އައިޔޫއެމްގެ ޗާންސެލަރު ޒާހިރު އިސްތިއުފާ ހުށަހަޅުއްވައިފި، ޚިދުމަތަށް ރައީސްގެ ޝުކުރު
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޗާންސެލަރު ކަމުގެ މަގާމުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފިއެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ޑރ. ޒާހިރާ ބައްދަލުކުރައްވައި، އެމަނިކުފާނު ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޑރ. ޒާހިރަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގ...