މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ގާލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޖަލްސާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

ގާލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޖަލްސާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެ އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހެނދުނު މޫކާއި ހޮޓަލުގައި ބޭއްވި މި ޖަލްސާއަށް ފަސްޓް ލޭޑީ ވަޑައިގަތުމުން އެކަމަނާއަށާއި، މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރއަށް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. މި ޖަލްސާގެ […]

ޔުމްނާ ޢަލީ
14 އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި

14 އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި

14 އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ބުރާސްފަތި ދުވަހު އަލުން ފަށައިފިއެވެ. މިއީ އިސްލާމީ މި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ފަތުރުވެރިކަން ކުރިއެރުވުމަށް ލިބުނު ފުރުސަތެކެވެ. ޕާކިސްތާނުގެ އެއާޕޯޓްސް އޮތޯރިޓީން ބުނި ގޮތުގައި، ބަންގްލަދޭޝް އިން ފުރި ފްލައިޓް ކަރާޗީ އެއާޕޯޓަށް ޖެއްސީ އެ ގައުމުގެ ގަޑިން ރޭގަނޑު 11:00 ހާއިރުއެވެ. އެ ފްލައިޓަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ “ވޯޓާ ސަލިއުޓް” އަކުންނެވެ. މީގެ އިތުރުން އޮފިޝަލުން […]

ނާޒިމާ އަލީ
ބުރުކީނާ ފާސޯގެ އަސްކަރީ ސަރުކާރުން ސިޔާސީ ޕާޓީތައް އުވާލައިފި

ބުރުކީނާ ފާސޯގެ އަސްކަރީ ސަރުކާރުން ސިޔާސީ ޕާޓީތައް އުވާލައިފި

ބުރުކީނާ ފާސޯގެ އަސްކަރީ ސަރުކާރުން އެ ގައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކެއް އުވާލައި، އެ ޕާޓީތައް ހިންގުމާ ގުޅޭ ގާނޫނީ އޮނިގަނޑު ބާތިލުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރި ރިޔާސީ ގަރާރެއްގައެވެ. ސެޕްޓެމްބަރު 2022 ގައި ބަޣާވާތަކުން ވެރިކަމަށް އައި އަސްކަރީ ވެރިންގެ މި ނިންމުމަކީ، ބަޣާވާތަށްފަހު ސިޔާސީ ހަރަކާތްތައް ހުއްޓުވާފައި އޮތް އޮތުން އިތުރަށް ވަރުގަދަކޮށް، ބާރުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެކެވެ. ބުރުކީނާ ފާސޯގެ އިންޓީރިއ...

ނާޒިމާ އަލީ
އިސްރާއީލުގެ އެންމެ އިސް ޑިޕްލޮމޭޓް ދެކުނު އެފްރިކާއިން ބޭރުވުމަށް އެ ގައުމުން އަމުރުކޮށްފި

އިސްރާއީލުގެ އެންމެ އިސް ޑިޕްލޮމޭޓް ދެކުނު އެފްރިކާއިން ބޭރުވުމަށް އެ ގައުމުން އަމުރުކޮށްފި

ދެކުނު އެފްރިކާގައި ހުންނަވާ އިސްރާއީލުގެ އެންމެ އިސް ޑިޕްލޮމޭޓް، އެރިއަލް ސައިޑްމަން އަކީ އެ ގައުމަށް ބަލައިނުގަނެވޭނެ މީހެއް ނުވަތަ “ޕާސޯނާ ނޮން ގްރާޓާ” އެއްގެ ގޮތުގައި ކަނޑައަޅައި، 72 ގަޑިއިރުގެ ތެރޭގައި ގައުމުން ބޭރުވުމަށް ދެކުނު އެފްރިކާ ސަރުކާރުން އަމުރުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ 30 ޖެނުއަރީ 2026 ވާ ހުކުރު ދުވަހުއެވެ. ދެކުނު އެފްރިކާގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން (ޑީއައިއާރުއޯސީ) އިން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އަޅަން ޖެހުނީ […]

ނާޒިމާ އަލީ
ގައުމީ އެއާލައިނުން ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައިފި

ގައުމީ އެއާލައިނުން ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައިފި

ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ އެންމެ ދެކުނުން އޮތް ހަތަރު އަތޮޅު ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު އަދި ގދ. އަތޮޅު ވައިގެ މަގުން ގުޅާލައިފިއެވެ. މި ތާރީޚީ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އޮޕަރޭޝަންގެ މައި ބޭސްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި މޯލްޑިވިއަންގެ އޮޕަރޭޝަން ބޭސްއެއް ރާއްޖޭގެ […]

ޝިއުނާ އާދަމް
އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތުވާ އެކައުންޓްސް ޑިޕާޓްމެންޓްގެ ކުރީގެ ވެރިޔާ ބެންކޮކުން ހައްޔަރުކޮށްފި

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތުވާ އެކައުންޓްސް ޑިޕާޓްމެންޓްގެ ކުރީގެ ވެރިޔާ ބެންކޮކުން ހައްޔަރުކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާ، ފީފާއިން ފޮނުވި ފައިސާ ލޯންޑާކުރަން އެހީތެރިވި ކަމުގެ ތުހުމަތު ކުރެވޭ އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ކުރީގެ ވެރިޔާ މުހައްމަދު އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި އެވެ. އަގީލްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާ ބޭނުންކޮށްގެން އަމިން ކޮންސްޓްރަކްޝަންގެ ލަގްޒަރީ އެޕާޓްމަންޓެއް ގަތް މައްސަލާގައެވެ. މި މައްސަލާގައި އ...

ޔުމްނާ ޢަލީ
ދަރީންނަށް ހެޔޮ ތަރުބިއްޔަތު ދީ، ދެދުނިޔޭގެ ކާމިޔާބީއަށް މަގުދައްކައިދޭ މުދައްރިސުންނަކީ މަތިވެރި ބަޔެއް

ދަރީންނަށް ހެޔޮ ތަރުބިއްޔަތު ދީ، ދެދުނިޔޭގެ ކާމިޔާބީއަށް މަގުދައްކައިދޭ މުދައްރިސުންނަކީ މަތިވެރި ބަޔެއް

އިންސާނީ މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޢުލީމާއި ތަރުބިއްޔަތެވެ. ތަޢުލީމަކީ ހަމައެކަނި ފޮތްތަކުން އުނގަންނައިދޭ ފިލާވަޅުތަކެއް ނޫނެވެ. އެއީ އިންސާނާގެ ބުއްދިއާއި ޒަމީރު ހޭލައްވައިލާ، ޖާހިލުކަމުގެ އަނދިރީން ނެރެދޭ ނޫރެކެވެ. މި މަތިވެރި މަސައްކަތުގެ މޭސްތިރިންނަކީ މުދައްރިސުންނެވެ. ދަރީންނަށް ހެޔޮ ތަރުބިއްޔަތު ދީ، ދެދުނިޔޭގެ ކާމިޔާބީއަށް މަގުދައްކައިދޭ މުދައްރިސުންނަކީ މުޅި އުންމަތުގެ އިޙުތިރާމާއި ލޯބި ޙައްޤުވާ މަތިވެރި ބަޔެކެވެ. މިއީ މިއަދުގެ ހުކުރު ހުތުބާގެ އިބ...

ޔުމްނާ ޢަލީ
އިސްލާމީ ސަލާމުން ވާހަކަފަށައި ގާޑިއޯލާ ޣައްޒާގެ ކުޑަކުދިންގެ ހައްގުގައި ވާހަކަދައްކައިފި

އިސްލާމީ ސަލާމުން ވާހަކަފަށައި ގާޑިއޯލާ ޣައްޒާގެ ކުޑަކުދިންގެ ހައްގުގައި ވާހަކަދައްކައިފި

ބާސެލޯނާގެ މަޝްހޫރު ‘ޕަލާއު ޑި ލަ މިއުޒިކާ ކަޓަލާނާ’ ގައި ބޭއްވި ”އެކްޓް އެކްސް ފަލަސްތީނު” ޗެރިޓީ އިވެންޓެއްގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބައިވެރިވެ، ޣައްޒާގެ ކުޑަކުދިންގެ ހައްގުގައި ވަރުގަދަ މެސެޖެއް ދީފިއެވެ. ފަލަސްތީނުގެ ރަމްޒެއް ކަމަށްވާ ކަފިއްޔާއެއް އަޅައިގެން ހުރެ ސްޓޭޖަށް އެރި ގާޑިއޯލާ، އޭނާގެ ވާހަކަ ފަށާފައިވަނީ އިސްލާމީ ސަލާމުންނެވެ. އިންސާނީ އެހީތެރިކަމަށް ފަންޑު އެއްކުރުން މި ހަރަކާތަކީ ފަލަސްތީނުގެ އާންމު އިޖުތިމާއީ އަދި އިންސާނީ އެހީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށް...

ޔުމްނާ ޢަލީ
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ގިރާވަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް މިއަދު ހެނދުނު ރަސްމީކޮށް ފަށާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒޔ އިޢުލާނު ކުރައްވައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތް ކުރިއަށް ދަނީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެއް ކަމަށްވާ ‘އޮރަންޖީ’ ބޭނުންކޮށްގެންނެވެ. މި ޑްރެޖަރުގެ އެހީގައި ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި...

ޔުމްނާ ޢަލީ
ޓްރަމްޕް ހީކުރާގޮތެއްނުވާނެ، އޭނާ އެ އުޅެނީ ހުވަފެނެއްގައި: އީރާން

ޓްރަމްޕް ހީކުރާގޮތެއްނުވާނެ، އޭނާ އެ އުޅެނީ ހުވަފެނެއްގައި: އީރާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ ހުވަފެނެއްގެ ތެރޭގައި ކަމަށާއި ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނިމުން ކަނޑައަޅާނީ އީރާނުން ކަމަށް ޓްރަމްޕް އީރާނާ ދެކޮޅަށް ދެއްވަމުން ގެންދަވާ އިންޒާރުތަކަށް ރައްދު ދެމުން، އީރާނުން ބުނެފިއެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި އީރާނުން މިފަދަ އިންޒާރެއް ދީފައިވަނީ ޕާޝިއަން ގަލްފަށް އެމެރިކާގެ ބިޔަ އަސްކަރީ ފްލީޓެއް ފޮނުވާލުމާ ގުޅިގެންނެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަ...

ނާޒިމާ އަލީ
ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ ހުޅުވައިފި

ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ ހުޅުވައިފި

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިން ޢިލްމީ ދިރާސާތައް ކުރުމަށްޓަކައި ގާއިމުކުރި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ފުވައްމުލައް ސިޓީގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ލެބޯޓަރީއަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި، ބަލިތައް ދެނެގަތުމުގެ ވަސީލަތްތައް ހަރުދަނާކުރުމަށް ގާއިމުކުރެވުނު މުހިންމު ބިނާއެކެވެ. މި ލެބޯޓަރީގެ ސަބަބުން ދަނޑުތަކުގެ އުފެއްދ...

ޔުމްނާ ޢަލީ
ކެނެޑާގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ތަފާތުކުރުމަށް ޖާގައެއް ނެތް: ބޮޑުވަޒީރު

ކެނެޑާގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ތަފާތުކުރުމަށް ޖާގައެއް ނެތް: ބޮޑުވަޒީރު

ކެނެޑާގައި އިސްލާމޯފޯބިއާއަށް ނުވަތަ މުސްލިމުންނާ މެދު އޮންނަ ނަފްރަތާއި ތަފާތުކުރުންތަކަށް އެއްވެސް ޖާގައެއް ނެތްކަމަށް އެ ގައުމުގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ މީގެ ނުވަ އަހަރު ކުރިން ކިއުބެކް ސިޓީގެ މިސްކިތަކަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ހަނދާންތައް އާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ ނުވަ އަހަރު ކުރިން، 29 ޖެނުއަރީ 2017 ގައި ކިއުބެކް ސިޓީގެ އިސްލާމިކް ކަލްޗަރަލް ސެންޓަރަށް ދިން ބިރުވެރި ބަޑީގެ ހަމަލާގައި ކެނެޑާގެ ހަ […]

ނާޒިމާ އަލީ
ޔޫއޭއީގެ ސެކިއުރިޓީ އެޑްވައިޒަރު ސައުދީ އަށް ޒިޔާރަތްކުރުމަށް ދެކޮޅުހެދި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ޔޫއޭއީގެ ސެކިއުރިޓީ އެޑްވައިޒަރު ސައުދީ އަށް ޒިޔާރަތްކުރުމަށް ދެކޮޅުހެދި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އަބޫދާބީގެ ނައިބު ވެރިޔާ އަދި ޔޫއޭއީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝައިޚް ތަހުނޫން ބިން ޒައިދު އަލް ނަހްޔާން ބަލައިގަތުމަށް ރިޔާޟުން ދެކޮޅުހެދި ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓްތައް ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް މީޑިއާ ސަލްމާން އަލް ދޯސަރީ ކަނޑައެޅިގެން ދޮގުކުރައްވައިފިއެވެ.   އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި އަލް ދޯސަރީ ވިދާޅުވީ ޝައިޚް ތަހުނޫން ކުރައްވަން އުޅުއްވި ޒިޔާރަތަކަށް ސައުދީން ދެކޮޅުހެދި ކަމަށް ބުނާ ރިޕޯޓްތަކަކީ “ކަނޑައެޅިގެން ދޮގު” ވާހަކަތަކެއް ކަމަށެވެ. “ޝައިޚް ތަހ...

ނާޒިމާ އަލީ
ސްކޭމްކޮށްގެން 279,600 ރުފިޔާ ވަގަށްނެގި މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

ސްކޭމްކޮށްގެން 279,600 ރުފިޔާ ވަގަށްނެގި މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލާގައި އިތުރު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އަލަށް ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ނާދީ، މުނާޛު ޖައުފަރު (24އ) އާއި ގދ. ގައްދޫ / އަތިރީއައްސޭރި، މުޙައްމަދު ނާއިޝް ނަބީލް (24އ) އާއި ސ. ހިތަދޫ / ހާލަމް، ޙަސަން ވިއާމް (19އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލްގައި އެކަށޭނަ މިންވަރަށް މުދައްރިސުން އެބަތިބި، ފޮތްތައް ލިބުމުގައި ބޮޑު ދަތިކަމެއް ނެތް

ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލްގައި އެކަށޭނަ މިންވަރަށް މުދައްރިސުން އެބަތިބި، ފޮތްތައް ލިބުމުގައި ބޮޑު ދަތިކަމެއް ނެތް

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެ ސިޓީގެ ސަރުކާރު ތިން ސްކޫލަށް ޒިޔާރަތްކުރައްވައި، ސްކޫލްތަކުގެ ހާލަތު އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތުގައި މޭޔަރު ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާއި މިވަގުތު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އެ ސިޓީގެ ސަރުކާރު ތިން ސްކޫލުގައި މިއަހަރު ޖުމްލަ 2,717 ދަރިވަރުން ތައުލީމު...

ޔުމްނާ ޢަލީ