ފަސްޓްލޭޑީ ސާޖިދާ މީދޫ ވޮލީބޯޅަ ކޯޓް ހުޅުއްވައިދެއްވައިފި
ދ. މީދޫގައި އަލަށް ތަރައްޤީކުރި ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މީދޫ ވޮލީބޯޅަ ކޯޓް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ރަށުގެ އެކި މުއައްސާތަކުގެ އިސް ބޭފުޅުންނެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ވޮލީބޯޅަ ކޯޓް ހުޅުވުމުގެ ގޮތުން މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު އެކުވެރި...