މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ. ޖޭއެސްސީން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ވަނީ ހުޅުވާލާފައެވެ. ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑް ކޮޕީ ހުށަހަޅައިގެންނެވެ. މި މަގާމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރ...

ޔުމްނާ ޢަލީ
ގުޅީފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދެނީ

ގުޅީފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދެނީ

ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދިނުމަށް ނިންމައި، އެގޮތަށް ޕްލޭނަށް ބަދަލު ގެނެސް ގެޒެޓުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓު 24 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަންޖެހޭ މުހިންމު ބައިތައް ނެތުމާ ގ...

ޔުމްނާ ޢަލީ
އުރީދޫއިން މީޑިއާތަކަށް އޭއައި އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އުރީދޫއިން މީޑިއާތަކަށް އޭއައި އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އުރީދޫ މޯލްޑިވްސްއިން މީޑިއާތަކަށް އަމާޒުކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ބާއްވައިފި އެވެ. މި ބައްދަލުވުމަކީ އުރީދޫ މޯލްޑިވްސްގެ “ޑިޖިޓަލް މޯލްޑިވްސް” ޝިޢާރުގެ ދަށުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދިންގޮތުގައި، މި ބައްދަލުވުމުގައި އޭއައިގެ އާންމު މަޢުލޫމާތާއި، މީޑިއާގައި އޭއައި ބޭނުންކުރުމާއި އެތިކްސްފަދަ މުހިންމު މައުޟޫޢުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. އަދި އޭއައި ޓެކްނޮލ...

އިބްރާހިމް އަސްވާޤް
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފިއެވެ. މިގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ދީފައިވާ “ސީއޭއޭ2” ރޭޓިން ބަދަލުކުރުމަކާ ނުލައި ދަމަހައްޓާފައިވާކަމަށް މޫޑީސްއިން ބުނެފައިވެއެވެ. މޫޑީސްއިން އާންމުކޮށްފައިވާ ޕީރިއޮޑިކް ރިވިއުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިގްތިސާދަށް މާބޮޑު ބަދަލެއް އައިސްފައިނުވާތީ، މިވަގުތު ރޭޓިން ބަދަލުކުރަން ޖެހޭކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް، ރާއްޖ...

އަލީ އާދިލް
ކުރިއަށް އޮތީ ވިއްސާރަ ތިން ދުވަސް، އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުގަދަވާނެ

ކުރިއަށް އޮތީ ވިއްސާރަ ތިން ދުވަސް، އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުގަދަވާނެ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓު އޮފީހުން މިއަދު އާންމު ކުރި ސަމާލުގެ މެސެޖެއްގައި، ކުރިއަށް އޮތް ތިން ދުވަހު (މެއި 18 އިން 20) އަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ދިޔުމަށް ރައްޔިތުންގެ ކިބައިން ވަނީ […]

ޔުމްނާ ޢަލީ
ކުވެއިތުން ދިވެހިރާއްޖެއަށް ކުރާ އެކްސްޕޯޓް އިތުރުވެއްޖެ

ކުވެއިތުން ދިވެހިރާއްޖެއަށް ކުރާ އެކްސްޕޯޓް އިތުރުވެއްޖެ

ކުވެއިތާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ފާހަގަކުރެވޭ މިންވަރަކަށް ވަރުގަދަވެފައިވާކަމަށް ކޭސީސީއައި އިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފިއެވެ. ޚާއްޞަކޮށް ކުވެއިތުން ދިވެހިރާއްޖެއަށް ކުރާ އެކްސްޕޯޓް ވަނީ މިދިޔަ އަހަރުތަކުގައި އެތައް ގުނައަކަށް އިތުރުވެފައެވެ. ކުވެއިތުގެ ވަފުދެއް ދިވެހިރާއްޖެއަށް ކުރި ޒިޔާރަތާ ގުޅިގެން ބޭއްވުނު ބައްދަލުވުމެއްގައި ކޭސީސީއައި އިން ވަނީ މި ޒިޔާރަތަށް ޝުކުރު އަދާކޮށްފައެވެ. މި ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ވަރުގ...

އަޙްމަދު ދާއޫދު
ބަލިބޮޑުވެފައިވާ ޔުނައިޓެޑް ބަލިކޮށް ޗެލްސީން ޔޫރަޕުގެ އުންމީދު ބޮޑުކޮށްފި

ބަލިބޮޑުވެފައިވާ ޔުނައިޓެޑް ބަލިކޮށް ޗެލްސީން ޔޫރަޕުގެ އުންމީދު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ޗެލްސީން ކުރަމުން އަންނަ އުންމީދު ބޮޑުކޮށްފިއެވެ. ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. ލީގުގައި މިހާތަނަށް ޔުނައިޓެޑުން 37 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. މިވަގުތު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. ލީގުގައި […]

އިބްރާހިމް ޚަލީލް
ސައޫދީން ހައްޖުގެ ސިއްހީ އިރުޝާދުތައްދޭ ކިޓެއް 8 ބަހަކުން ނެރެފި

ސައޫދީން ހައްޖުގެ ސިއްހީ އިރުޝާދުތައްދޭ ކިޓެއް 8 ބަހަކުން ނެރެފި

ސައޫދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީން 8 ބަހަކުން ތައްޔާރުކޮށްފައިވާ 1446 ވަނަ އަހަރުގެ ހައްޖު މޫސުމަށް ސިއްހީ ހޭލުންތެރިކުރުމުގެ ޚާއްސަ ކިޓެއް ނެރެފިއެވެ. ސައޫދީ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތަކީ ޙައްޖު މޫސުމުގައި ޢާންމު ޞިއްޙަތާއި ބަލިތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭ އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމާއި ޙައްޖުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމުގެ ޕްރޮގްރާމުގެ މަޤްޞަދުތަކާ އެއްގޮތްވާ މަސައްކަތެކެވެ...

ޔުމްނާ ޢަލީ
މުވާޞަލާތީ ކުރިއެރުމުގެ ބޭނުން ހިފަންވީ އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް: ރައީސް

މުވާޞަލާތީ ކުރިއެރުމުގެ ބޭނުން ހިފަންވީ އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް: ރައީސް

މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް،...

ޔުމްނާ ޢަލީ
ޣައްޒާއިން އެއް މިލިއަން ރައްޔިތުން ލީބިޔާއަށް ބަދަލުކުރުމުގެ ޓްރަމްޕްގެ ޕްލޭނެއް

ޣައްޒާއިން އެއް މިލިއަން ރައްޔިތުން ލީބިޔާއަށް ބަދަލުކުރުމުގެ ޓްރަމްޕްގެ ޕްލޭނެއް

ފަލަސްތީނުގެ ޣައްޒާއިން 1 މިލިއަން ރައްޔިތުން ލިބިޔާއަށް ދާއިމީކޮށް ބަދަލުކުރުމުގެ ޕްލޭނެއް ޓްރަމްޕްގެ ސަރުކާރުން އެކުލަވާލަމުންދާކަމަށް އެން.ބީ.ސީ ނިއުސްއިން ރިޕޯޓުކޮށްފިއެވެ. މި ޕްލޭނާ ގުޅޭގޮތުން ޓްރަމްޕް އިދާރާއިން ލިބިޔާގެ ވެރިންނާއެކު މަޝްވަރާކޮށްފައިވާކަމަށާއި، ފަލަސްތީނުން މީހުން ބަދަލުކުރުމުގެ ބަދަލުގައި އެމެރިކާއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލިބިޔާގެ ބިލިއަން ޑޮލަރުގެ ފައިސާ ދޫކޮށްދިނުމަށް ހުށަހަޅާފައިވާކަމަށް ބުނެއެވެ. އެމެރިކާގެ ސަރުކާރުގެ ތަރުޖަމާނަކު މި ރިޕޯޓު ދޮގުކޮށް، “މ...

އަޙްމަދު ދާއޫދު
ރަޝިއާ އާއި ޔޫކްރެއިނުން ގިނަޢަދަދެއްގެ އަސީރުން މިނިވަން ކުރަނީ

ރަޝިއާ އާއި ޔޫކްރެއިނުން ގިނަޢަދަދެއްގެ އަސީރުން މިނިވަން ކުރަނީ

ރަޝިއާއާއި ޔޫކްރެއިން އިން އިސްތަންބޫލްގައި ބޭއްވި ސުލުހައިގެ މަޝްވަރާތަކުގެ ފުރަތަމަ ބުރަށްފަހު ގިނަޢަދަދެއްގެ އަސީރުން ދެގައުމުންވެސް މިނިވަން ކުރަން އެއްބަސްވެއްޖެކަމަށް ޔުކްރެއިންގެ ދިފާޢީ ވަޒީރު ވިދާޅުވެއްޖެއެވެ. ޔުކްރެއިންގެ ދިފާޢީ ވަޒީރު ރުސްތަމް އުމެރޮވް ހުކުރު ދުވަހު ހާމަކުރެއްވި ގޮތުގައި، ރަޝިޔާ އަދި ޔުކްރެއިން ދެ ޤައުމުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ގިނައަދަދެއްގެ އަސީރުން އެއްފަހަރާ މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައިވެއެވެ. އިސްތަންބޫލްގައި ބޭއްވުނު ނޫސްވެރިންގެ ބަ...

އަޙްމަދު ދާއޫދު
އެމެރިކާގެ ޖަލަކުން ނުރައްކާތެރި 11 ގައިދީން ފިލައިފި

އެމެރިކާގެ ޖަލަކުން ނުރައްކާތެރި 11 ގައިދީން ފިލައިފި

އެމެރިކާގެ ލުއިޒިއާނާ ސްޓޭޓްގައި ހިމެނޭ ބޮޑު ސިޓީއެއްކަމުގައިވާ ނިއު އޯލިއަންސް ޖަލުން، (ލުއިޒިއާނާގެ އޯލިއަންސް ޕެރިޝް ޖަސްޓިސް ސެންޓަރުން) 11 ގައިދީން ފިލައިފިއެވެ. މިމީހުން ޖަލުގައި ނެތްކަން ޖަލު އޮފިޝަލުންނަށް އެނގުނީ ހުކުރު ދުވަހު ހެނދުނު 8:30 ގައި ކުރެވުނު ރޫޓިން ހެޑްކައުންޓެއްގައެވެ. ފިލި ގައިދީންގެ ތެރެއިން މިހާތަނަށް އަތުލައިގަނެވިފައިވަނީ އެންމެ ގައިދީއެކެވެ. އަނެއް 10 ގައިދީން ވަނީ ފިލައިގެން ގޮސްފައެވެ. ފިލި ގައިދީންގެ ތެރޭގައި މަރުގެ ދަޢުވާ އުފުލިފައިވާ މީހުން ހިމެނެއެވެ. އެހެން ގައ...

އަޙްމަދު ދާއޫދު
ސައޫދީ ދަރިވަރުން އޮހާޔޯގެ އައިއެސްއީއެފްގައި 23 އެވޯޑް ހޯދައިފި

ސައޫދީ ދަރިވަރުން އޮހާޔޯގެ އައިއެސްއީއެފްގައި 23 އެވޯޑް ހޯދައިފި

ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމުން ރީޖެނެރޮން އިންޓަރނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިންގ ފެއަރ (އައިއެސްއީއެފް 2025) އިން 23 އެވޯޑެއް ހޯދައިފިއެވެ. މީގެ ތެރޭގައި 14 ގްރޭންޑް ޕްރައިޒާއި 9 ސްޕެޝަލް އެވޯޑު ހިމެނެއެވެ. މި މުބާރާތް ބޭއްވާފައި ވަނީ މެއި 10 އިން 16 އަށް އޮހައިއޯގެ ކޮލަމްބަސްގައެވެ. 70 ޤައުމަކުން 1،700 އަށްވުރެ ގިނަ ބައިވެރިން ވާދަކުރި މި މުބާރާތުގައި ސައުދީގެ ތިން ދަރިވަރަކު ދެވަނަ ހޯދައި، ފަސް ދަރިވަރަކު ތިންވަނަ ހޯދައި، އަދި […]

އަޙްމަދު ދާއޫދު
ދިވެހި ޙައްޖު މިޝަން މައްކާއަށް، މައްކާ ރޫޓް އިނީޝިއޭޓިވް އެޑްވާންސް ޓީމް ރާއްޖެއަށް

ދިވެހި ޙައްޖު މިޝަން މައްކާއަށް، މައްކާ ރޫޓް އިނީޝިއޭޓިވް އެޑްވާންސް ޓީމް ރާއްޖެއަށް

ދިވެހިރާއްޖޭގެ 1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން މިއަދު މައްކާ އަށް ފުރާފައިވާއިރު، މައްކާ ރޫޓް އިނީޝިއޭޓިވް އެޑްވާންސް ޓީމް ރާއްޖެއަށް އަތުވެއްޖެއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިންނެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެ ކަމަށެވެ. ޙައްޖު...

ޔުމްނާ ޢަލީ
"ތިލައުތުރު އެވޯޑް 2025" އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި

"ތިލައުތުރު އެވޯޑް 2025" އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި

ހއ އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025” އަށް ކުރިމަތިލެއްވުމަށް ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯ...

އައިޝަތު އައިނީ އާމިރު