ރާއްޖެ ޢީދު ކުޅިވަރުގެ ނަމުގައި މުންކަރާތްތައް ހިންގަމަކީ ހިތާމަކުރި ކަމެއް: ސަލަފު ޢީދުގެ ނަމުގައި މުންކަރާތްތައް ހިންގުމަކީ ހިތާމަހުރި ކަމެއް ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް މަދަނީ ޖަމްޢިއްޔާކަމަށްވާ ޖަމްޢިއްޔަތުއްސަލަފު ހާމަކޮށްފިއެވެ. ސަލަފުން މިކަން ބަޔާންކޮށް މިއަދު ވަނީ މީސްމީޑިޔާގައި ޕޯސްޓެއްކޮށްފައެވެ. “ޢިދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެކެވެ. ނަމަވެސް މިއަދު ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތަކުން އިސްލާމީ އިމުގެ ތެރޭގައި ޢީދު އުފާފާޅު ކުރާކަމީ އުފާކުރަންޖެހޭ ކަމެކެވެ. އަދި މި ފުރުޞ... އަލީ އާދިލް · 1 އަހަރު ކުރިން
ކުޅިވަރު އަރުމީނިއާ މުބާރާތުން ލައިބާ ހޯދި ބޮޑު ކާމިޔާބީއަށް ރައީސްގެ މަރުޙަބާ އަރުމީނިއާގައި ބޭއްވި ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތް “އަރމޭނިއަން ޔޫތު އޯޕަން” ގައި ދިވެހި ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ހޯދި ބޮޑު ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި މުބާރާތުގައި ލައިބާ ވަނީ 3 ރަން މެޑަލް ހާސިލުކޮށްފައެވެ. މިއީ ދިވެހި ބެޑްމިންޓަން ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ރައީސް މުޢިއްޒު ވިދާޅުވީ މި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސައޫދީގެ ޙައްޖާއި ބެހޭ ވަޒީރު ރައީސް މުޢިއްޒާއި ބައްދަލުކުރަށްވައިފި ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރައްވައިފިއެވެ. މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖު ވަފުދަށް ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ މިއާއިއެކު އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕް ބުނަނީ މަސްކަކީ މީހުންނަށް އިހުތިރާމް ނުކުރާ މީހެއް ކަމަށް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ރައީސް އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހައާ ދެމެދުގެ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އެކަކު އަނެކަކަށް ފާޑުކިޔަން ފަށައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ ޤައުމުގެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ބިލިޔަނަރު އީލޮން މަސްކާ ދެމެދު ހަމަނުޖެހުންތަކެއް އުފެދެން ފެށީ ޓްރަމްޕް އުފެއްދި “ޑޮޖް”ގެ ވެރިޔާގެ މަގާމުން މަސްކު ވަކިކުރުމުންނެވެ. އެއަށްފަހު އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ އެކްސްގައި މަސްކުވަނީ ޓްރަމްޕާއި އޭނާގެ ސަ... އަޙްމަދު ވަހީދު · 1 އަހަރު ކުރިން
ރާއްޖެ ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމެއް ކަނޑައަޅަންޖެހޭ: ރައީސް ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމާއެކު މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އަޅުގަނޑުމެންގެ ސިއްހަތު ބިނާވެފައިވަނީ ކަނޑުގެ ސިއްހަތުގެ މައްޗަށްކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ދިރިއުޅުމުގެ މައިގަނޑު ވަސީލަތް ކަމަށެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހާލަތ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި ކުޅުދުއްފުށި ސިޓީ ބެޑްމިންޓަން މުބާރާތް 2025 ގައި ބައިވެރިވުމަށެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަންނަ ޖުލައި މަހު 4 ގައި ބާއްވާ މި މުބާރާތަކީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 6 ވަނަ އެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ސިންގަލްސް/ އަންހެން އަދި ފިރިހެން 1 ވަނަ އަށާއި ޑަބަލްސް އަންހެން އަދި ފިރިހެން 1 ވަނައިގެ […] އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރިޕޯޓް ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ އިންވޭސިވް މެނިންގޯކޮކަލް، އެނގުން މުހިންމު! އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ރާއްޖެއިން މިވަނީ މީހަކު ނިޔާވެފައެވެ. އެނގިފައިވާގޮތުގައި އެ އީ ދާދިފަހުން މެލޭޝިޔާ އަށް ދަތުރުކޮށްފައިވާ ޒުވާނެކެވެ. ރާއްޖެއިން މި ބަލީގެ ކޭހެއް ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކަމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ފަށައި، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ތިން ވަޒީކު މިނާ ފޭލިގެއަށް ރައީސް ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށްޓަކައި ވަޒީރުންގެ ވަފުދެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި މި ޓީމު މިނާ ފޭލިއަށް ޒިޔާރަތްކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޙައްޖުގެ އަޅުކަމަށް ރައީސްގެ ްއަރިހުގައި ވަޑައިގެންނެވި ވަޒީރުންނެވެ. އެ ވަޒީރުންނަކީ، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮރިން މިނިސްޓަރު ޑ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ހުރިހާ އަތޮޅަކުން ޑައިލިސިސް ހެދޭނެގޮތް ސެޕްޓެންބަރުގެ ނިޔަލަށް ހަދަނީ އަންނަ ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ކިޑްނީ ބަލިމީހުންނަށް ގިނަ ސަރަހައްދުތަކުން ޑައިލިސިސްގެ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައްޔިތުން ރައީސް ޑރ. މުޢިއްޒު ގެ އަރިހުގައި އެދިފައިވާ ކަމަށެވެ.... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ނުރައްކާތެރި އެކްސިޑެންޓެއް: ދެ މީހުންގެ ބޯ ފެޅި، ފައިވެސް ދެތަނަކުން ބިނދިއްޖެ ލ.ގަން ލިންކް ރޯޑުގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. ފުލުހުން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ ލ.ގަން ލިންކް ރޯޑްގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް މިރޭ 19:03 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވައިފިއެވެ. ސައޫދީ އަރަބިއްޔާގެ މީޑިއާއިން ބުނިގޮތުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދެވި މި ބައްދަލުވުން އޮތީ މިނާ ގަނޑުވަރުގައެވެ. ވަލީއަހުދު މިނާގައި ހުންނެވީ އަހަރީ ޙައްޖު އަޅުކަމުގެ ކަންކަން ބެއްލެވުމުގެ ތެރެއިންނެވެ. ސައޫދީ މީޑިއާއިން ބުނީ ވަލީއަހުދާއި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޢިއްޒު ކުރެއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން މުރާޖަޢާކުރައްވައި، ދެ ޤައުމުގެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕްގެ މައްޗަށް ނުރައްކާތެރި ތުހަމަތެއްކޮށް މަސްކް ކުރި ޕޯސްޓް ޑިލީޓްކޮށްލައިފި ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެމެދު މި ހަފްތާގައި ހިނގި ހަރުކަށި ޢާންމު ޖަދަލެއްގައި، ޓްރަމްޕާއި ގުޅުވައި ނުރައްކާތެރި ތުހުމަތުތަކެއްކޮށް މީސް މީޑިއާގައި ކުރި ޕޯސްޓް ޑިލީޓްކޮށްލައިފިއެވެ. މަސްކާއި ޓްރަމްޕާއި ދެމެދު ނުތަނަވަސްކަން އުފެދި ނުރުހުމުގެ ހުޅު މީސް މީޑިއާއި އަހަމައަށް ފޯރާފައިވާއިރު، މި ނުތަވަސްކަން އުފެދުނީ މަސްކް ވައިޓް ހައުސްގެ އިސް ލަފާދޭ މުޝީރެއްގެ މަޤާމުގެ ދައުރު ފުރިހަމަ ކުރި ފަހުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. ބިލިއަނަރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ޤައުމީ އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް ގެނެސްފި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ. މޯލްޑިވިއަނުން މައުލޫމާތު ދިން ގޮތުގައި މި ބޯޓު ފްރާންސްގެ ޓޫލޫޒްއިން ރާއްޖެއަށް ދަތުރު ފެށީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އިތުރު ތިން މަންޒިލަކަށް ޖެއްސުމަށްފަހު މި ބޯޓު ރާއްޖެ އައުމުގެ ކުރިން އެންމެ ފަހު މަންޒިލެއް ގޮތުގައި ޖެއްސީ އޮމާންގެ މަސްކަޓުންނެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް މިއަދު ފޯރީ ހަވީރު 16:00 ހާއިރުއެވެ. […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކޮޓަރިން ނެރުނީ ކޮނޑަށްލައިގެން، ހޮސްޕިޓަލަށް ލާފައި 3 މީހުން ދިޔައިރު ޒުވާނާ އޮތީ ނިޔާވެފައި ކޮނޑަށްލައިގެން ދުވަހު ކުއްޔަށް ދޭ ކޮޓަރިއަކުން ނެރެގެން، ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު ނިޔާވެފައިވާކަމަށާއި މި މައްސަލައިގައި ޝައްކުތަކެއް ހުރުމާއެކު ފުލުހުން ތަހުގީގު ފަށައިފައެވެ. ވެމްކޯގެ މުވައްޒަފެއް ކަމަށްވާ އިބްރާހިމް އަމީން ހަސަން ދީދީ ނިޔާވެފައިވަނީ މިއަދު ހެނދުނު އެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ހެނދުނު 6:00 ގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި މީހަކު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް އަންގާފައެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅޭ އ... އަލީ އާދިލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިއަންނަ ހަފްތާގައި ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ: މެޓް ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ހާމަކޮށްފިއެވެ. އެގޮތުން މެޓް އޮފީހުން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ 9 ޖޫން 2025 ވާ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށެވެ. އަދި އާންމު ގޮތެއްގައި 13 މޭލާއި 23 […] އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން