ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަނަށް މަދިރިބޭސް އެޅުމުގެ ޕްރޮގްރާމެއް
ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ކާނުތަކަށާއި މަދިރި އުފެދޭ ތަންތަނަށް މަދިރިބޭސް އެޅުމުގެ ޕްރޮގްރާމެއް އެ ސިޓީގެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ދުވަސްވަރު ރަށުތެރޭގައި މަދިރި ގިނަވެފައިވާތީ މަދިރި ކޮންޓްރޯލްކުރުމަށްޓަކައި މަދިރިބޭސް (އެބޭޓް) ހޯދާފައިވާ ކަމަށެވެ. މިގޮތުން ކައުންސިލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު މަގުތަކުގެ ކާނުތަކަށާއި މަދިރި އުފެދޭނެ ކަމަށް ބެލެވޭ ތަންތަނަށް މިތަކެތި އެޅުމުގެ މަސައްކަތް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މ...