ހުސެންގެ ފިހިން ގޮއިދޫ އަށް ހިތްގައިމުކަން
ށ. ގޮއިދޫ އަށް ނިސްބަތްވާ އާޓިސްޓެއް ކަމަށްވާ އެ ރަށު ހީނާމާގެ، ޙުސައިން ވަޙީދުގެ ފަންނުވެރި ކުރެހުންތަކުން ރަށުތެރެ ޒީނަތްތެރިކޮށްލައިފިއެވެ. އެގޮތުން ޙުސައިންގެ މި މަސައްކަތުގެ ތެރެއިން ވަނީ ރަށުތެރެ ޒީނަތްތެރިކޮށް ފަންނުވެރި ހުނަރު ފާޅުކުރުމުގެ މަޤުސަދުގައި ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ފުރިހަމަ ކުރެހުންތަކެއް ރަށުގެ ފާރެއްގައި ތަސްވީރުކޮށްފައެވެ. މި ކުރެހުންތަކަކީ 124 ފޫޓް ދިގު، 6.5 ފޫޓް އުސް ފާރެއްގައި (ޖުމްލަ 806 އަކަފޫޓް) ކުރެހިފައިވާ މ...