މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގެ ގުރުއަތުލައިފި

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގެ ގުރުއަތުލައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމަށްޓަކައި ނަސީބުވެރިންގެ ދެމެދު މިއަދު ގުރުއަތު ލައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސުކޫލުގެ ހޯލުގައެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ގުރުއަތުން ޕްލޮޓް ނަންބަރު އިއުލާނުކުރެވެމުންދާ ވަރަކަށް، އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މި އިންތިޒާމުގެ ސަބަބުން ގޯތި ލިބުނު ފަރާތްތަކަށް އެމީހުން...

ޔުމްނާ ޢަލީ
އިމްރާން ޚާނާއި އަނބިކަނބަލުންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

އިމްރާން ޚާނާއި އަނބިކަނބަލުންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އެކަނބަލުންގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް، ދައުލަތުގެ އަގުހުރި ހަދިޔާތައް ގަވާއިދާ ޚިލާފަށް ބޭނުންކޮށް އަދި ވިއްކުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ޤައުމުގެ ކޯޓަކުން 17 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ. ހޮނިހިރު ދުވަހު އިއްވި މި ހުކުމުގެ އަސްލަކީ، އިމްރާން ޚާން ބޮޑުވަޒީރުކަން ކުރެއްވި ދުވަސްވަރު ލިބިވަޑައިގެންނެވި ދައުލަތުގެ އަގުހުރި ހަދިޔާތައް، ޤާނޫނާ ޚިލާފަށް ބޭނުންކޮށް، މާކެޓް އަގަށްވުރެ މާ ދަށް އަގުގައި ވިއްކާލާފައިވާ ކަމުގެ...

ނާޒިމާ އަލީ
140،000ރ. ގެ އިންޖީނެއް ވަގަށް ނަގައި 1083ރ. ވިއްކާލާފައި ހުއްޓައި ހޯދައިފި

140،000ރ. ގެ އިންޖީނެއް ވަގަށް ނަގައި 1083ރ. ވިއްކާލާފައި ހުއްޓައި ހޯދައިފި

ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ބާދަގަނޑުގެ ގޮތުގައި 1083 ރުފިޔާއަށް ވިއްކާލާފައި ހުއްޓައި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ. ފުލުހުން ބުނީ، މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 40 ހޯސްޕަވަރުގެ މި އިންޖީނު ވަގަށް ނަގާފައިވާކަމަށް އެ އިދާރާއަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް...

ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ނިމުތުކޮށްފި

ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ނިމުތުކޮށްފި

މިއަދު ވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނިމުތުކޮށްފި އެވެ. މެޓް އޮފީހުން ނެރުނު އެލާޓްގައި ލަފާކޮށްފައިވާ ގޮތުގައި ޅ.އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އެލާޓްގައި ލަފާކޮށްފައިވެ އެވެ. މެޓުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް މިއަދު […]

އަލީ އާދިލް
ހަނިމާދޫ ''ހަނދުމަ'' ޖަމިއްޔާ އިފްތިތާޙްކޮށްފި

ހަނިމާދޫ ''ހަނދުމަ'' ޖަމިއްޔާ އިފްތިތާޙްކޮށްފި

ހދ. ހަނިމާދޫގައި ދީނީ ހޭލުންތެރިކުރުވުމުގެ މަސައްކަތަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ‘ހަނދުމަ’’ ޖަމިއްޔޭ ރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ. މިކަމަށް ރޭ ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްސައިޚް ޑރ. މުހައްމަދު އިމްރާން ޢަލީ އާއި މަންފާ ޖަމިއްޔާގެ ރައީސް ޢަލީ ރަމީޒެވެ. މި ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލް މެމްބަރުންނާއި، މުވައްސަސާތަކުގެ ވެރިންނާއި، ހަނިމާދޫ ސްކޫލްގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނާއި އެރަށު ރައްޔިތުންގެ ތެރެއިން ވެސް މީހުން ބައިވެރިވެފަވެއެވެ. ހަނިމާދޫ ހަނދ...

ޔުމްނާ ޢަލީ
މުސްލިމު އަންހެނެއްގެ ބުރުގާ ދަމައިގަތް ބިހާރުގެ ޗީފް މިނިސްޓަރާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފި

މުސްލިމު އަންހެނެއްގެ ބުރުގާ ދަމައިގަތް ބިހާރުގެ ޗީފް މިނިސްޓަރާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޕީޑީ) ގެ ލީޑަރު އިލްތިޖާ މުފްތީ، ބިހާރުގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ، ހުކުރު ދުވަހުއެވެ. އެއީ ބިހާރުގެ ޗީފް މިނިސްޓަރު މުސްލިމް އަންހެން ޑޮކްޓަރެއްގެ ބުރުގާ ދަމާގަތް މައްސަލާގައެވެ. ނަމަވެސް ޗީފް މިނިސްޓަރާއި ދެކޮޅަށް ދެކޮޅަށް ޖައްމޫ ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު މަހެބޫބާ މުފްތީގެ ދަރިކަނބަލެއްކަމަށްވާ އިލްތިޖާ މުފްތީ ހުށަހެޅުއްވި މި މައްސަލައ...

ނާޒިމާ އަލީ
ހޯރަފުށީގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީގެ އެހީގައި ދެނެގަނެ ފިޔަވަޅުއަޅަނީ

ހޯރަފުށީގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީގެ އެހީގައި ދެނެގަނެ ފިޔަވަޅުއަޅަނީ

ހއ. ހޯރަފުށީގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީގެ އެހީގައި ނުވަތަ އޮންލައިން މޮނިޓަރކުރާ ފަރާތްތަކުގެ އެހީގައި ދެނެގަނެ ފިޔަވަޅުއަޅާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ، އެރަށުގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީ ކެމެރާ ނުވަތަ އޮންލައިން މޮނިޓަރކުރާ ފަރާތްތަކުން ހުށަހަޅާ ހެކިތަކަށްބަލައި އެ ފަރާތްތަކު ވީޑިއޯ އާންމުކުރާނެކަމަށެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން ޤާނޫނީ ފިޔ...

ޔުމްނާ ޢަލީ
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ 698 ގޯތީގެ ގުރުއަތުލުމުގެ މަސައްކަތް ކަލާފާނު ސްކޫލުގައި މިއަދު ފަށައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންދަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން ތިންވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، އައު ލޮޓް ނަންބަރު ކަނޑައެޅުމަށްޓަކައެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައ...

ޔުމްނާ ޢަލީ
ރައީސް ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރަށްވާނީ އާދީއްތަ ދުވަހުގެ ރޭ

ރައީސް ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރަށްވާނީ އާދީއްތަ ދުވަހުގެ ރޭ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުވުން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވިގޮތުގައި، މި ބައްދަލުވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މީގެ މަޤްޞަދަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ޙިއްސާކުރައްވަން ބޭ...

ޔުމްނާ ޢަލީ
އަމާން އުދަރެސް ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަނީ

އަމާން އުދަރެސް ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 4،000 ‘އަމާން އުދަރެސް’ ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ، ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިކޮށްދޭގޮތަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ނިންމުމަކީ ފްލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ގެނެވުނު ބަދަލެކެވެ. މި ބަދަލު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަ...

ޔުމްނާ ޢަލީ
ދޯންޏެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުމުން ފުލުހުން އެހީތެރިވެއްޖެ

ދޯންޏެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުމުން ފުލުހުން އެހީތެރިވެއްޖެ

ފުވައްމުލައް ސިޓީ އިން އަންހެނުންނާއި ކުޑަކުއްޖަކާއެކު މަހަށް ނުކުމެ އުޅެނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރިވެއްޖެއެވެ. ފުލުހުން މިރޭ ބުނީ، ފުވައްމުލައް ސިޓީ އިން މަސްބާނަން ނިކުމެ އުޅުނު ”ސަވާރީ” ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 19 ވަނަ ދުވަހުގެ 15:50 އެހާކަންހާއިރު ފުލުހުންނަށް ލިބުނުކަމަށެވެ. މިކަމުގެ މައުލޫމާތު ފުވައްމުލައްސިޓީ ޕޮލިހަށް ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 [...

ޔުމްނާ ޢަލީ
ހަސީނާގެ ވެރިކަން ބަދަލުކުރުމުގެ ހަރަކާތުގެ ލީޑަރު މަރާލުމުން ބޮޑު ހަމަނުޖެހުމަކަށް

ހަސީނާގެ ވެރިކަން ބަދަލުކުރުމުގެ ހަރަކާތުގެ ލީޑަރު މަރާލުމުން ބޮޑު ހަމަނުޖެހުމަކަށް

ބަންގްލަދޭޝްގައި މިދިޔަ އަހަރު އެގައުމުގެ އެއިރުގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ވެރިކަން ބަދަލުކުރުމަށް ހިންގި ދަރިވަރުންގެ ހަރަކާތުގެ އިސް ޒުވާން ލީޑަރ ޝަރީފް އޮސްމާން ހާދީ މަރުވުމާ ގުޅިގެން، އެ ޤައުމުގައި ހަމަނުޖެހުން ހިންގަންފަށައިފިއެވެ. ހާދީ، (32 އަހަރު) އަށް ޑާކާގައި މިދިޔަ ހަފްތާގައި ދިން ބަޑީގެ ހަމަލާއެއްގައި ޒަޚަމްވެ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށް ބުރާސްފަތި ދުވަހު ވަނީ މަރުވެފައެވެ. އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުން ބުނާގޮތުގައި، ހާދީ މަރުވުމާއި ގުޅިގެން އެތައްސަތޭ...

ނާޒިމާ އަލީ
މަރުވެފައި އޮއްވާ ފެނުނީ ބާޖަކުން ކަނޑަށް ވެއްޓުނު ޗައިނާ މީހެއް

މަރުވެފައި އޮއްވާ ފެނުނީ ބާޖަކުން ކަނޑަށް ވެއްޓުނު ޗައިނާ މީހެއް

މަރުވެފައި އޮއްވާ އިއްޔެ ކަނޑުމަތިން ފެނުނު މީހާ އަކީ ޗައިނާގެ ރައްޔިތެއްކަމަށް ފުލުހުން ބުނެފިއެވެ. ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން އިއްޔެ ރިޕޯޓްކޮށްފައިވާކަން ފުލުހުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އަދި އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ. މި ހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން މިއަދު ބުނީ،  މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށެވެ. މިމީހާ ކަނޑަށް ވެއްޓިފައިވަނީ 2025 ޑިސެންބަރު 18...

ޔުމްނާ ޢަލީ
ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަކީ ވާޖިބުކަމެއް: ހުތުބާ

ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަކީ ވާޖިބުކަމެއް: ހުތުބާ

މި ޒަމާނުގައި ހަދައިފައި ހުރި ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން ކަމަށާއި، އަދި އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. “ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!” މި މަޢުލޫއަށް މިއަދު ރާއްޖޭގައި ގެނެސްދިން ހުކުރު ހުތުބާގައި، ދަތުރުފަތުރުގެ ޤަވާޢިދުތަކަށް ތަބާވުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ހުތުބާގައި ބުނެފައިވާ ގޮތުގައި، މާތް ﷲ ދެއްވައިފައިވާ ހުރިހައި ނިޢުމަތްތަކަށް އިންސާނާ ޝުކުރު...

ޔުމްނާ ޢަލީ
ވައުދާ އެއްގޮތަށް ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ

ވައުދާ އެއްގޮތަށް ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ

ވަޢުދުވެވަޑައިގެންފައިވާގޮތަށް ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލެ ފޭސް ދެއެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، އެންމެ ގިނަ ރައްޔިތުންގެ...

ޔުމްނާ ޢަލީ