ބައިނަލްއަގުވާމީ ޙައްޖާޖީންނަށް އެހީވުމަށް ލައްކައަކާ ގާތްކުރާ އަދަދެއްގެ މީހުން މިއަހަރު މަސައްކަތް ކުރި މިއަހަރު ޙައްޖާޖީންނަށް އެހީވުމަށް ޙައްޖާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ލައްކައަކާ ގާތްކުރާ އަދަދެއްގެ މީހުން މަސައްކަތް ކުރި ކަމަށް ސައުދީއަރަބިއްޔާއިން ރިޕޯޓް ކޮށްފިއެވެ. ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި 94000 އަށްވުރެ ގިނަ އެހީތެރިން މިއަހަރުގެ ޙައްޖުގައި މަސައްކަތް ކުރިއެވެ. މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށްދާ ފަރާތްތަކަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޙަ... އަޙްމަދު ވަހީދު · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (23) ކުރީގެ އަދަދާއި ގުޅޭ: “އަހަރެން އެންމެ ދެރަވަނީ އެ ކުދިންނާ ވަކިން އުޅެން ޖެހޭތީ. ހިތަށް އަރާ އެ ކުދިން އަހަރެމެން ގެންދާނެ ނަމައޭ. މި ގެދޮރު ދޫކޮށް ވެސް އަހަރެން ދާނަން. އެ ކުދިން ކައިރީ އުޅެން އަހަންނަށް މާ ހިތްހަމަޖެހޭނެ.” ހަސަން ބުނެލިއެވެ. އެއާއެކު މަރިޔަމްގެ މޫނުމައްޗަށް ވެސް އުފާވެރިކަން ވެރިވެއްޖެއެވެ. ހަސަންއާއި މަރިޔަމް އުޅެމުން ދަނީ އާދައިގެ ދިރިއުޅުމެކެވެ. ދަރިން ބޮޑެތިވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ބަޔަކަށް ހެދުމައްޓަކައި އެ ދެމަފިރިން […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ރާއްޖެ ބޮޑެތި ފައިދާ ލިބޭނެކަމަށް ބުނެ ހިންގާ އަސްލެއްނެތް ސްކީމްތަކާމެދު ސަމާލުވުމަށް އެދިއްޖެ އާދަޔާ ޚިލާފް ބޮޑެތި ފައިދާ ލިބޭނެކަމަށް ބުނެ ހިންގާ އަސްލެއްނެތް އިންވެސްޓްމަންޓް ސްކީމްތަކާމެދު ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ އެކި ބާވަތުގެ ސްކޭމްތަކާމެދު އާންމުން ހޭލުންތެރިކުރުވައި، ސަމާލުވުމަށް އަންގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެ ސެންޓަރުން ވަނީ އެކިއެކި ނަންނަމުގައި ހިންގާ ފޭކް އިންވެސްޓްމަންޓް ސްކޭމްތަކާމެދު ސަމާލުވުމަށް އެދިފައެވެ. އެ ސެންޓަރުން ބުނީ މިފަދަ ސްކޭމްތަކުގައި ހިމެނެނީ އާދަޔާ ޚިލާފް ބޮޑެތި ފައި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސެއިޚް ފަރީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މާދަމާ މެންދުރު ނަމާދަށްފަހު އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ މައްޗަށް މެލޭޝިޔާގައި ކުރެވޭ ކަށުނަމާދު މާދަމާ މެންދުރު ނަމާދަށްފަހު ކުރާގޮތަށް ހަމަޖެހިއްޖެއެވެ. ސެއިޚް ނިސްބަތްވާ ޚިދުމަތް ޖަމިއްޔާއިން ބުނީ ސެއިޚްގެ މައްޗަށް ކުރެވޭ ކަށުނަމާދު މާދަމާ މެންދުރު ނަމާދަށްފަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. ސެއިޚްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މެލޭޝިޔާގެ ރާޖާ ހާޖީ ފިސަބިއްލާހި މަސްޖިދުގައެވެ. ކަށުނަމާދު އޮންނާނެކަމަށް ޚިދުމަތް ޖަމިއްޔާ އިން ބުނެފައިވާ ވަގުތަކީ 11:00 އިން 12:30 އެވެ. ޝެއިހް އިބްރާހ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރާއްޖެ އެތެރެކުރަން އުޅެނު 26 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި ރާއްޖެ އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ ޑްރަގް މޯލްޑިވްސް ކަސްޓަމް ސާވިސް އިން އަތުލައިގެންފިއެވެ. މިކަން ހާމަކުރައްވައި ދާޚިލީ ވަޒީރު ޢަލީ އިހްސާން ވިދާޅުވީ، ކަސްޓަމްސް އިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށެވެ. މިތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާކަމަށް އަރާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ”ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ބާއްވާ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ފެށެން 100 ދުވަސް ކުޅުދުއްފުށި ސިޓީގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 އަށް ދެން އޮތީ ބާކީ 100 ދުވަހެވެ. އެހެންކަމުން ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ މިކަން ފާހަގަކޮށް މި މުބާރާތުގެ ކައުންޓްޑައުން ފަށާފައެވެ. މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތަކީ އޭޝިއަން ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއީސީ) އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު […] އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ކުޅިވަރު އެފްއޭއެމް އާއި އެކު، ކްލަބްތަކުގެ ފައިސާ ވެސް ހިޔާނާތްތެރި ވެރިންގެ ޖީބަށް! ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ސަބްސިޑީގެ ގޮތުގައި ދޫކުރި ފައިސާއަށް އެ ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިއްސާ އޮންނަ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަ... އަލީ އާދިލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ އިން 1600 އަކަފޫޓުގެ 150 ބަންޑާރަ ގޯތި ދޫކުރަނީ ހއ. އިހަވަންދޫ އިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް 15 ޖޫން 2025 ވާ އާދިއްތަ ދުވަހުން ފެށިގެން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލުމަށް އިއުލާންކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އާންުމުކޮށްފައިވާ އިއުލާނާއެކު “ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު” ގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ހެނދުނު 08:00 ން 14:00 އަށް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެކަމަށް ކައުންސިލުން […] އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އާތިފް ޝަކޫރު ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އިގުތިޞާދު ދިރާސާކުރައްވާ ތަޖުރިބާކާރު އާތިފް ޝަކޫރު އައްޔަނު ކުރައްވައިފިއެވެ. މި މަގާމަށް އާތިފް އައްޔަންކުރެއްވީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމުގައި އާތިފް މިފްކޯއަށް ސްޓްރެޓެޖިކް ބަދަލުތައް ގެނައުމުގައި ލަފާދެއްވާނެކަމަށް އޭނާ ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ. އާތިފަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ނިންމައި އެކަމުގައި ބައިވެރިވުމަށް އެހީ ދިނުމަށް ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މިސްކިތް ބިނާ ކުރުމަށް ނިންމައި، މި ފުރުސަތު ހުޅުވާލާފައި ވަނީ މަރްޙޫމް ފަރީދު ނިސްބަތްވެވަޑައިގަންނަވާ ޖަމިއްޔާކަމަށްވާ ޚިދުމަތް ޖަމިއްޔާއިންނެވެ. މިކަން ޢިއުލާންކުރަމުން އެ ޖަމިއްޔާއިން ބުނީ، މިކަމުގައި ބައިވެރިވާން އެދޭ މީހުން އެ ޖަމިއްޔާގެ 7770000141496 އެކައުންޓަށް ފައިސާގެ އެހީ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލާފައި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފަށަނީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތައްޔާރުވެއްޖެއެވެ. މި މަސައްކަތްތައް ފެށުމަށް ޕޯސްޓް ލިމިޓެޑުން މިހާރު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބިޑަށް ހުޅުވާލާފައެވެ. ޕޯސްޓް ލިމިޓެޑުން ކުރި އިއުލާނެއްގައި ވަނީ ޕޯސްޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށް ދޭން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް... އަޙްމަދު ވަހީދު · 1 އަހަރު ކުރިން
ކޮލަމް ޝައިޚް ފަަރީދުގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ވަކިވީ "ކާފަގެ ލޯބި" އުރާލަން ފުރުސަތު ނުލިބި! ފަޟީލަތުއް ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ކުއްލި އަވަހާރަވުމަކީ ދިވެހި މުޖުތަމަޢުއަށް، ޚާއްޞަކޮށް ދަޢުވަތުގެ މައިދާނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެންމެ ބޮޑު ހިތާމައެއް ކުރިމަތިވެފައިވަނީ އެ މަރުޙޫމްގެ އާއިލާއަށެވެ. އެންމެ ހިތާމަވެރި ކަމަކީ ޝައިޚް ފަރީދު އަވަހާރަވެ ވަޑައިގަތީ އެ މަރުޙޫމްގެ ފުރަތަމަ ކާފަ ދަރިފުޅު ދުނިޔެއަށް އުފަންވުމާއި އެކު އެތުއްތު ދަރިފުޅު ހަމަލޮލުން ފެނި “ކާފަގެ ލޯބި” އުރާލުމުގެ ފުރުޞަތު ނުލިބި ކަމެވެ. ޝައިޚް ފަރީދު ދަރިފުޅު ޢަބްދުﷲ ފަރީދު (އަބޯ) މިއަދު […] އަލީ އާދިލް · 1 އަހަރު ކުރިން
ވިޔަފާރި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ބޮލީވުޑްގެ ތަރި ކެޓްރީނާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހަމަޖައްސައިފިއެވެ. އެމްއެމްޕީއާރްސީން ބުނެފައިވާ ގޮތުގައި، ކެޓްރީނާ ކައިފް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަމަޖައްސައި ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ކަން ދީފައިވަނީ، ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ “ސަނީ ސައިޑް އޮފް ލައިފް” ކެމްޕެއިނުގެ ދަށުންނެވެ. މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޝެއިޚް ފަރީދުގެ މައްޗަށް ހުކުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ އިއްޔެ ހަވީރު މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ކުއްލި ގޮތަކަށް ނިޔާވި އައްޝައިޚް އިބްރާހިމް ފަރީދު، އަންނަ ހުކުރު ދުވަހުގެ ކުރިން ހަށިގަނޑު ވަޅުލައިފި ނަމަ އަންނަ ދުވަހުގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޝެއިޚްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި، “އިންޝާﷲ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލައިފި ނަމަ ހުކުރު ދުވަހުގެ ހުކުރު […] އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ އައު ޕޮލިސް ކޮމިޝަނަރަކީ ނަވީން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިއަދު އައްޔަނުކުރަށްވައިފިއެވެ. ނަވީން މި މަގާމަށް ޢައްޔަނުކުރެއްވި އިރު ވަގުތީ ގޮތުން އެ މުއައްސާސާ ހިންގަވަމުން ގެންދެވީ ވެސް އޭނާ އެވެ. އެއީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އެޕްރީލް މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން