މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނަސްރު ބޯޓު ދިޔަވެ އަޑިއަށް، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

ނަސްރު ބޯޓު ދިޔަވެ އަޑިއަށް، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ “ނަސްރު ބޯޓު” ދިޔަވެ އަޑިއަށް ހިނގައްޖެއެވެ. މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި މި ބޯޓަށް ދިޔަވާން ފެށުމުން ސިފައިން ވަނީ އެ ބޯޓުގައި ތިބި ފަސް މީހުން ސަލާމަތްކޮށްފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ. ފުލުހުން ބުނިގޮތުގައި މި ބޯޓު ވަނީ މިއަދު މެންދުރު 13:22 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ […]

ޔުމްނާ ޢަލީ
ލޭންޑިން ކްރާފްޓް ހާދިސާ: ހޯދަމުން ދިޔަ އިތުރު މީހަކު ކަނޑު އަޑިން ފެނިއްޖެ

ލޭންޑިން ކްރާފްޓް ހާދިސާ: ހޯދަމުން ދިޔަ އިތުރު މީހަކު ކަނޑު އަޑިން ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް ދެވަނަ މީހާ ކަނޑު އަޑިން ފެނިއްޖެއެވެ. ފުލުހުން ބުނިގޮތުގައި ދެވަނަ މީހާ ވަނީ 15:45 ހާއިރު ކަނޑު އަޑިން ސިފައިންގެ ޑައިވަރުން ނަށް ފެނިފައެވެ. އެމީހާ ވެސް ފެނުނީ ނިޔާވެފައި އޮއްވައެވެ. ފުލުހުން ބުނިގޮތުގައި އެއީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ. މި ހާދިސާގައި ގެއްލުނު އެކަކު އަދިވެސް ނުފެންނައިރު، އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އެއީ ސްރީލަންކާ […]

ޔުމްނާ ޢަލީ
ދަތުރުކުރަމުން ދިޔަ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

ދަތުރުކުރަމުން ދިޔަ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

‏ޅ.ނައިފަރަށް ދަތުރުކުރަމުން ދިޔަ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. ދިޔަވަމުން ދަނީ “ނަސްރު” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކަށެވެ. އެމްއެންޑީއެފުން ބުނީ އެއީ މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އެ ބޯޓަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ، އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޔުމްނާ ޢަލީ
ޅައިމަގުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ސްވިމިންގ ޓްރެކެއް ވެސް އަޅައިދޭނެ

ޅައިމަގުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ސްވިމިންގ ޓްރެކެއް ވެސް އަޅައިދޭނެ

އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޅައިމަގުގައިވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށްދެއްވުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވ...

ޔުމްނާ ޢަލީ
ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅަނީ

ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅަނީ

ޅ.ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، އެ ރަށުގައި ހޭންޑް ބޯލް ކޯޓެއް އެޅުމާއި ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން  ރައްޔ...

ޔުމްނާ ޢަލީ
އުތުރު އައިއެސްޕީއެސް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް

އުތުރު އައިއެސްޕީއެސް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ހއ. އުލިގަމުގައި ޤާއިމްކޮށްފައިވާ “އުތުރު އައިއެސްޕީ ގޭޓު” ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަން އެއް ކުރިއަށް ގެންގޮސްފިިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެ ވުޒާރާގެ އިސްނެގުމާއެކު އައިއެސްޕީ ގޭޓުގައި މަސައްކަތްކުރާ ސެކިއުރިޓީ އޮފިސަރުންނަށާއި އެ ފެސިލިޓީގައި މަސައްކަތް ކުރާ ކަމާގުޅޭ މުވައްޒަފުންނަށެވެ. މިގޮތުން މި ސެޝަންގައި މުވައްޒަފުންނަށް ވަނީ އައިއެސްޕީ ކޯޑާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމެއް ކުރި...

އައިޝަތު އައިނީ އާމިރު
ފުނަދޫ އެމްއެންޔޫ ކެމްޕަހާއި ހޮސްޕިޓަލްގެ އައު އިމާރާތާއި ބަނދަރު އަޕްގްރޭޑްކޮށް އިތުރު މަގުތައް ހަދަން ހަވާލުކޮށްފި

ފުނަދޫ އެމްއެންޔޫ ކެމްޕަހާއި ހޮސްޕިޓަލްގެ އައު އިމާރާތާއި ބަނދަރު އަޕްގްރޭޑްކޮށް އިތުރު މަގުތައް ހަދަން ހަވާލުކޮށްފި

ށ. ފުނަދޫ ގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށާއި، ހޮސްޕިޓަލްގެ އައު އިމާރަތަކާއި، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އަދި އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފުނަދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެ...

އައިޝަތު އައިނީ އާމިރު
ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް، ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދޭނެ

ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް، ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދޭނެ

ށ. ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، އެރަށު ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މި މަޝްރޫޢުތައް ފަށަން އޮތް ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން މިކަމަށް އިންތިޒާމްކުރި ރަސްމިއްޔާތުތައް ބޭއްވޭގޮތެއް ނުވިއެވެ. އެ މަޝްރޫޢުތަކަކީ، ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމާއި، ފިޓްނަސް...

ޔުމްނާ ޢަލީ
މިލަންދޫގައި ވެމްކޯގެ ޚިދުމަތާއި ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ގާއިމު ކުރަނީ

މިލަންދޫގައި ވެމްކޯގެ ޚިދުމަތާއި ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ގާއިމު ކުރަނީ

ށ.މިލަންދޫގައި ވެމްކޯގެ ޚިދުމަތް ގާއިމުކޮށް، ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ވެސް ގާއިމު ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސްގެ ށ. އަތޮޅު ދަތުރުފުޅުގައި މިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑަށް އިސްކަންދެމުން އަންނަ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ އާބާދީއާއި ޖާގައިގެ ނިސްބަތުން ކުނި މެނޭޖް...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅިގެން ސިޓީ ކައުންސިލުން މުހިންމު އިލްތިމާސެއް

ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅިގެން ސިޓީ ކައުންސިލުން މުހިންމު އިލްތިމާސެއް

ހދ. ކުޅުދުއްފުށި ސިޓީއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި، ގިނަ ސަރަހައްދުތަކެއް ފެންބޮޑުވެފައިވާތީ ރަށުގެ ނަރުދަމާ ނިޒާމަށް ފެންދާހޮޅި ނުގުޅުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ. ސިޓީ ކައުންސިލުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރަށަށް ކުރަމުންދާ ވިއްސާރައިގައި ރަށުގެ ގިނަ ސަރަހައްދުތަކެއް ފެންބޮޑުވަމުންދާކަމަށާއި، މި ދަނޑިވަޅުގައި ރަށުގެ ނަރުދަމާ ނިޒާމަށް ބައެއް ގޭބީސީތަކުގެ ފުރާޅުން ފެންދާހޮޅި ގުޅާފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތ...

އައިޝަތު އައިނީ އާމިރު
ލޭންޑިން ކްރާފްޓް ހާދިސާ: ގެއްލުނު އެކަކު ހަށިގަނޑު ކަނޑު އަޑިން ނަގައިފި

ލޭންޑިން ކްރާފްޓް ހާދިސާ: ގެއްލުނު އެކަކު ހަށިގަނޑު ކަނޑު އަޑިން ނަގައިފި

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް އެކަކުގެ ހަށިގަނޑު ކަނޑު އަޑިން ނަގައިފިއެވެ. ބަންޑުން ޖަހާލާފައި ވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި “އަލްމާކް-ފިޔަ” ނަމަކަށް ކިޔާ އެ ލޭންޑިން ކްރާފްޓެކެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެ ލޭންޑިން ކްރާފްޓް މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. ”އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައި،” އ...

ޔުމްނާ ޢަލީ
ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ

ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ

ށ. މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިލަންދޫގައި މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިލަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯ...

ޔުމްނާ ޢަލީ
މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލާ ހަވާލުކޮށްފި

މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލާ ހަވާލުކޮށްފި

ށ. މިލަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުނ...

ޔުމްނާ ޢަލީ
މޫސުން ގޯސް، ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ރީނދޫ ސަމާލު

މޫސުން ގޯސް، ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު 4:30 އިން ފެށިގެން ހެނދުނު 8:30 އާއި […]

ޔުމްނާ ޢަލީ
ސިއްހީ ދާއިރާއަށް 500 މިލިޔަން، ތަޢުލީމީ ދާއިރާއަށް 500 މިލިޔަން ރުފިޔާ ކަނޑައަޅަނީ

ސިއްހީ ދާއިރާއަށް 500 މިލިޔަން، ތަޢުލީމީ ދާއިރާއަށް 500 މިލިޔަން ރުފިޔާ ކަނޑައަޅަނީ

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޞިއްޙީ ދާއިރާއަށް 500 މިލިޔަން ރުފިޔާ، އަދި ތަޢުލީމީ ދާއިރާއަށް 500 މިލިޔަން ރުފިޔާ އެކަށައަޅުއްވާނޭކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ށ.އަތޮޅުގެ ވެރިރަށް ފުނަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓަކީ […]

ޔުމްނާ ޢަލީ