ތިލަދުންމަތީ ޚަބަރު މެޗަކުން ބަލިނުވެ އުތީމު ސެމީއަށް، ވަށަފަރަށް ހިތްދަތި ވަކިވުމެއް ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ސެމީ ފައިނަލްގެ ފަހު ޖާގަ މުބާރާތް ބާއްވާ ރަށް، އުތީމުން ކަށަވަރުކޮށްފިއެވެ. އުތީމު ސެމީ އަށް ދަތުރުކުރީ ހޮނހިރު ދުވަހު ރޭ 20:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ފިއްލަދޫގެ މައްޗަށް 3-2 ލަނޑުން ކުރި ހޯދައިގެންނެވެ. އެއްވެސް މެޗަކުން ބަލިނުވެ އުތީމު ސެމީގެ ޖާގައެއް ކަށަވަރުކުރި މެޗުގައި ދެ ޓީމަށް ވެސް ސެމީގެ ޖާގައެއް ކަށަވަރުވާން އޮތީ މެޗުން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގެ ކުރީގެ ޓީޗަރެއްގެ ގަޔަށް ދަރިވަރަކު ބަޑިޖެހި މައްސަލާގައި 10 މިލިއަން ޑޮލަރުގެ ބަދަލެއް އެމެރިކާގެ ކުރީގެ ޓީޗަރެއް ކަމަށްވާ އެބީ ޒްވަރނާގެ ގަޔަށް ދަރިވަރަކު ބަޑި ޖެހުމުގެ މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ ސްކޫލުގެ ކުރީގެ އެސިސްޓަންޓް ޕްރިންސިޕަލާއި ދެކޮޅަށް ކުރި ދަޢުވާ ކާމިޔާބުވެ، ޒްވަރނާ އަށް 10 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދިނުމަށް ވާޖީނިއާ ސްޓޭޓުގެ ޖޫރީއަކުން ނިންމައިފިއެވެ. މި ނިންމުމަކީ، އޭނާ ގަޔަށް 6 އަހަރުގެ ދަރިވަރަކު ބަޑިޖެހުމުގެ ސީރިއަސް ހާދިސާއަކާ ގުޅިގެން ހުށަހެޅުނު މަދަނީ ދަޢުވާއަކާއި ގުޅިގެން ދޭން ނިންމާފައިވާ ބަދަލެކެވެ. ޖޫރީއިން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގިނަ ލަނޑުތަކެއް ފެނުނު ހޯރަފުށި-ވަށަފަރު މެޗުން ވަށަފަރު މޮޅުވެއްޖެ ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގައި ވަށަފަރާއި ހޯރަފުށީގެ ކުރިމަތިލުމުގައި ވަށަފަރު މޮޅުވެ ސެމީގެ އުންމީދު ބޮޑުކޮށްފިއެވެ. ހޮނހިރު ދުވަހު ހަވީރު 16:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ވަށަފަރު ވަނީ ހޯރަފުށީގެ މައްޗަށް 7-5 ލަނޑުން ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ މިނިޓްގައި ހޯރަފުށީގެ ޖާޒީ ނަމްބަރު 11 އަލީ ޒިޔާދު ވަނީ ލަނޑެއް ޖަހައި ހޯރަފުއްޓަށް މެޗުގެ ލީޑު […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އެމްޑީޕީން ނޮވެމްބަރު 17 ގައި ބާއްވަން ނިންމި މުޒާހަރާ ފަސްކޮށްފި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ރޭވި މުޒާހަރާ ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. މިދިޔަ އޮކްޓޫބަރު މަހު ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ސަރުކާރަށް ވަނީ ކަންތައްތަކެއް ޑިމާންޑުކޮށްފަ އެވެ. އަދި އެ ކަންތައްތައް ނުފުއްދާ ނަމަ، މި މަހުގެ 17 ވަނަ ދުވަހު އިތުރު ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް، […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އެމްއެންޑީއެފުން ޑްރޯން ބޭނުންކޮށްގެން އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުންދަނިކޮށް އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ. މިގޮތުން ލަންކާގެ ނޫސްތަކުން ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގެ ސަރަޙައްދުން ގާތްގަނޑަކަށް 300 ކިލޯގެ ހެރޮއިން އަދި “އައިސް” (ކްރިސްޓަލް މެތަމްފެޓަމައިން) އާއެކު ސްރީލަންކާ މަސް ބޯޓެއް ދިވެހި ސި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް އަލުން އިޔާދަކުރައްވައިފި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރެއްވި އެއް ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން އިޔާދަކޮށްދެއްވައިފިއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓު 27 އޮކްޓޯބަރުގައި މަޖިލީހުން ފ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރި މުޖުތަމައުއެއް އުފެއްދުމަށް ޤައުމީ ކެމްޕޭނެއް ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރިކުރެވިފައިވާ މުޖުތަމައުއެއް ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެއްދުމުގެ މަޤްސަދުގައި ހިންގޭ ޤައުމީ ކެމްޕެއިން “ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން” މިއަދު އިފްތިތާޙްކޮށްފިއެވެ. މިކަމަށް ކ. ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ރައިސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދަ މުޙައްމަދެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ދިރިއުޅުމުގެ އާދ... ޙުސައިން ޝަހުދީ · 1 އަހަރު ކުރިން
ރާއްޖެ މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަކަށް އަރައި އަޑިއަށްދަނީ މާލެއިން ގދ. ފަރެސްމާތޮޑާއަށް މުދާ ބަރުކޮށްގެން ދަތުރުކުރި ‘ފަހިރޯޅި’ ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރި ފަރަކަށް އަރައި، ބޯޓު އަޑިއަށްދާން ފަށައިފިއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 12 މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށް، ފެލިދޫއަށް ގެންގޮސްފައެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ 7 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ފަތިހު 05:01 ހާއިރު ކަމަށެވެ. ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ނާއިޝްގެ ހިތްގައިމު ލަނޑުތަކާއެކު ފިއްލަދޫ ބަލިކޮށް އިހަވަންދޫ ސެމީ އަށް ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ސެމީގެ ޖާގައެއް ފަހުގެ ޗެމްޕިއަން އިހަވަންދޫ އިން ކަށަވަރުކޮށްފިއެވެ. އިހަވަންދޫ ސެމީގެ ޖާގައެއް ކަށަވަރުކުރީ ރޭ 20:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ފިއްލަދޫ 5-0 އިން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިހަވަންދޫ އަށް ލީޑު ނަގައިދިނީ މެޗުގައި ހިތްގައިމު ލަނޑުތަކެއް ޖަހައިދިން އިހަވަންދޫ ޓީމުގެ ޖާޒީ ނަންބަރު 7 ޢަލީ ނާއިޝްއެވެ. […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ނަތަންޔާހޫ އާއި އިސްރާއީލުގެ 36 އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފި އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އިސް އިސްރާއީލީ އޮފިޝަލުންގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރެއް ތުރުކީވިލާތުން ނެރެފައެވެ. މި އަމުރަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ނެރެފައިވާ އަމުރެކެވެ. ހުކުރު ދުވަހު އިސްތަންބުލް ޕްރޮސެކިއުޓަރގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޖުމްލަ 37 މީހެއްގެ މައްޗަށް މި އަމުރުތައް ނެރެފައިވެއެވެ. މި ލިސްޓުގައި ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި މޮޅެއް ހޯދިއިރު، ހަނިމާދޫ އަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވެއްޖެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ކުޅުދުއްފުށި އަތުން ބަލިވިނަމަވެސް ހަނިމާދޫ އަށް ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މެޗުގައި ޓީމް ކުޅުދުއްފުއްޓާއި ޓީމު ހަނިމާދޫ ބައްދަލުކޮށްފައިވާއިރު، މެޗު ނިމުނީ 3-2 ގެ ނަތީޖާ އަކުން ޓީމު ކުޅުދުއްފުށި ލީޑުގައި އޮވެއެވެ. އެހެންނަމަވެސް، މި މުބާރާތުގ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ފެނަށްޖެހި ތެހެރާނުން މީހުން ހުސްކުރަންޖެހިދާނެ: އީރާނުގެ ރައީސް އިރާނުގެ ވެރިރަށް ތެހެރާނުން ބޯފެން ހުސްވެ، ބޯފެނުގެ ބޮޑު ދަތިކަމަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށާއި، އަވަހަށް ވާރެ ނުވެހިއްޖެނަމަ އެ ސިޓީ ހުސްކުރަން ޖެހިދާނެކަމުގެ އިންޒާރު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްވައިފިއެވެ. ބައެއް ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު އިރާނުގެ ހުޅަނގު ސަރަޙައްދުގައިވާ ސަނަންދަޖަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއަން ވަނީ، އީރާނުގެ ސަރުކާރުން މިވަގުތު އިޤްތިޞާދީ، ތިމާވެށީގެ އަދި އިޖްތިމާޢީ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ރާއްޖެ ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި، ‘ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026’ ރަސްމީކޮށް ނެރެފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ގައިޑަކީ ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރެފައިވާ މުހިންމު ވަސީލަތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ދުނިޔޭގެ މާކެޓުތަކުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ގޮތުގައި އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މި ގައިޑު ނެރުމުގެ ރަސްމިއ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯއިން ގުރައިދޫ، ތޮއްޑޫ އަދި މަތިވެރިއަށް އިތުރު ޖެންސެޓް ފޮނުވައިފި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި އއ. މަތިވެރި މި ތިން ރަށަށް އިތުރު ޖެނެރޭޓަރު ސެޓް (ޖެންސެޓް) ފޮނުވާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ޖެންސެޓްތައް ފޮނުވީ އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވަމުންދާ ޑިމާންޑް ބޮޑުވުމާ ގުޅިގެން، ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. ކ. ގުރައިދޫއަށް 1000 ކިލޯވޮޓްގެ ޖެންސެޓެއް ސްޓެލްކޯއިން ބުނި ގޮތުގައި، އުމްރާނީ ގޮތުންނ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށި އަތުން މޮޅެއް ހޯދައި އުތީމުން އުންމީދު އައުކޮށްފި ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މިއަދު ހަވީރުގެ މެޗުގައި އުތީމާއި ހޯރަފުށި ބައްދަލުކުރި މެޗު 4-3 އިން އުތީމު ކާމިޔާބުކޮށްފިއެވެ. އުތީމުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ އުތީމުންނެވެ. މިގޮތުން އުތީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 16 ވަނަ މިނިޓްގައި އުތީމުގެ ޖާޒީ ނަމްބަރު 7 އަހްމަދު މަޒީން ހޯރަފުށީ ގޯލަށް ފޮނުވާލި ބޯޅަ، ކީޕަރު […] ޙުސައިން ޝަހުދީ · 1 އަހަރު ކުރިން