2.4 މިލިއަން ރުފިޔާގެ ޑުރަގު އަތުލައިފި
ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، ގާތްގަނޑަކަށް 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނި ގޮތުގައި، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 3 ކިލޯގެ ކެނަބިސް މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަނީ އެ އިދާރާއިން އަތުލައިގެންފައެވެ. މިގޮތުން ހިފެހެއްޓި މަސްތުވާތަކެތީގެ މަގުމަތީ އަގު 2.4 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. މިތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައ...