ރައީސްގެ ދަރިކަލަކަށްވުމުން ހައްގަކުން މަޙްރޫމުވެގެން ނުވާނެ: ޝުޖާޢު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ވީތީ އެކުއްޖެއްގެ ޙައްގަކުން މަޙްރޫމްވެގެން ނުވާނެ ކަމަށާއި، ރައީސް މުޢިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ ކުޅިވަރުގެ ދާއިރާއިން މިއަދަކު އިއްޔެއަކު ފާހަގަވާން ފެށި ކުޅުންތެރިއެއް ނޫން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ “އަހަރުގެ ޒުވާން ކުޅުންތެރިޔާ” (ފިރިހެން) ކެޓަގަރީއަށް ރައީސް ޑރ....