވެބްސައިޓަށެވެ. މިއީ ސިމިލަރވެބް.ކޮމްގެ ތަފާސްހިސާބުތަކަށް ބަލައި އެއްކުރެވިފައިވާ މަޢުލޫމާތެވެ. މިއަހަރުގެ ކުރީކޮޅު ޗައިނާގެ ހިލޭ އަދި އޯޕަން ސޯސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް ޑީޕްސީކް ނެރުމާ ގުޅިގެން ޗެޓްޖީޕީޓީއަށް ގޮންޖެހުންތަކެއް ކުރ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ތުރުކީން ޕާކިސްތާނަށް 350 އަށްވުރެ ގިނަ ޑްރޯންދިން: އިންޑިއާ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން ތުރުކީވިލާތުން 350 އަށްވުރެ ގިނަ ޑްރޯން އަދި އަސްކަރީ އޮޕަރޭޓިވުން ފޮނުވާފައިވާ ކަމަށް އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ. އިންޑިއާ ޓުޑޭ ޓީވީއަށް ލިބިފައިވާ މަޢުލޫމާތުގެ މަތިން، އޮޕަރޭޝަން ސިންދޫރުގެ ތެރެއިން ތުރުކީގެ ދެ އަސްކަރީ އޮޕަރޭޓިވުން މަރުވެފައިވާ ކަމަށް ބުނެއެވެ. މީގެ އިތުރުން، ތުރުކީގެ ލަފާދޭ ފަރާތްތަކުން ޕާކިސްތާނުގެ އަސްކަރިއްޔާއަށް އިންޑިއާއަށް ދެކޮޅަށް ޑްރޯން ހަމަލާތައް... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 52،900 އަށްވުރެ މައްޗަށް އޮކްޓޯބަރ 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަދުވެގެން 52،928 ފަލަސްތީނުގެ މީހުން ޝަހީދުވެފައިވާ ކަމަށް، އެގައުމުގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ބުނެފިއެވެ. މިނިސްޓްރީގެ ބަޔާނެއްގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި 20 މީހުން ޝަހީދުވެ، އިތުރު 125 މީހުން ޒަޚަމްވެފައިވެއެވެ. މިއާއެކު، އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 119،846 އަށް އަރާފައެވެ. “އަދިވެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ މަތިވެރި އެއާޕޯޓް މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފި އއ. މަތިވެރީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޑޮމެސްޓިކް އެއަރޕޯޓު މަޝްރޫޢު ފައިނޭންސް ކުރުމަށް، ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ މި ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. އއ. އަތޮޅަކީ މިހާތަނަށް އެއަރޕޯޓެއް ނެތް މަދު އަތޮު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ދިގު އަދި 30 މީޓަރު […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބަންކަރިންއިން ލިބޭވަރު ކޮންމެ ދުވަހަކުވެސް ބަލަން، ފަސް މަހުން ލިބުނު ވަރު މަދެއްނޫން: ސައީދު އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން ލިބުނީ ކިހާވަރެއްތޯ ކޮންމެ ދުވަހަކުވެސް ބައްލަވަމުން ގެންދަވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު މިރޭ ވިދާޅުވީ ބަންކަރިންގެ ވާހަކަ ވަރަށް ގިނައިން ދައްކާތީ އަޑުއިވިވަޑައިގަންނަވާ ކަމަށެވެ. އަދި އެހާ ގިނައިން އެވާހަކަ އެ ދައްކަނީ އެކަމަށް އޮންނަ ޝައުގެއްގެ ބޮޑުކަމުންކަމަށާއި، އެކަމާއި ވަރަށް އުފާކުރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން