ދިއްދޫގައި ފުޓްސަލް ދަނޑެއް އަޅަން ހަވާލުކޮށްފި
ހއ. ދިއްދޫގައި ޤާއިމްކުރާ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. އެގޮތުން މި މަޝްރޫޢު ހިންގުމަށްޓަކައި ދިއްދޫ ކައުންސިލާއި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމަށްވާ ޓެކް ކުންފުންޏާއި ދެމެދު ވަނީ މި ހަފްތާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫގައި ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ އެ ރަށު ބިން ހިއްކާފައިވާ ސަރަހްއްދުގައެވެ. އެގޮތުން އެ ސަރަހައްދު ބަލައި ކަންކަން ދިރާސާކުރުމަށްޓަކައި ޓެކް ކުންފުނީގެ ފަރާތަކާއި ކައުންސި...